Showing posts with label އަދަބީބަސް. Show all posts
Showing posts with label އަދަބީބަސް. Show all posts

March 2, 2010

އަޑުގަދަ މީހާގެ ރުއް ގިނަވާނެއެވެ.

އަޑުގަދަ މީހާގެ ރުއް ގިނަވާނެއެވެ.

މިބަސް އުފެދުނު ކަމަށް ލަފާކުރެވެނީ ރުއްތަކުގެ މިލްކުވެރިކަމާމެދު ބަޔަކުވީ އަރާރުމަކުންނެވެ. އެއަރާރުމުގައި ގިނަރުއް ލިބުނުކަމަށްވަނީ އެންމެ އަޑުހަރުކޮށް އެއީ ހައްތާވެސް މަގޭ ރުކޭ ބުނި މީހާއަށެވެ. ކޮންމެއަކަސް މިހެން ބުނެއުޅެނީ ކަންކަމާމެދު އަޑުހަރުކޮށް ވާހަކަދައްކާ މީހާ ބުނާގޮތަށް ގިނަފަހަރަށް ކަންތައްވެ ނިމެޔޭ ބުނާން ދިމާވާ ތަންތާނގައެވެ.

- މިއީ މުސްކުޅިބަހެއް -

October 11, 2009

ބުއްދިވެރި ބަސް : ކޮކަޑިކޭ މީދާ މަރުނުވެ ގަދަވެއްޖެނަމަ، އޭގެ ސަބަބުން ޖެހޭ ދުއްޕާން އިންތިހާއަށް ގައި

ބުއްދިވެރި ބަސް : ކޮކަޑިކޭ މީދާ މަރުނުވެ ގަދަވެއްޖެނަމަ، އޭގެ ސަބަބުން ޖެހޭ ދުއްޕާން އިންތިހާއަށް ގައި
މިދެންނެވި ބަހުގެ ސިޔާސީ އެއް މިސާލަކަށް މިހާރުގެ ރައީސް ނަޝީދު، ބުރުމާ ގާސިމް، ޒަކީ ފަދަ ބޭފުޅުން ނަގަމާތޯއެވެ؟ މައުމޫނުގެ ވެރިކަމުގައި އެކިޒާތުގެ ބަންދުކޮށް، ޖަލަށްލެވި، ޙުކުމް އިއްވި ސިޔާސީގޮތުން މި ބޭބޭފުޅުން ނައްތާލުމަށް " ކޮކަޑި " ދެވުމުންވެސް އޭގެ މާބޮޑު ރާހަތެއް ނުކޮށް އަލުން ގަދަވުމުގެ ނަތީޖާއަކަށްވީ، މި ބޭފުޅުންގެ ސިޔާސީ ދުއްތުރާތައް ބޮޑުވެ މައުމޫނުގެ ވެރިކަން ނިމިދިއުމެވެ. މީގެ އަނެއް މިސާލު މިހާރު ފެންނަން ފަށައިފިއެވެ. މިހާރުގެ ރައީސް ނަޝީދު ފާޅުގައި މަސައްކަތް ކުރައްވައިގެން މަޖިލީހަށް ހޮވުނަ ނުދޭން ބޭނުންފުޅުވި އެތައް ބޭފުޅުންނަކާ، ޕާސްޕޯޓް ހިފަހައްޓާ، އޮފީސްފާސްކޮށް، އަނބިދަރީން ހައްޔަރުކޮށް، ޚިޔާނާތުގެ ތުހުމަތު އަޅުވަމުންދާ އެތައް ބޭފުޅުންނަކަށްވެސް ސިޔާސީގޮތުން މިދެއްވާ ކޮކަޑީގެ ރާހަތެއް ނުކުރިއެވެ. ކޮކަޑިކޭ މީދާ އަލުން ގަދަވެގެން ބަދަލުހިފަން ނުކުންނަ އުސޫލުން އެބޭފުޅުން އެތިބަ މަޖިލީހަށް ވަންނަވަނީއެވެ. ދެ ފަރާތުގައިވެސް ކޮކަޑިކައިގެން ގަދަވާ މީދަލެވެ. ދެންވާނީ ކިހިނެއްބާއެވެ؟ ކޮކަޑިކޭ މީދާ މަރުނުވެ އަލުން ގަދަވެ، ލަދުއަގަލު ކެނޑި، ބިރު ފަހަނައަޅައި، ބަދަލު ހިފުމުގެ ޖޯޝާ ހިތްވަރާއެކު ނުކުމެ ދެން ކުރާ ކަންތައްތަކުގެ ވާހަކަ ވަރަށް ޢިބްރަތްތެރި ޅެމެއްގެ ސިފައިގާ ދިވެހި ޝާޢިރަކު އެކުލަވާލައްވާފައިވެއެވެ. އެ ޝާޢިރަކީ، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފްއޮފް ސްޓާފަކަށް މިހާރު ހުންނެވި މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލުގެ ބައްޕާފުޅު، ހ. ނަވާގަން ޢަލީމޫސާ ދީދީއެވެ. ޢަލީ މޫސާ ދީދީ ހައްދަވާފައިމިވާ ޅެމުގެ ބައިތުތައް ވިދާޅުވެލައްވަވާށެވެ!! މި ބުއްދިވެރި ބަސްތަކުން ޢިބްރަތް ޙާޞިލް ކުރައްވާށެވެ!! މީދަލެއް ކައިގެން ކޮކަޑި ގަދަ ވެއްޖެ ނަމަ ދޭނީ ލަނޑޭ މީހުނަށްދީ ދުއްތުރާ ގެދޮރާ މުދާ ކުރަނީ ގޮނޑޭ މޫސުމަށް ނުބަލައި ކޮކަޑި ލީނަމަ ގެޔާ ރުއްގަސް ތެރަށް، ފޫނުބެއްދޭ ވަރުގެ ގެއްލުން ދޭކަމަށް އިވެނީ އަޑޭ އާދަ ކޮށް ކެވުމުން ކޮކަޑި ދުވެފާ ދެޔޭ ތޮފަޅާތަކަށް, ސާފު ވާރޭފެން އެ ސޮރު ބޮއިގެން އަބަދު ލާނީ ހޮޑޭ ފެން ލިބިއްޖެއްޔާ އެ ސޮރު ގަދަވާތަނުން ހަމަލާ ދެޔޭ, ދެން އެއަށްފަހު ކޮކަޑި ލީ ބަޔަކަށް ދެނީ ހައްތާ ލަނޑޭ ތަންތަނަށް ވަދެ އޮވެފިލާ އަނގަ އޮރިކުރާލެއް ގިނަކަމުން ދަންވަރަށް ނުނިދޭވަރަށް އިވެނީ އަބަދު ބާރަށް އަޑޭ އަތްފަޔާ އަދި އަންނައުނުތައް ކައިހަދާތީ ރޭގަނޑަށް، ތައްއުފާ ނެތި ގެއްލިގޮސް ލޭ އަންނަނީ ތަންތަން ކެނޑޭ ދާނަމުން ހަށިގަނޑުގެ އެކި ތަންތާ އެސޮރު ނިދިލާއިރަށް، ބާނިލާފައި ލޭ ނަޔަސް، ކައިފައިވަނީ ދެ އަތާ ކޮނޑޭ އަނބިދަރީންނަށް ނުނިދިފާ ތިބެޔޭ ވަށާ ހޯދާބަލަން، ތަނބިކަށިންވެސް ލޭ ހިލޭވަރު ވެއްޖަތީ ތަނަކުން ކެނޑޭ ކައި ފަޅޯ ފޭރާ ފުފޫ ތޮރަޔާ ޗިޗަންޑާތައް ކޮށާ، އާދަކޮށް ކައިފާ ކޮށާ ހަދަނީ ގަހާ ފަތްތަކު ތަނޑޭ އަސްކެނީ ދަށުގައި އެވާ މޭވާ ވެލާ ގަސްތައް ނޮޅާ ލަސްވުމެއް ނެތި ގޮސް އެ ސޮރު ނިންމާލަނީ ހައްދާ ދަނޑޭ ކާޑު އެތި ކޮޅުވެސް ސަލާމަތްވާނެ ގޮތް ނެތި ވިސްނިފާ ފާޑުފާޑުގެ ދުއްތުރާތައް ތާ އަބަދު ކުރަނީ ބޮޑޭ ބޮޑުވެގެން މީދަލުގެ އުނދަގޫ ގޮސް އެހެން ރަށަކަށް ދިޔަސް، މަޑުވުމެއް ނެތި ގޮސް ހުރަސް ކުރަނީ ދެމެދުގާވާ ކަނޑޭ (މިއީ ބަންޑާރަ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.)

October 5, 2009

އަދަބީބަސް 3

އަދަބީބަސް 3

ހިކަނދި މީދަލުގެވެސް އަބުރެއް އޮންނާނެ

މިއީ މިސާލު ބަހެއް

މާނަ – އެންމެދެރަ މީހާގެވެސް އަބުރެއް އޮންނާނެއޭ ބުނުމަށް ބުނެއުޅޭބަހެއް

September 28, 2009

އަދަބީބަސް2


އަދަބީބަސް 2

ހިންމަފުށީ ލަދުބޮޑުބޭހެދުން

މިއީ މިސާލު ބަހެއް

މާނަ – ލަދުގަންނަންވީ ކަމަކަށް ލަދުނުގަނެ ލަދު ނުގަންނަންވީ ކަމަކަށް ލަދުގަތުމުން ބުނެއުޅޭބަހެއް

September 27, 2009

ހަތަރު ބީރުންގެ ވާހަކަ

އަދަބީބަސް 1

ހަތަރު ބީރުންގެ ވާހަކަ

މިއީ މިސާލު ބަހެއް

މާނަ – ހަތަރުބީރުން ދެއްކިކަމުގައި ބުނެވޭ ވާހަކައެއް، މީގައި އެކަކު ކިޔާ އެއްޗެއް އަނެކަކަށް އޮޅުން ނުފިލައިގެން އެކިމީހުން ދެއްކީ އެކި ވާހަކައެވެ. ބަޔަކު މި ބާވަތައް ވާހަކަ ދައްކަންޏާ މިސާލަކަށް ބުނެއުޅެނީ " އެ ދައްކަނީ ހަތަރު ބީރުންގެ ވާހަކަ " އެކެވެ.

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino