Showing posts with label މީހުން. Show all posts
Showing posts with label މީހުން. Show all posts

March 9, 2010

އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް


އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް
:
ލިޔުނީ: އައިސަތު ފިރާސާ ގަސްކަރަ ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ

ޢަޅުނގަޑުގެ ދިރިއުޅުން ބައްޓަންކުރާ ގޮތް

ދުނިޔެއަކީ ވައްޓަފާޅިއެއްނެއް ބަޔަކު އުޅެން ވަރަށް އުދަގޫ ތަނެކެވެ. މީހުން ބުނެ އުޅެއެވެ. ލޯބިވެވޭނީ އެންމެ ފަހަރަކު އެންމެ މީހަކަދެކެއެވެ. ވީމާ އަޅުގަނޑުގެ ދިރިއުޅުން ވޭތިކުރަން ބޭނުންވަނީ ލޯބިވެރިޔާ އާއި އެކުގައެވެ. އާދައިގެ ދިރިއުޅުމެކެވެ. އެހާ މުއްސަދި ދިރިއުޅުމެއް ނޫނެވެ. ސަބަބަކީ އެހާ މުއްސަދި ދިރިއުޅުމެއްނަމަ ﷲގެ މަތިން ހަދާންނެތުމަކީ ވެދާނެ ކަމަމަކަށް ވާތީއެވެ. އަދި ގިނަފަހަރަށް ވެފައިވެސް ވާކަމެކެވެ.
އަޅުގަނޑުގެ ދިރިއުޅުން ބައްޓަން ކުރަންބޭނުންވަނީ އުފާވެރިކަމާއި ހިތްހަމަޖެހޭ އަދި އަވަށްޓެރިންގެ އަޅާލުމާއި އިހްތިރާމް ލިބޭ އެކަކު އަނެއްކަށް އޯގާތެރިވެއުޅޭ މާހައުލެއްގެ މައްޗަށެވެ. އަޅުގަޑުގެ ދިރިއުޅުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތަކީ އަމިއްލަ ގެދޮރުގަ އަދި ހޯދަން ބޭނުންވަނީ 4 ކުދިންނެވެ. އެހަތަރު ކުދިންނަށް ރަގަޅު ތަރުބިއްޔަތާ ތައުލީމެއް ހާސިލްކޮށްދިނުމަކީ އަޅުގަޑުގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްމަގުސަދު ކަމުގައި ދެކެމެވެ.
ހަގީގަތުގައިވެސް މީހެއްގެ ދިރިއުޅުމުގައި ނުވަތަ ދެމަފިރިރއެއްގެ ދިރިއުޅުމުގައި އެންމެ މުހިއްމު މަގުސަދަކަށް ވާންވާނީ ރަގަޅު ތަރުބިއްޔަތަކާއި ތައުލީމެއް އެމީހުންގެ ދަރިންނަށް ހޯދައިދިނުމެވެ. މިގޮތައް ކަނަތައް ކުރުމަކީ އަޅުގަޑުވެސް ދިރިއުޅުމާއި ދޭތެރޭ ކުރާފޮނިއުންމީދެކެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމެއްފަށާއިރު ވަރަށް ފޮނި އުންމީދެއްކުރާނެއެވެ. އެ އުންމީދުތައް ހާސިލްވާ ދުވަހަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގައި ދެކެންބޭނުންވާނެ ދުވަހެކެވެ. ވީމާ އަޅުގަޑަށް ލިބޭދަރިން ތަރުބިއްޔަތަކާއި ތައުލީމެއް ލިބިގެން ބޮޑުވާދުވަހަކީ އަޅުގަޑުވެސް ހަޔާތުގައި ކުރާ އުންމީދުތައް ހާސިލްވާނެ ދުވަހެވެ. އެފަދަ ދުވަހަކީ ހަމަގައިމުވެސް މަރުވުމުގެ ކުރިން އަޅުގަޑުގެ ހަޔާތުގައި ދެކެންބޭނުންވާ ދުވަހެކެވެ.

November 22, 2009

ނަޝީދުގެ ތަޢާރުފު

ނަޝީދުގެ ތަޢާރުފު






މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން، ޤާނޫނުގެ ރޮނގުން އެލް.އެލް.ބީ ޑިގްރީއެއް ހައްދަވައިގެން، 1994 ވަނައަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، އެންމެ ގިނަދުވަހު މަސައްކަތްކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

1994 ވަނައަހަރުން ފެށިގެން، 2005 ވަނައަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަތުމާހަމައަށް، މަސައްކަތްކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެތާނގައި މަސައްކަތްކުރެއްވި 11 ވަރަކަށް އަހަރުގެ ތެރެއިން 7 އަހަރު މަސައްކަތްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުގެ މަގާމުގައެވެ.

ވަޒީރުންގެ މަޖިލީހުގައި، ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމެވެ. އެއީ، 14 ޖުލައި 2005 ން 31 އޮކްޓޯބަރ 2007 އަށެވެ. އެ ތާރީޚުގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލެއްގައި، ޙަވާލުވެވަޑައިގަތީ، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމާއެވެ. އެ މަގާމުގައި 11 ނޮވެމްބަރ 2008 އާ ހަމައަށް ހުންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވިއިރު، ނަޝީދުގެ މަސައްކަތް އަމާޒުކުރެއްވީ، މަޖިލިސް ޒަމާނީކުރެއްވުމަށާއި، އެތާނގެ އުސޫލުތައް ޒަމާނީކުރެއްވުމަށާއި، ބޭރުގެ ޖަމާޢަތްތަކުގައި މަޖިލިސް ބައިވެރިކުރެއްވުމަށާއި، މީޑިއާގެ ތެރެއަށް މަޖިލިސް ނެރެދެއްވުމަށެވެ.

ވަޒީރުންގެ މަޖިލީހުގައި ނަޝީދުގެ މަސައްކަތް އަމާޒުކުރެއްވީ، ސިޔާސީ، ޤާނޫނީ، އަދި ދުސްތޫރީ އިޞްލާޙުތަކުގެ ތެރޭގައި، އެ އިޞްލާޙުތަކަށް މަސައްކަތްކުރެއްވުމަށެވެ. އޭގެއިތުރުން، މީޑިއާގެ މިނިވަންކަން އެކަށައަޅައި، މީޑިއާގެ މިނިވަން މުއައްސަސާއެއް ގާއިމުކުރެއްވުމަށެވެ. ކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގެނެސް، މީހުން ތަމްރީނުކޮށް، ޒަމާނީ އުސޫލުތައް ތަޢާރުފުކޮށް، ފޮތްތައް ލިޔެ، ތަމްރީނުގެ ފުރުޞަތުތައް ހޯދައިދީ، ޙަރަކާތްތެރި މީޑިއާއެއްގެ ވެށި، އުފަންކޮށްދެއްވުމަށެވެ.

1994 ގައި ކިޔަވައިވިދާޅުވެ ވަޑައިގެން، ޤާނޫނީ މަސައްކަތް އެންމެފުރަތަމަ ކުރެއްވީ، ޕްރީމިއަރ ޗެމްބާރޒްގައި އަލްއުސްތާޛު ޝާހީން ޙަމީދާއި އަލްއުސްތާޛާ މާރިޔާ އަޙުމަދުދީދީއާ އެކުގައެވެ. އެއަށްފަހު، އެކްސިސް ޗެމްބަރޒްގެ ނަމުގައި ޤާނޫނީ ޚިދްމަތްދޭ އޮފީހެއް އުފެއްދެވިއެވެ. 2005 ގައި ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަންނަވަންދެން، އެ އޮފީސް ހިންގެވިއެވެ. ގިނަބަޔަކަށް، ގިނަ ކުންފުނިތަކަށް ލަފާދީ، ކުންފުނިތަކާއި، ރާއްޖޭގެ ވިޔަފާރިއާބެހޭ ޤާނޫނުތަކުގެ ދާއިރާގައި އެ އޮފީހުން ޚިދްމަތް ދީފައިވެއެވެ.

11 ނޮވެމްބަރ 2008 ގައި، ސަރުކާރު ބަދަލުވުމުން، މިހާރު އަނެއްކާވެސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވަނީ، އެކްސިސް ޗެމްބަރޒް އަލުން ދިރުވައި، ޙަރަކާތްތެރިކޮށް، ޤާނޫނީ ދާއިރާގައި ކުރިން ކުރައްވަމުން ގެންދެވި މިންވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ޚިދްމަތްކުރެއްވޭތޯއެވެ.

ތަޢުލީމާއި ތަޖުރިބާ

ގްރޭޑް 7 ނިމެންދެން ކިޔަވާވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީ.ޕީ.އެސް.އެސް) ގައި.
ގްރޭޑް 8 ން 10 އަށް ކިޔަވާވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި.
އޭލެވެލް ނުހަދައި، ޤާނޫނުގެ ދާއިރާއިން މެޓްރިކިއުލޭޝަން ހައްދަވައި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި.
މާލެ ވަޑައިގެން، އިތުރަށް ކިޔަވާވިދާޅުވާން ފުރުޞަތެއް ލިބިވަޑައިނުގަތުމުން، އެނބުރިވަޑައިގަތީ ޤައުމީ ޚިދްމަތަށް.
1980 ގައި ސްކޫލް ނިންމެވި ހިސާބުން ފެށިގެން، 1994 ގެ ފަހުކޮޅާހަމައަށް މަސައްކަތްކުރެއްވީ، އެކި ހައިސިއްޔަތުން، ބަންޑާރަ ނާއިބުގެ އޮފީހުގައި.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރައްވަން ފެށްޓެވީ، 1994 ގެ ނޮވެމްބަރުމަހުގެ ތެރޭގައި.
1998 ޖަނަވަރީ 1 ގައި އާ ޤާނޫނުއަސާސީއެއް ތަޢާރުފުވުމުން، އެ ޤާނޫނުއަސާސީގައިވާ މަގާމެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުގެ ވަޒީފާ، 11 ޖަނަވަރީ 1998 ން 14 ޖުލައި 2005 އަށް އަދާކުރެއްވި.
14 ޖުލައި 2005 ގައި ރައީސް މައުމޫންގެ ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެން، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމު 31 އޮކްޓޯބަރ 2007 ގެ ނިޔަލަށް އަދާކުރެއްވި.
31 އޮކްޓޯބަރ 2007 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލެއްގައި، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމާ ޙަވާލުވެވަޑައިގެންނެވި.
ރާއްޖޭގައި، 11 ނޮވެމްބަރ 2008 ގައި އާ ވެރިކަމެއް ގާއިމުވަންދެން، ލީގަލް ރިފޯމް މިނިސްޓަރގެ މަގާމުގައި ހުންނެވި.
ކިޔަވާވިދާޅުވެގެން ވަޑައިގެން، މަސައްކަތް ފެށްޓެވި ހިސާބުންފެށިގެން، ވަޒީރުކަމުގައި ހޭދަކުރެއްވި 3 އަހަރެއްހާދުވަސް ފިޔަވައި، އަމިއްލަ ޤާނޫނީ އޮފީހެއްވެސް ހިންގެވި. “އެކްސިސް ޗެމްބަރސް” ގެ ނަމުގައި. ސަރުކާރުން ވަކިވުމާހަމައިން، އެ އޮފީސް އަލުން ހިންގަވަންފެށްޓެވި. މިއަދާހަމައަށްވެސް، މަސައްކަތްކުރައްވަނީ އެކްސިސް ޗެމްބަރސްގައި، ޤާނޫނީ ކަންކަމުގައި ޚިދްމަތްކުރުމުގައި.

September 28, 2009

ދިރިއުޅުން ބައްޓަން ކުރާގޮތް 4


ދިރިއުޅުން ބައްޓަން ކުރާގޮތް 4
ލިއުނީ : އައިމިނަތު ރީމާ ފުސްފަރު ނ. ލަންދޫ ސުކޫލް ގުރޭޑް 8 ބީ

އަޅުގަޑުގެ ދިރިއުޅުން ބައްޓަންކޮށް ރާވާނެގޮތް

ކޮންމެ އިންސާނަކީވެސް އެތަކެއް އުންމީދުތަކެއް ކުރަމުން ގެންދާނެ މީހެކެވެ. އަދި ކުރާނެ މީހެކެވެ. އެގޮތުން އަޅުގަޑުވެސް އެތަކެއް އުންމީދު ތަކެއް ކުރަމެވެ. އަޅުގަޑުގެ އެއްމަގުސަދެއްކަމުގައިވަނީ ކިޔެވުމެވެ. ކިޔެވުމަކީ އަގުހުރި ކަމަކަށްވާތީއެވެ. ކިޔަވައިގެން އެތަކެއް ފައިދާތަކެއް ވާތީއެވެ.

އަޅުގަޑަކީ ގުރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރެކެވެ. މިހާރު ފާއިތުވެގެން އެދިޔައީ ފުރަތަމަ ޓާމާ ދެވަނަ ޓާމެވެ. މިހާރު މިއީ ތިންވަނަ ޓާމެވެ. އެހެންކަމުން އަޅުގަޑުބޭނުމީ ތިންވަނަ ޓާމުން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. ދުރުރަށަކުން އައިސް މިހިރީވިސް އެމަގުސަދުގައެވެ.

މިޒަމާނަކީ ޖީސީން ރަގަޅު ނަތީޖާއެއް ހޯދައިގެން ނޫނީ ވަޒީފާއެއް ނުލިބޭނެ ޒަމާނެކެވެ. އަޅުގަޑުބޭނުމީ ޖީސީން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. މައިން ބަފައިންގެ ހިތްވަރާ ޓީޗަރުންގެ އަޅާލުމާއި ލޯބިހޯދައިގެން ކުރިއަށް ދިއުމަށެވެ.

އަޅުގަޑު ކިޔަވައި ނިމިގެން ހެލްތުޕޯސްޓްގައި ވަޒީފާ އަދާކުރާނީއެވެ. ނުވަތަ ޓީޗަރުކަން އަދާކުރާނީއެވެ. އަޅުގަޑުގެ މިފޮނި އުންމީދުތައް އިޖާބަކުރައްވާނެ ދުވަހަކަށް އަބަދުވެސް އަޅުގަޑު އިންތިޒާރު ކުރަމެވެ. އަދި އަޅުގަޑުގެ ލޯބިވާ މައިން ބަފައިންވެސް އިންތިޒާރު ކުރެއެވެ. އެމީހުން ހިނިތުންވެލާނޭ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރަމެވެ. މައިން ބަފައިންނާ ކިތަންމެ ދުރުގައި ވީނަމަވެސް އެމީހުން އަޅުގަޑުގެ ކިޔެވުމަށް ހިތްވަރު ދެއެވެ. އަޅުގަޑު އެހިއްވަރުގައި ހިފައިގެން ރަގަޅު ނަތީޒާއަކާއި ހިސާބަށް މިފަހަރު ދާނަމެވެ. މަންމަމެންގެ ފޮނި އުންމީދުތައް ނަގާނުލުމުގެ ބޭނުމުގައިވެސް މެއެވެ.

September 24, 2009

ވަނަވަރު 2



ވަނަވަރު 2


ލިއުނީ ؛ އަހްމަދު ސުޖާދު ކަރަންކާވިލާ ނ.ލަންދޫ ސުކޫލް ގުރޭޑް 10 އޭ

ވަނަވަރު

1_ ފުރިހަމަ ނަން : އަހްމަދު ސުޖާދު

2_ އާންމު ނަން : ސުޖާދު

3_ އުފަންދުވަސް : 29 ޖޫން 1992

4_ ރަށް : ނ. ލަންދޫ

5_ ގޭގެނަން : ކަރަންކާވިލާ

6_ ފޯން ނަންބަރު : 9931712 / 7527156

7_ އެންމެ ކުރާހިތްވާ ކަންތައް : --------------------------------

8_: އެންމެ ދާހިތްވާ ރަށް : މީދޫ

9_ އެންމެ މީރު ކާނާ : ނޫޑުލްސް

10_ އެންމެ ކަމުދާ ސިފަ : ތެދުވެރިކަން

11_ އެންމެ ފޫހިވާ ސިފަ : ދޮގުހެދުން

12_ އެންމެ މީރު ބުއިން : ސާކް

13_ އެންމެ ކިޔަވާހިތްވާ މާއްދާ : އިކޮނޮމިކުސް / އިގިރޭސި

14_ އެންމެ ކަމުދާ ޓީޗަރ : ޖިނިސް

15_ އެންމެ ގާއްއެކުވެރިޔާ : --------------------------------

16_ އެންމެ މީރު މޭވާ : އާފަލު

17_ ދެކެންބޭނުންވާ ދުވަސް : އަމިއްލަ ފައިމައްޗައް ތެދުވެވޭނެ ދުވަސް

18_ އެންމެ ލޯބިވަނީ : މަންމަ އާއި ބައްޕަ ދެކެ

19_ ވަޒީފާގެ ގޮތުން އެންމެ ކުރާހިތްވާ މަސައްކަތް : ޕޮލިސް

20_ ކިޔަވާ ކުދިންނަށް ދޭންބޭނުންވާ މެސެޖު : ލިބޭފުރުސަތުގެ ބޭނުން ހިފައިގެން ހިތްވަރާއި އެކު ރަގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރާށެވެ
.

September 23, 2009

ކުރިމަގު 4


އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް:



ލިޔުނީ: އައިސަތު ސުހާނާ ވީވަރު ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ

އަހަރެންގެ ދިރިއުޅުން
އަހަރެންގެ ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ ފިނިފެންމަލެއްގެ ބައްޓަމަށެވެ. އަހަރެންގެ ދިރިއުޅުން ބައްޓަންވެފައިވަނީ ފިނިފެންމަލެއްފަދަ ލޯބީގެ ގުޅުމަކުންނެވެ. އަހަރެންގެ ހަޔާތް ވޭތިވަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމާއި އަރާމާއި އެކުގައެވެ. އަހަރެން އުންމީދު ކުރާގޮތަކީ އަހަރެންގެ ދިރިއުޅުން އަހަރެންގެ ލޯބިވާޔާ އެކު އުމުރަށް ހޭދަކުރާށެވެ. އަދި އަހަރެމެންގެ ލޯބީގެ ބިންގާ މިއަށްވުރެ ވަރުގަދައަށް އެޅުމަށް މަސައްކަތް ކުރުމަށެވެ. އަހަރެން އުންމީދުކުރަމުންއައީ އާ ދިރިއުޅުމަކަށްފަހު އަހަރެމެންގެ ހިޔާލް ދިޔައީ ދަރިއެއްގެ މައްޗައް ބުރަވެގެންނެވެ.

އަސްލު ހަގީގަތުގައިވިސް ދަރިޔަކު ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް ކުރާއެންމެ ފޮނި އުންމީދެވެ. އަދި އެންމެ ބުރަމަސައްކަތްވެސް މެއެވެ. ދަރިޔަކު ތަރުބިއްޔަތު ކުރެވޭނީ ތައުލީމެއްވެސް އެމީހެއްގެ ގައިގައި ހުރެގެންނެވެ.

ތިންއަހަރަށްފަހު އަހަރެމެންގެ ލޯބިލޯބި ދަރިފުޅުވެސް ހިގާބިގާވެ އުފާވެރިކަމާއިއެކު ހިޔާލީ ދުނިޔޭގެ ތެރޭގައި އިންދާ އެނިދިން ހޭލައްވައިލީ އެކުޑަކުޑަ ދަރިފުޅު މަންމާއޭ ގޮވާލި އަޑަށެވެ.

September 16, 2009

ކުރިމަގު 2






ކުރިމަގު 2


ލިޔުނީ: ހުސެއިން ލަތީފް ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ

ޢަޅުނގަޑުގެ ދިރިއުޅުން ބައްޓަންކުރާ ގޮތް
ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމައްޓަކާ ވިސްނާ ފިކުރު ކުރާނެއެވެ. އެގޮތުން އަޅުގަޑުވެސް ބޭނުންވަނީ
އަޅުގަޑުގެ އަމިއްލަ ދިރިއުޅުމައްޓަކާ ވިސްނާ ފިކުރުކޮށް ހާސިލްކުރަން ބޭނުންވާ ފޮނިއުންމީދުތައް ހާސިލްކޮށް ބޭނުންވާ މަގުސަދުތައް ހާސިލްކޮށް ދިރިއުޅުން ބައްޓަންކުރާށެވެ.

އާދެ ! އަޅުގަޑުގެ ދިރިއުޅުން ބައްޓަންކުރަން ރާވާފައިވަނީ އަޅުގަޑު ބޭނުންވާ މަގުސަދު އިރާދަކުރެއްވެއްޖިއްޔާ ހާސިލްކޮށްގެންނެވެ. އާދެ ! އަޅުގަޑު ހާސިލްކުރަންބޭނުންވާ މަގުސަދަކީ ޖީސީ އޯލަވެލުން ސީއަށްވުރެ ދައްނޫން ގުރޭޑަކުން ފާސްވުމެވެ. އަހަރެންގެ މުސްތަގުބަލުގައި ހާސިލް ކުރަންބޭނުންވާ ފޮނި އުންމީދަކީ އަހަރެންބޭނުންވާ ކުއްޖާ ލިބުމެވެ. އަދި ދިރިއުޅުން ބައްޓަންކުރަން ރާވާފައިވާ ގޮތަކީ އެކުއްޖާ އާއި އިދެވިއްޖިއްޔާ ގެވަޅެއްނަގާ ގެއެއްރޭނުމެވެ. އަހަރެންގެ ގޭގައި އޮންނާނީ ހަތަރު ކޮޓަރިއާއި އެއްސިޓިންރޫމެވެ. އަދި ބަދިގެއަކާއި ކާގެއަކާއި ބަޑަހަގެއެއްވިސް އޮންނާނެއެވެ. ކޮޓަރީގެ ދިގުމިނަކީ 13 ފޫޓެވެ. އަދި ފުޅާ މިނަކީ 12 ފޫޓެވެ. އަދި ބަޑަހަގެއަކާއި ކާގެއަކާއި ބަދިގެއެއްގައި އޮންނާނީ ދާދި އެއްވަރު މިންތަކެވެ. ގޭގައި ކައްކަން ހުންނާނީ ގޭސްއުދުނެވެ. އަދި ދިމާވާ މައްސަލަތައް ދެމީހުން ވާހަކަދައްކައިގެން ހައްލުކުރާނީއެވެ.

އަދި އަހަރެން ހޯދަން ބޭނުންވަނީ ގިނަވެގެން ދެކުދިންނެވެ. އެއީ ދެފިރިހެން ކުދިންނައްވިޔަސް ހެވެ. ދެ އަންހެން ކުދިންނަށް ވިޔަސް ހެވެ. އަދި އަންހެންކުއްޖަކާ ފިރިހެންކުއްޖަކަށްވިޔަސް ހެވެ. ދޮނަސް ކަޅަސް ހެވެ. އެކުދިން ހެޔޮގޮތުގައި ބޮނޑުކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަމެވެ. އަދި އެއީ މުޖުތަމައަށް ފައިދާކުރާ މީހުންނަށް އަޅާލާ ، އޯގާތެރި، މީހުންނަށް އިހްތިރާމްކުރާ ބަޔަކަށް އެކުދިން ހަދާނަމެވެ.

September 13, 2009

އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް 1:









ލިޔުނީ: އަލީސިމާއު ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ

ޢަޅުނގަޑުގެ ދިރިއުޅުން
އަޅުގަނޑުގެ ދިރިއުޅުމުގައި ފުރަތަމަ ކުރާ އުންމީދަކީ ކިޔަވައި ރަގަޅު ނަތީޖާއެއް އައި، ޖީ، ސީ، ސެސް، އީ އިމްތިހާނުން ލިބުމެވެ. އަދި ސުކޫލް ނިމުމުންވެސް ކިޔަވަން ފުރުސަތު ލިބޭނަމަ ކިޔަވައި ސަރުކާރައް ހިދުމައްކުރާނަމެވެ.

އަޅުގަޑުގެ ދެވަނަ އުންމީދަކީ ރަގަޅު ދިރިއުޅުމެއް ހޯދުމެވެ. އަދި ދިރިއުޅުމުގައި ކާމިޔާބު ލިބުމެވެ. އަދި އަޅުގަޑައް ކުއްޖަކުލިބުމުން އެކުއްޖާއަށްވެސް ރަގަޅު ތަރުބިއްޔަތެއް ދަސްކޮށްދީ ރަގަޅުގޮތުގައި އެކުއްޖާއަށް ކިޔަވައި ދޭށެވެ. ދިރިއުޅުމެއް ފެށިއަސް އަޅުގަޑު ބޭނުމީ ވަޒީފާއަކަށްވަދެ ލާރިހޯދަން މަސައްކަތް ކުރުމެވެ.

އަދި ވަޒީފާއިން އެލިބޭ ލާރިން ދެބައިކުޅައެއްބައި މަންމަ އާއި އާއިލާގެ މީހުންނަށް ދޭށެވެ. އަދި ދިރިއުޅުމުގައި ރަގަޅު ދުވަސްތައް ވޭތުކުރާށެވެ. ދުނިޔޭގައި ގިނަދުވަސްތައް ވޭތިކުރާށެވެ.

ވަނަވަރު 1









ލިއުނީ ؛ މޫސާ އަސްފާގު ކެރެޓް ނ.ލަންދޫ ސުކޫލް ގުރޭޑް 10 އޭ
ވަނަވަރު

1_ ފުރިހަމަ ނަން : މޫސާ އަސްފާގު

2_ ބަރުދަން : 42 ކިލޯ

3_ އާންމު ނަން : އަސްފާގު

4_ އިސްކޮޅު : 5 ފޫޓް 1 އިންޗި

5_ އުފަންދުވަސް : 16 އޮގަސްޓް

7_ އެންމެ ކިޔަވާހިތްވާ މާއްދާ : ހިސާބު

8_ އެންމެ އުފާވި ދުވަސް : --------------------------------

9_ އެންމެވާން ބޭނުމީ : ފޯނުހަދާ މީހަކަށްވުން

10_ އެންމެ ރީތި ލަވަ : ނުލިބޭނެހޭ އަލުން އެހިތް

11_ އެންމެ މީރު ކާނާ : ފުރައިޑް ނޫޑުލްސް
12_ އެންމެ މީރު ބުއިން : ކުރުބާފަނި

13_ އެންމެ މީރު މޭވާ : ކަރާ

14_ އެންމެ މީރު ތަރުކާރީ : ކެރެޓް

15_ އެންމެ އުޅޭހިތްވާ ރަށް : ލަންދޫ

16_ އެންމެ ރީތި މާ : ފިނިފެންމާ

17_ އެންމެ ރުހޭ ސިފަ : ހިތްހެޔޮ

18_ އެންމެ ދާހިތްވާ ގައުމު : އެމެރިކާއަށް

19_ އެންމެ ރީތި ކުލަ : ފެހިކުލަ

20_ އެންމެ ރީތި ވާހަކަ : ހިތިކަރުނަ
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino