Showing posts with label ފާހަގަ ކުރެވޭ ދުވަސް ތައް. Show all posts
Showing posts with label ފާހަގަ ކުރެވޭ ދުވަސް ތައް. Show all posts

December 12, 2009

އެއްބައިވަންތަކަމުގެ ދުވަސް

އެއްބައިވަންތަކަމުގެ ދުވަސް
ސައްބީސް ޑިސެމްބަރ 2004 ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމެވެރި ޙާދިޘާ އެވެ. މި ޙާދިޘާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީ އަސަރުކޮށްފައިވެއެެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގޮސްފައިވެއެވެ. އެއީ، ރ.ކަނދޮޅުދޫ އާއި، ތ.ވިލިފުއްޓާއި، ދ.ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް 23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

26ޑިސެމްބަރ 2004 ގައި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ހާދިޘާގައި 82 މީހަކު ވަނީ ނިޔާވެގޮސްފައެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ. އަދި މި ހާދިޘާގައި ވީނުވީ ގޮތެއް ނޭގި 26މީހަކު ވަނީ ގެއްލިފައެވެ.

މިހާދިޘާގައި ގެއްލުންތައް ލިބުނު ފަރާތްތަކަށް ދިވެހި ލޮބުތި ރައްޔިތުން އެދުވަހު ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަކީ ފަހަކަށް އައިސް ދުވަހުވެސް އަޅުގަނޑުމެން ފެނިފައިނުވާފަދަ އެކުވެރި ކަމަކާއި އެއްބާރުލުމެވެ.

އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް ބައްލަވައި، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް، ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް، 2005 ޖެނުއަރީ 26 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވުމާއިގުޅިގެން 2005 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކުވެސް، އިޙްތިފާލް ކުރުމުގެ ކަންތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައިގެން ރާވައި، ރާއްޖޭގައި އެދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙަވާލު ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެވެ.
މިގޮތުން ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވިފައިވަނީ 2005 ޑިސެމްބަރ 25 ވަނަ ދުވަހުއެވެ. އެދުވަހުގެ އެންމެ ޚާއްޞަކަމަކަށް އޮތީ 26 ޑިސެމްބަރ 2004 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާނާއި، އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު ރަމްޒުކޮށްދޭ ހަނދާނީ ބިނާގެ ބިންގާ އެޅުއްވުމެވެ. މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިބިނާގެ ބިންގާ އެޅުން އޮތީ މާލޭގެ އިރުދެކުނު ފަރާތު، ރާޅާއަޅާ ސަރަޙައްދު ކައިރީގައެވެ.

December 6, 2009

ރާއްޖެ އިސްލާމްވި ދުވަސް


ރާއްޖެ އިސްލާމްވި ދުވަސް
ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީންސުރެ އެދީނަކަށް އަޅުކަންކުރަމުންއައި ބުޑިސްޓުދީން ދޫކޮށްލައި ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު (1135 މ. ޖޫން) މަހުގެ ތެރޭގައެވެ.

ރަސްމީގޮތުން ދިވެހި ދައުލަތުން ޤަބޫލު ކުރައްވާގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބުކަރައިގެ މައުލާނަ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. އެކަލޭގެފާނަކީ ހިޖުރައިން ހަވަނަ ޤަރުނުގެ ތެރޭގައި އިސްލާމްދީނަށް ނުހަނު ޚިދުމަތްކުރެއްވި މާތް ވަލީވެރި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު މުޅި ދިވެހި އުންމަތް އިސްލާމްދީނަށް އެނބުރުނީއްސުރެ އަދިއަދަށް ދާންދެންވެސް މިރާއްޖޭގައި މިއޮތީ އިސްލާމްދީނެވެ. ރާއްޖޭގެ މީސްތަކުން އިސްލާމްވީއްސުރެ ދިވެހިންނަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތާ އިޢުތިޤާދު ހަރަދަނާ ބައެކެވެ.

ކޮންމެއަކަސް ރާއްޖެ އިސްލާމްވީ ދުވަހެއް ގެންނަވާ އެދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުއެވެ. ވަޒީރުންގެ މަޖިލީހުން ކުޅަ ފާސްކުޅައުމެއްގެ މަތީން ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1942 ގެ ނޮވެމްބަރ 28 އެވެ.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށްފަހު އޭގެ 33 އަހަރު ފަހުން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ 5 ވަނަ ދައުރުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރައްވާގޮތަށް ދައުލަތުން ކަނޑައެޅުއްވިއެވެ. އަލުން މިދުވަސް ފާހަގަކުރައްވާގޮތަށް ނިންމެވީ ރާއްޖެ އިސްލާމްވި ދުވަހަކީ ޤައުމީ ގޮތުން ފާހަގަކުރާ ދުވަހެއްކަމުގައި ހަމަޖެއްސުމަށް 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވުމާ ގުޅިގެންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެއްވުމަށް ފެނިވަޑައިގަންނަވާތީއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު މާލެ އާއި އަތޮޅުތަކުގައި ތަފާތު ޙަރަކާތްތަކެއް ހިންގެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރެވެމުން މިދަނީ ކޮންމެ އަހަރެއްގެވެސް 2 ރަބީޢުލްއާޚިރު ގައެވެ. މިގޮތުން މިއަހަރު 1428 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ފާހަގަ ކުރެވިފައިވަނީ ރާއްޖެ އިސްލާމްވީތާ 880 ވަނަ އަހަރު ފުރުމުގެ މުނާސަބަތެވެ.

December 2, 2009

ނަސްރުގެ ދުވަސް
ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ އެކުވެގެން ހިންގި ނުރައްކާތެރި ބަޣާވާތެކެވެ. އެދުވަހުގެ ޙަމަލާއަކީ ދިވެހި ތާރީޚުގައި އަދި މިހާތަނަށް ފާހަގަ ކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. މީގެ ތެރޭގައި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުން ހިމެނުނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. އެއީ ޢާންމު ރައްޔިތުންގެ 11 ފަރާތަކާއި ސިފައިންގެ 8 ފަރާތެކެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމުތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން އަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އެހެންކަމުން ވަރަށް އަވަހަށް އިންޑިޔާ ސަރުކާރުގެ އަސްކަރީ އެހީ ރާއްޖެއަށް ލިބުނެވެ. ކުލީސިފައިން ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން ފެށިތާ ގާތްގަޑަކަށް 17ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ.

އިންޑިޔާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު، ހަނގުރާމަ ވަނީ މައިތިރިވެފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހެއެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޭރު އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ "ޕްރޮގްރެސްލައިޓް" ގައި ފުރައިގެންދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުންނެވެ. ބާޣީން "ޕްރޮގްރެސްލައިޓް" ފުރައިގެން ދިޔައިރު އެތަކެއް ދިވެހީން ރަހީނުންގެ ގޮތުގައި ގޮވައިގެން ދިޔައެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.

ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ އެންމެ މިޒަމާނުގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. ދުސްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ އެތައް ބަޔަކު ޝަހީދުވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމާލާތަކުގެ ތެރެއިން، ސަރުކާރާއި، ރައްޔިތުންގެ ފަރާތުން މި ޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުން ކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ.




ނަޞްރުގެ ދުވަހަށް 10 އަހަރު ފުރުން:

1988 ވަނަ އަހަރަކީ ނަޞްރުދުވަހަށް 10 އަހަރު ފުރޭ އަހަރު ކަމުގައިވާތީ، މިކަން ފާހަގަ ކުރުމުގެ ގޮތުން 1988 ނޮވެމްބަރ 9 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހުނެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެރޭ ރަސްމިއްޔާތު ކެންސަލް ކުރުމަށްފަހު އަލުން މިރަސްމިއްޔާތު ބޭއްވުނީ 3 ޑިސެމްބަރ 1988 ދުވަހުގެރޭ 9 ގައި ޖުމްހޫރީ މައިދާނުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ވަޒީރުންނާއި، އެހެނިހެން ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި 1988 ނޮވެމްބަރ 3 ވަނަ ދުވަހު ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކާއި، އަދި އެދުވަހު ދުޝްމަނުންގެ މީހުން ރަހީންކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން ސަލާމަތްވެގެން ރާއްޖެއަށް ވަޑައިގެންނެވުނު ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވާ ސަލާން ކުރެއްވިއެވެ.

December 1, 2009

ޖުމްހޫރީ ދުވަސް

ޖުމްހޫރީ ދުވަސް
މީލާދީން 3491 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޙްތިރާމާއެކު ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 3491 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފަނެއެވެ.

ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވެއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ. ސަރީހަ ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގަޔާއި، އަދިވެސް ބޭރުގެ އެތަންމިތާގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމް ކުރެއްވުމަކީ ޤައުމުގެ ޙުއްބުލްވަޠަންގެ ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާތީއެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ. އެހެންކަމުން މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 3591 ގައެވެ. ނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 4591 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 8691 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 8691 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.

ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މިނިވަން ދުވަސް

November 29, 2009

ގައުމީ ދުވަސް

ގައުމީ ދުވަސް
ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ޤައުމެއްގައިވެސް ވަކި ޚާއްޞަ ޤައުމީ ދުވަހެއް ފާހަގަކުރެއެވެ. އެދުވަހަކީ އެޤައުމަކަށް ލިބިފައިވާނަމަ ވާހާ ނިޢުމަތަކަށްޓަކައި ޙަމްދާ ޝުކުރު އާދާކުރުމުގެ ދުވަހެވެ. އެބައިމީހުންގެ ހިތްތަކުގައި ޤައުމީ ރޫޙާއި އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާ ދުވަހެވެ. ޤައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ޤައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާ ދުވަހެވެ. އަދި އެދަރީންނަށް ދަރާފައިވާ ދަރަނިތައް ވަޒަންކޮށް، އެމީހުންނަށް ހެޔޮދުޢާ ކުރުމަށް އެންމެ އެކަށީގެންވާ ދުވަހެވެ. އަދި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމުގެ ދުވަސްވެސް މެއެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 5631 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 6491 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ. ދިވެހި ދައުލަތުން މިފަދަ ދުވަހެއް ފާހަގަކުރެއްވުމަށް ވިސްނައިވަޑައިގަތްހިނދު އެންމެފުރަތަމަވެސް އެދުވަހެއް ކަމުގައި ދިވެހީން ކަނޑައެޅި ދުވަހަކީ ދިވެހީންގެ މިނިވަންކަން މުޅީން ގެއްލިފައިވަނިކޮށް، މިނިވަންކަމުގެ އަލިގަދަ ނޫރުން ދިވެހި އުންމަތް އަލިވެ އުޖާލާވެގެންދިޔަ ބަރަކާތްތެރި ދުވަހެވެ. އާދެ! ޤައުމުދެކެ ލޯބިވާ އެއްވެސް މުވާޠިނަކު އެދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމާމެދު ކުޑަވެސް އިންކާރެއް ނުކުރާނޭކަން ޔަޤީނެވެ. މިހެނީ 51 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 189 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 62 އަށެވެ. ހިޖުރީ ގޮތުން 8631 ވަނައަހަރުން ފެށިގެން 8931 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ. މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 12 ޖޫން 6691 ގައި ނެރުއްވި އިޢުލާނެއްގައިވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (62 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 6691 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 62 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 8791 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 91 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާޗް 92 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަންކަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 87 ވަނަ އަހަރުއެވެ. އެ އަހަރު އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެމްބަރ 8791 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ. އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 62 ވަނަ ދުވަހެވެ.

އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލް އަނެއްކާވެސް ހަމަޖެހި ނިމުނީއެވެ.

ކޮންމެއަކަސް ހިޖުރައިން 0041 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖަލިސްގެ ނަން އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މިގޮތަށް 81 ވަރަކަށް އަހަރު ވޭތުވުމަށްފަހު 7991 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 8991 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.

އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ. ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މިދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުވެސް ފުޅާވެ ފުރިހަމަ ވެގެން ދިޔައެވެ. އަދި 8991 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އޮފީހަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި އެއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުންދިޔައެވެ.

8991 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާގޮތަށް ހަމަޖެއްސުމާއި ގުޅިގެން މިރަސްމިއްޔާތު ކޮންމެ ދެއަހަރު ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖައްސަވާފައިވެއެވެ..
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino