Showing posts with label ކުޅިވަރު. Show all posts
Showing posts with label ކުޅިވަރު. Show all posts

March 14, 2010

އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ވިއެޓްނާމްގެ ބިންޑޮންގ އެފްސީއާއި ވާދަކުރަން ޖެހޭ މެޗަށް ރާއްޖޭގެ ވިކްޓްރީ ފުރައިފި

އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ވިއެޓްނާމްގެ ބިންޑޮންގ އެފްސީއާއި ވާދަކުރަން ޖެހޭ މެޗަށް ރާއްޖޭގެ ވިކްޓްރީ ފުރައިފި

އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ވިއެޓްނާމްގެ ބިންޑޮންގ އެފްސީއާއި ވާދަކުރަން ޖެހޭ މެޗަށް ރާއްޖޭގެ ވިކްޓްރީ ފުރައިފިއެވެ. ވިއެޓްނާމްގައި ކުޅެން ޖެހޭ މިމެޗަށް ވިކްޓްރީ ފުރީ ރޭގެ ވަގުތެއްގައި. މިއަހަރުގެ މުބާރާތުގައި ވިކްޓްރީ ކުޅެން ޖެހޭ ދެވަނަ މެޗަށް ނިކުންނަ އިރު ވިކްޓްރީއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއީ ފުރަތަމަ މެޗް މާލޭގައި ކުޅެ އިންޑޮނޭޝިޔާގެ ސްރީވިޖާޔާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައިވާތީ ލިބުނު ޕޮއިންޓެކެވެ.

ވިކްޓްރީ ހިމެނޭ ގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ލިބިފައިވަނި އެއް ޕޮއިންޓެވެ. އެގްރޫޕްގައި ބިންޑޮންގ އެފްސީއާއި މެލޭޝިޔާގެ ސެލަންގޯ ވާދަކުރި މެޗްވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އަނެއް ޓީމްކަމަށްވާ ވީބީ މިމަހުގެ ސަތާރަވަނަ ދުވަހު މާލޭގައި ނިކުންނާނީ ހޮންކޮންގެ ސައުތް ޗައިނާއާ ދެކޮޅަށެވެ.

ވީބީއާއި ވާދަކުރުމަށް ރޭގެ ވަގުތެއްގައި ސައުތް ޗައިނާ ޓީމް ވަނީ މާލެ އައިސްފައެވެ. މެޗްގެ ޓިކެޓްވެސް ވީބީން މިހާރު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ވަޠަނިއްޔާގެ ޚިދުމަތް ދޭ ފިހާރަތަކުންނާއި، ވީބީގެ ފިހާރަތަކުންނާއި، އެފްއޭއެމްގެ އިމާރާތުގެ ތިރީގައި ހަދާފައިވާ ވީބީގެ ޖަގަހައަކުން ޓިކެޓް ލިބޭނޭކަމަށް ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު މައުލޫމާތުދެއްވިއެވެ.

މިމެޗަށް ނިކުންނައިރު ތިން ޕޮއިންޓާއެކު ވީބީ އޮތީ ގްރޫޕްގެ އެއްވަނާގައެވެ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހަރަކާތުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ މަރުކަޒ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހަރަކާތުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ މަރުކަޒަށް ޙަވާލުކޮށްފި

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަންހެން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ޗެރިޓީ ފުޓްބަޅަ ޓޯރނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ޙަވާލުކޮށްފިއެވެ.


މިކަމަށްޓަކައި ކުޑަކުދިންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިފައިސާއާއި ހަވާލުވެލެއްވީ މަރުކަޒުގެ ޕްރިންސިޕްލް އަޙްމަދު ޝަފީޤްއެވެ. މިފައިސާ ޙަވާލުކޮށްދެއްވީ މުބާރާތުގައި ބައިވެރިވި ހަތަރު އޮފީސް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި، އައިލެންޑް އޭވިއޭޝަން އަދި އިމިގްރޭޝަންގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އިސްމުވައްޒަފުންނެވެ.


މިފައިސާ ތެރޭގައި ހިމެނެނީ މުބާރާތުގެ ޓިކެޓް ވިއްކައިގެންނާއި ދަނޑުގައި ބެހެއްޓިފައިހުރި ފަންޑު ފޮށްޓަށް ލިބުނު ފައިސާގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބުނު ޖުމްލަ 22950.35 ރ (ބާވީސްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ތިރީސްފަސް ލާރި) އެވެ.


އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފުލުހުންގެ އިތުރުން ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، އައިލެންޑް އޭވިއޭޝަން، އަދި ޑިޕާރޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަނުންނެވެ. މިމުބާރާތުގެ ފައިނަލް މެޗުގައި އިމިގްރޭޝަނާއި ޕޮލިސް ބައްދަލުކުރި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަންއެވެ

December 20, 2009

އިގިރޭސި ޕްރެމިއަރ ލީގު ޓީމެއްކަމަށްވާ މެންޗެސްޓަރ ސިޓީން އެޓީމުގެ ކޯޗް މާކް ހިއުފް މަގާމުން ދުރުކޮށްފިއެވެ

އިގިރޭސި ޕްރެމިއަރ ލީގު ޓީމެއްކަމަށްވާ މެންޗެސްޓަރ ސިޓީން އެޓީމުގެ ކޯޗް މާކް ހިއުފް މަގާމުން ދުރުކޮށްފިއެވެ

އިގިރޭސި ޕްރެމިއަރ ލީގު ޓީމެއްކަމަށްވާ މެންޗެސްޓަރ ސިޓީން އެޓީމުގެ ކޯޗް މާކް ހިއުފް މަގާމުން ދުރުކޮށްފިއެވެ. އޭނާ މަގާމުން ދުރުކުރުމަށްފަހު އެޓީމުގެ ކޯޗަކަށް ގެނެސްފައިވަނީ އިންޓަރމިލާންގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗީނީއެވެ.ސިޓީން އެމީހުންގެ ކޯޗް މިބަދަލުކުރީ ރޭ އަމިއްލަ ދަނޑުގައި ސަންޑަލެންޑް އަތުން ހަތަރު ލަނޑު ތިންލަނޑުން މޮޅުވިތާ ދެގަޑިއިރުވީތަނާ.އެވެ އެހެންނަމަވެސް ސިޓީއާއި ހަވާލުވެފައިވާ އަރަބި ދެމަހުޖަނުން މިސީޒަންގައި ކުޅުންތެރިންގަތުމަށް ކްލަބަށް ހޭދަކުރި ދުއިސައްތަ މިލިޔަން ޕައުންޑާއި ބަލާއިރު ޓީމަށް އޯނަރުން ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް ނެރެވިފައިނުވާކަމަށްވެއެވެ. އެޓީމު މިހާރު އޮތީ ޓޭބަލްގެ ހަވަނާގައެވެ.

December 12, 2009

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލެއްވުމަށާއި، ރާއްޖޭގެ ޤައުމީ ޓީމަށް ހިތްވަރުދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލެއްވުމަށާއި، ރާއްޖޭގެ ޤައުމީ ޓީމަށް ހިތްވަރުދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުން ދެބޭފުޅަކު ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި
ސާފް ޗެމްޕިއަންޝިޕް 2009ގެ ފައިނަލް މެޗްގެ ބައްލަވާލެއްވުމަށާއި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރުދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން އަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް މުޙަންމަދު ޙުނައިފް، ބަންގްލަދޭޝްގެ ޑާކާއަށް ވަޑައިގަތުމަށް، މިރޭ ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން އަފީފް ދެއްވި ބަސްދީގަތުމެއްގައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމަށްޓަކައި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންވެސް މާދަމާ ރަތްކުލައިގެ ހެދުމެއްގައި އޮފީހަށް ވަޑައިގެންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. މުވައްޒަފުން ވަކި ޔުނިފޯމެއް ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ އޮފީސްތައް މިކަމުން ވަނީ އިސްތިސްނާ ކުރައްވާފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. މި މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާ އިންޑިޔާއެވެ

December 10, 2009

އިންޑިޔާ ބަލިކޮށް ރާއްޖެ ސެމީއަށް

އިންޑިޔާ ބަލިކޮށް ރާއްޖެ ސެމީއަށް

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިވެހިރާއްޖެ ދަތުރު ކޮށްފިއެވެ. ދިވެހި ޓީމު ސެމީއަށް މިދިޔައީ ޑާކާގައި މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެފަހު މެޗުގައި އިންޑިޔާގެ މައްޗަށް 2-0 ގެ ކުރިއެރުމެއް ހޯދައިގެންނެވެ. ރާއްޖެ ސެމީއަށް މިދިޔައީ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައިވެސް މެއެވެ.

މެޗުގެ ކުޅުން ފެށިއިރުވެސް ރާއްޖޭގެ ކުޅުންތެރިންގެ މޫނު މަތިން ފެނިގެން ދިޔައީ މޮޅުވުމަށް ކެތްމަދުވެފައި ތިބި މަންޒަރެވެ. އެއްވަރު ކޮށްލައިގެން ސެމީ ފައިނަލަށް ދިޔުމުގެ ދޮރު ހުޅުވިފައި އޮތް ނަމަވެސް ސެމީއަށް ދާން ބޭނުން ވަނީ އިންޑިޔާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައޭ ބުނާ ކަހަލައެވެ.

ރެފްރީގެ ކަށިގަނޑާއެކު މެޗުގެ ކުޅުން ފެށިއިރަށް ދިވެހި ކުޅުންތެރިންގެ ބާރުގެ ދަށަށް އިންޑިޔާގެ ކުޅުންތެރިން މަޑުމަޑުން ދާންފެށިއެވެ. ދިވެހި ޓީމުގެ ތަޖުރިބާގެ ކުރިމަތީގައި އިންޑިޔާގެ ކުޅުންތެރިން އިސްޖަހަމުންދިޔަ މަންޒަރު ފެނުނެވެ. މޮޅަކަށް ހުރިހާ ދިވެހިން ބޭނުންވާ ފަދައިން އިންޑިޔާގެ ހުރިހާ މީހުންވެސް ބޭނުންވާނީ ދިވެހިންގެ އަތްދަށުން އެމީހުންގެ ޅަ ޓީމު މޮޅުވެ މިދިޔަ އަހަރު އެމީހުންގެ ސީނިއަރ ޓީމުވެސް ބަލިކޮށް ޗެމްޕިއަންކަން ހޯދި ދިވެހިންނަށް މުބާރާތް ނިންމާލާށެވެ. ނަމަވެސް އެވަރު ވިސްނައިގެން ކުޅެމުންދިޔަ ދިވެހި ކުޅުންތެރިން އިންޑިޔާގެ ކިބައިން ސަލާމްވުމުގެ ފުރަތަމަ ފިޔަވަޅު އެޅީ މެޗުގެ 16 ވަނަ މިނިޓުގައެވެ.

މުޚްތާރު ނަސީރު (ޓޫކިލޯ) އަށް ލިބުނު ބޯޅައެއް ގޯލު އޭރިޔާގެ އެއްފަރާތުގައި ހުރި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދިނުމުން ދަގަނޑޭ ވަރަށް ބަލާލުމަށް ފަހު އޭރިޔާ ތެރޭގައި ހުރި އަޙްމަދު ތޯރިގް (ޓޮމް) އަށް ބޯޅަ ދިނުން އޮތީ ލަސްވެފައެވެ. ދަގަނޑޭ އެބޯޅަ ޖައްސާލިއިރަށް އެންމެ ވަގުތުކޮޅެއްވެސް ނަގާލަން ނޫޅެ ޓޮމް އެބޯޅަ އިންޑިޔާގެ ގޯލާ އަމާޒުކޮށްލިއެވެ. ބޯޅަ ގޮސް ހުއްޓުނީ ގޯލުގެ އެތެރޭ ދާގަނޑުގައި ޖެހިފައެވެ. އެހިސާބުން 1-0 ން ރާއްޖެ ކުރިހޯދިއެވެ.

ދިވެހި ޓީމަށް މިލަނޑުގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. މެޗު ކޮންޓްރޯލް ކޮށްގެން މެޗުގެ ދެންހުރި ވަގުތުތައްވެސް ފުރިހަމަ ކުރަމުން ދިޔައެވެ. މެޗުގެ 25 ވަނަ މިނިޓުގައި ޓޫކިލޯއަށްވެސް ރަނގަޅު ފުރުޞަތެއް ތަނަވަސް ވެގެންދިޔައެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) ދިން ބޯޅަ ރަނގަޅު ގޮތަކަށް ޓޫކިލޯއަށް ނިންމާ ނުލެވުނީ އެބޯޅަ އޭނާއާ ހަމައަށް ނުފޯރައި ތަންކޮޅެއް ދުރުން ދިޔުމުންނެވެ.

ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމިގެން ދިޔުމުން ފަހު ހާފުގެ ކުޅުމުގެ ތެރެއަށް ދެޓީމު އައިއިރު އެއްވެސް ބަދަލެއް އެއްވެސް ޓީމަކަށް ނާދެއެވެ. މިހާފުގައިވެސް ފެނުނީ ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކައި އިންޑިޔާއަށް ގްރޫޕްގެ 1 ވަނަ ނުލިބޭނެ ކަމުގެ ފެހި ސިގްނަލް އަޅަމުންދިޔަ މަންޒަރެވެ. ނަމަވެސް ފަހުހާފުގެ ވަކިހިސާބަކުން ދިވެހި ކުޅުންތެރިން ތަންކޮޅެއް ފަސޭހަކޮށްލި ތަން ފެނުނެވެ. އެއީ އިންޑިޔާގެ ބަލްބަންގ ސިންގއަށް ދެރީނދޫކާޑާއެކު ރަތްކާޑު ދައްކާ ފޮނުވާލުމުން އިންޑިޔާގެ އެއްކުޅުންތެރިޔަކު މަދުވުމުން ކަމުގައިވެސް ވެދާނެއެވެ.

ފަހު ހާފުގައި ދިވެހި ޓީމުން ވަނީ އިންޑިޔާގެ ކޮޅަށް ގިނަލަނޑު ތަކެއް ޖަހާނެ ފުރުޞަތު ތަނަވަސް ކޮށްފައެވެ. އެގޮތުން ފަހުހާފުގެ 10 ވަނަ މިނިޓުގައި ދަގަނޑޭއަށް ލިބުނު ޗާންސްގައި ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފަހުހާފުގެ ކުރީކޮޅު ފެނުނީ ޓޮމްއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުން ބޭލި މަންޒަރެވެ. ޓޮމްގެ ބަދަލުގައި އެރުވީ އަސްއަދު އަލީ (އަޑުބަރޭ) އެވެ.

ދިވެހި ޓީމުން މުޙައްމަދު އާރިފް (ބަކާ) އާއި ދަގަނޑޭއަށް ރީނދޫ ކާޑެއް ދެއްކި މިމެޗުގައި ހެޓްރިކް ހަދާނެ ފުރުޞަތުވެސް ލިބިފައެވެ. އެގޮތުން ފަހުހާފުގައި ދަގަނޑޭއަށް ލިބުނު ފަސް ފުރުޞަތަކީވެސް ލަނޑަކަށް ހަދާލެވޭނެ ފުރުޞަތު ތަކެކެވެ. ދަގަނޑޭއަށް މިހާފުގައި ދެން ލިބުނު ފުރުޞަތުގައި އޭރިޔާ ތެރެއަށް ވަދެފައި ގޯލަށް ބޯޅަ އަމާޒުކޮށް ފޮނުވާލަން އުޅެނިކޮށް ދަގަނޑޭ ވެއްޓުނީއެވެ. ދެން ލިބުނު ފުރުޞަތުގައި އޭރިޔާ ތެރެއަށް ވަދެފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދާގަނޑުގެ ބޭރަށެވެ. އަދި މެޗު ނިމެން ދަނިކޮށް ދަގަނޑޭއަށް ވަނީ ރަނުގެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. މެޗު ނިމުމުގެ ފަހު ސިކުންތު ކޮޅުގައިވެސް ދިވެހި ޓީމަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުޞަތެއް ލިބިފައެވެ.

މެޗު ނިމެންދަނިކޮށް ފެނުނީ ދިވެހި ޓީމު މިމެޗުން މޮޅުވެ ސެމީގައި ލަންކާއާ ބައްދަލު ކުރަން ޖެހޭނެ ކަމުގެ ޔަގީންކަން ހޯދި ތަނެވެ. އެއީ ލިބުނު ކޯނަރެއް ދަގަނޑޭ ގޯލު ކުރިމައްޗަށް ނަގައިދިނުމުން އިންޑިޔާ ކީޕަރު އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ އޮއްޕޮ ބަލާލުމަށް ފަހު ގޯލު އެތެރެއަށް ފޮނުވާލައިގެން ނަތީޖާ 2-0 ށް ބަދަލު ކޮށްލުމުންނެވެ.

މިނަތީޖާގެ ސަބަބުން ސެމީފައިނަލްގައި ރާއްޖެ ނުކުންނަން ޖެހޭނީ ސްރީލަންކާއާއެވެ. އިންޑިޔާ ސެމީފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ބަންގްލަދޭޝްއާއެވެ. ރާއްޖެއަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. އިންޑިޔާއަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ. ސެމީފައިނަލް ފުރަތަމަ މެޗަކަށް ވާނީވެސް ރާއްޖެ އާއި ލަންކާ ބައްދަލުކުރަން ޖެހޭ މެޗެވެ. މިމެޗު ފަށާނީ ރާއްޖޭ ގަޑިން މާދަމާ 2 ޖަހާއިރުއެވެ. ބަންގާޅާއި އިންޑިޔާ ކުޅޭނީ ސެމީފައިނަލް ދެވަނަ މެޗުގައެވެ. ސެމީފައިނަލް ދެމެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މިގްރޫޕްގައި މިއަދު ނޭޕާލާއި އަފްގާނިސްތާން ބައްދަލުކުރި މެޗު ނިމުނީ 3-0 ން ނޭޕާލް މޮޅުވެގެންނެވެ. އެހެންކަމުން ދިވެހި ޓީމު ނުކުތީވެސް ސެމީއަށް ދިޔުމުގެ ފުރުޞަތު ބޮޑުކޮށް އޮވެގެންނެވެ

December 8, 2009

ރާއްޖެ މޮޅުވެއްޖެ

ރާއްޖެ މޮޅުވެއްޖެ

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދާދި ދެންމެއަކު އަފްޣާނިސްތާން އަތުން ދިވެހިން މޮޅުވެއްޖެއެވެ. މިމެޗުން ދިވެހި ޓީމު މޮޅުވެފައި ވަނީ 3-1 ންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ޕާސްތައް މިސްވުމާއި ޓީމެއްގެ ގޮތުގައި ނުކުޅެވުމަކީ ފުރަތަމަ ހާފުގައި ދިވެހި ޓީމަށް ކުރިމަތިވި އެންމެބޮޑު މައްސަލައެވެ. ނަމަވެސް ނޭޕާލް މެޗަށްވުރެ ވަކިވަކި ކުޅުންތެރިންގެ ކުޅުން ރަނގަޅު ވެފައި ކުޅުންތެރިންގެ ސްޕީޑު ރަނގަޅުކަން ފާހަގަ ކޮށްލެވުނެވެ.

މިހާފުގައި މުޚްތާރު ނަސީރު (ޓޫކިލޯ) ގެ ޕާހެއްގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ރަނުގެ ފުރުޞަތެއް ލިބިގެން ދިޔައެވެ. ނަމަވެސް އޮއްޕޮ ފޮނުވާލި ބޯޅަ ގޮސްޖެހުނީ ގޯލުގެ މަތީ ދަނޑީގައެވެ. އޭގެއިރުކޮޅެއް ފަހުން ޓޫކިލޯއަށް ލިބުނު ބޯޅައެއް ގޯލަށް ޖަހަން އުޅެނިކޮށް އަފްޣާނިސްތާން ކީޕަރު ނުކުމެ އެބޯޅަ ބޭރުކޮށްލިއެވެ.

އަފްޣާނިސްތާނަށްވެސް ރާއްޖެއަށްވުރެ ވަރުގަދަ ކުޅުމެއް މިހާފުގައިވެސް ދެއްކިފައި ނުވެއެވެ. އަދި ރާއްޖެއަށް މާބޮޑު ނުރައްކާތަކެއްވެސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަފްޣާނިސްތާނަށް 30 ވަނަ މިނިޓުގައި ލިބުނު ޗާންސެއްގައި ލަނޑެއް ޖަހައި ދިވެހި ޓީމު ކައިރީގައި ލީޑު ނެގިއެވެ. މިލަނޑު އަފްގާނިސްތާނަށް ޖެހުނީ ދިވެހި ޓީމުގެ ޑިފެންސްލައިނަށް ހެދުނު މިސްޓޭކެއްގެ ސަބަބުންނެވެ. އަދި ގޯލް ކީޕަރު އިމްރާން މުޙައްމަދަށްވެސް އެބޯޅަ ދިފާއު ނުކުރެވެންވީ ސަބަބެއް ނެތެވެ.

އަފްގާނިސްތާންގެ މިލަނޑަށް ފަހުވެސް އެމީހުންގެ ކުޅުން ވަކިގަދައެއް ނޫނެވެ. އަދި ދިވެހި ޓީމުވެސް ކުޅެމުން ދިޔައީ ކުރިން ކުޅެމުންދިޔަ ފަދަ އާދައިގެ ކުޅުމެކެވެ. މިނަތީޖާގައި އޮވެ ފަހު ހާފަށް ނުކުންނައިރު ދިވެހި ޓީމަށް ޖެހިފައި އޮތީ ކުޅުމަށާއި ކުޅުންތެރިންނަށް ބަދަލުތަކެއް ގެންނާށެވެ.

ނަތީޖާއަކަށްވީ ފަހުހާފުގައި ކުޅުންތެރިންގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެޓޭކިންގ ޑިޕާޓްމެންޓް ވަރުގަދަ ކުރުމެވެ. އަދި އަފްޣާނިސްތާންގެ ގޯލަށް ފަހު މިހާފު ފެށުމާއެކު ނުރައްކާ ކުރަން ފެށުމެވެ. ލަނޑަކަށް ފެންބޮވައިގެންފައިވާ ދިވެހި ކުޅުންތެރިންގެ އުންމީދު އާވެގެންދިޔައީ އިބްރާހިމް ފަޒީލް (އޮއްޕޮ) ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދަނިކޮށް އެބޯޅަ ގޯލުގެ އެތެރެއަށް އަމާޒުކޮށް އަޙްމަދު ތޯރިގް (ޓޮމް) ވައްދާލުމުންނެވެ. މިލަނޑު އައީ ފަހުހާފުގެ 7 ވަނަ މިނިޓުގައެވެ.

މިލަނޑު ޖެހިތާ މާގިނައިރު ތަކެއް ނުވަނީސް އަފްޣާނިސްތާނަށްވެސް ރަނގަޅު ފުރުޞަތެއް ލިބިގެން ދިޔައެވެ. އަދި އޮއްޕޮގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. އެއްވަރު ވިޔަސް ރާއްޖެއަށް ސެމީފައިނަލާމެދު އުންމީދު ކުޑަވެ ޕްރެޝަރަށްދާނެކަން އެނގޭތީ އިތުރު ގޯލެއް ޖަހަން ދިވެހި ކުޅުންތެރިންނަށް މަޖުބޫރު ވެގެންދިޔައެވެ. އެމަޖުބޫރީ ޙާލަތުން ޓީމު ސަލާމަތްކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. 2-1 ގެ ނަތީޖާއެއްގައި އޮވެ ނިމެން ދަނިކޮށް ދަގަނޑޭ ވަނީ އިތުރު ލަނޑެއްވެސް ޖަހައި 3-1 އެއީ މެޗުގެ ފުރިހަމަ ސްކޯރ ކަމުގައި ހަދައިދީފައެވެ.

މިމެޗުން ދިވެހި ޓީމު މޮޅުވުމުން ސެމީފައިނަލަށް ދިޔުމުގެ އުންމީދު ވަނީ އާވެފައެވެ. އެއީ ނޭޕާލް މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ 4 ޕޮއިންޓް ލިބިފައި ވުމެވެ. މިގްރޫޕްގައި ކުޑައިރުކޮޅެއް ފަހުން ނޭޕާލާއި އިންޑިޔާ ބައްދަލު ކުރާނެއެވެ. އެމެޗުގެ ނަތީޖާއަކީ ދިވެހި ޓީމާވެސް ވަރަށްބޮޑަށް ގުޅިފައިވާނެ ނަތީޖާއެކެވެ.

މެޗަށްފަހު އަފްޣާނިސްތާން ކޯޗު ބުނީ އޭނާގެ ކުޅުންތެރިން ފިޒިކަލީ ގޮތުންވެސް ދަށް ކަމަށާއި އަދި މުބާރާތަށް އައިއިރު ރަނގަޅަށް ތައްޔާރުވެވިފައިވެސް ނެތް ކަމަށެވެ. ދިވެހި ޓީމުގެ ކޯޗު އިސްޓަވާން އަރުބާނީ މެޗަށް ފަހު އޮތް ނިއުސްކޮންފަރެންސްގައި ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހު ހާފުގައި ކުޅުންތެރިން ވަރަށް ރަނގަޅު ކުރި ކަމަށެވެ. ޚާއްސަކޮށް ކޯޗު ވަނީ ކެޕްޓަން ދަގަނޑޭގެ ކުޅުމަށް ވަރަށްބޮޑަށް ތައުރީފް ކޮށްފައެވެ.

December 7, 2009

މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށް-ޤައުމީ ޓީމްގެ ކޯޗް

މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށް-ޤައުމީ ޓީމްގެ ކޯޗް

މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށްކަމުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމްގެ ކޯޗު ހާމަކޮށްފިއެވެ. ބަންގްލަދޭޝްގައި ތިބި ރާއްޖޭގެ މީޑިޔާއަށް މައުލޫމާތު ދެމުން ކޯޗް އިސްތަވާން އުރްބަނިޔީ ބުނީ ނޭޕާލް ޓިމާއެކު ކުޅުނު މެޗަށްވުރެ ޓީމް މިހާރު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާ އެއީ މިހާރުވެސް ރާއްޖެއަށް ގްރޫޕްގެ ދެވަނައިގައި އުޅޭއިރު ނޭޕާލްގެ މެޗުގެ ސަބަބުން ކުޅުންތެރިންނަށް ތަޖުރިބާވެސް ލިބިފައިވާކަމަށެވެ. ކޯޗް ބުނީ ނޭޕާލް މެޗުގައި ޓީމް ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހެނީ ޓީމަކީ އެއައްވުރެ ރަނގަޅު ނަތީއްޖާއެއް ނެރެވޭނެ ޓީމަކަށް ވާތީކަމުގައެވެ. ކޯޗްގެ ވާހަކައިގައި ޓީމް ނޭޕާލް މެޗުގައި ނެރުނު ނަތީޖާގެ ސަބަބުން އުއްމީދު ގެއްލުވާލައިގެން ނުވާނޭކަމަށާ އަދި ކުރިޔަށް ދެ މެޗެއް އޮތުމާއެކު ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް ފާހަގަކުރިއެވެ. މިއަދު އަފްގާނިސްތާނާ ބައްދަލްކުރާ މެޗާ ބެހޭގޮތުން ކޯޗް ބުނެފައިވަނީ މިއަދުގެ މެޗަކީ އުނދަގޫ މެޗަކަށް ވާނޭކަމަށާ އެއީ މެޗުން އަފްޣާނިސްތާން މޮޅުވާންޖެހޭތީކަމަށާ އޭގެ އިތުރުންވެސް އަފްޣާނިސްތާނަކީ ފިސިކަލީ ގޮތުންވެސް ރަނގަޅު ޓީމަކަށް ވާތީކަމުގައިއެވެ.
މިއަދު މެޗް ކުޅެވޭއިރު ޓީމުގެ މުހިންމު ކުޅުންތެރިޔެއް ކަމަށްވާ އަޝްފާންގެ ކަކުލަށް ވަނީ ނޭޕާލްއާ އެކު ކުޅުނު މެޗުގައި އަނިޔާއެއް ލިބިފައެވެ. މި އަނިޔާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ އަޑަށް މައުލޫމަތު ދެމުންޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ބުނީ އަޝްފާންގެ ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗެއްގައި ކުޅެވޭނެކަމަށް ލަފާ ނުކުރެވޭކަމަށެވެ.
ޓީމްގެ މެނޭޖަރ މައުރޫފް އަހުމަދު ބުނީ ޓީމުގެ ކުޅުން ކުރިޔަށް އޮތްތަކުގައި ރަނގަޅުވާނެކަމަށެވެ.

December 5, 2009

ސާޕް ޗެމްޕިއަން ޝިޕް: ރާއްޖެ އަދި ނޭޕާލް އެއްވަރުވެއްޖެ

ސާޕް ޗެމްޕިއަން ޝިޕް: ރާއްޖެ އަދި ނޭޕާލް އެއްވަރުވެއްޖެ
ސާފް ޗެމްޕިއަން ޝިޕްގައި މިއަދު ބަނގުލަދޭޝްގައި ކުޅުނު ރާއްޖެ، ނޭޕާލް މެޗް 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ދެޓީމްގެ ކުޅުންވެސް ދާދި ހަމަހަމަ ގޮތެއްގައި ފެނުނު މިމެޗްގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ރާއްޖޭގެ ޓީމް ބޯޅަ ހިފަހަށްޓައިގެން ކުޅުނަމަވެސް، ގޯލް ޖަހާނެ މާގިނަ ފުރުޞަތުތަކެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފަށް ބަލާއިރު، ރާއްޖެއަށް ގޯލް ޖަހަން ލިބިފައިވަނީ ދެ ފުރުޞަތެކެވެ.

އޭގެތެރެއިން މެޗްގެ ފުރަތަމަ ހާފްގެ 35 ވަނަ މިނިޓްގައި އަހުމަދު ތޯރިގް (ޓޮމް) ހުރަސްކުރި ބޯޅަ ޕެނަލްޓީ އޭރިއާގައި ހުސްކޮށް ހުރި އިބްރާހީމް ފަޒީލް (އޮއްޕޮ) ފޮނުވާލި ހަމަލާ ނޭޕާލްގެ ކީޕަރު ދިފާޢުކުރިއެވެ. ދެވަނަ ފުރުޞަތުގައި މުޙުތާރު (ޓޫކިލޯ) ޕެނަލްޓީ އޭރއާ ބޭރުން ޕެނަލްޓީ އޭރިޔާތެރެޔަށް ހުރަސްކުރި ބޯޅަ ޕެންލްޓީ އޭރިއާތެރޭގައި ހުސްކޮށް ހުރި ޓޮމް ކީޕަރު ގައިން ނައްޓާފައި މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެޔަށް ފޮނުވާލައިގެން ރާއްޖެއަށް ފުރަތަމަ ގޯލް ވަނީ ކާމިޔާބު ކޮށްދީފައެވެ.

ނޭޕާލުން އެއްވަރުކުރި ލަނޑު މެޗްގެ 82 ވަނަ މިނިޓްގައި ޖަހައިދިނީ ނޭޕާލްގެ ކުޅުންތެރިއަކު ހުރަސްކުރި ބޯޅައަކުން އެޓީމްގެ ޖުމާން ރާއީ އެވެ.

ރާއްޖޭގެ ޓީމު މިއަދު ކުޅުނު މެޗްގައި ޓީމްގެ ފެންވަރުގައި ކުޅެވިފައިނުވާކަން ކޮމަންޓޭޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދިހަމަ އެހެންމެ ފަހު ހާފްގައި ޓީމަށް ގެނެއި ބައެއް ބަދަލުތަކާމެދުވެސް ސަޕޯޓަރުން ދަނީ ފާޑުކިޔަމުންނެވެ. .

December 1, 2009

މާދަމާ ކުޅޭނެ ދަނގަޑޭ އެއް އުފެއްދޭނެ ގޮތެއް ހޯދަންޖެހެއެވެ

މާދަމާ ކުޅޭނެ ދަނގަޑޭ އެއް އުފެއްދޭނެ ގޮތެއް ހޯދަންޖެހެއެވެ
--------------------------


-------------------------

މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. ސަޕޯޓަރުން ދަނޑަށް ނުވަންނަ ވާހަކައެވެ. ޓީމުތަކުގެ މާލީ ހާލަތު ދަށްވާހަކައެވެ. ސަރުކާރުން ކުރިން ޓީމްތަކަށް ވަމުން އައި ފައިސާގެ އިތުރު އެހީތައް ދިނުން ހުއްޓާލާ ވާހަކައެވެ. ޓީމުތަކުގެ ވާދަވެރި ކުޅުމަށް ނޭދެވޭ އަސަރު ތަކެއް ކޮށް، ކުޅުމުގެ ފޯރި ކެނޑޭ ވާހަކައެވެ.

ދިވެހި ފުޓްބޯޅައާއި މެދު ތަފާތު ފާޑު ކިއުންތަކެއް ރައްދު ވެފައިވަނިކޮށް، މިހާރު އަނެއްކާވެސް މިވަނީ އެހުރިހާ ވާހަކަތަކާއި ކުލަވަރުތައް މުޅިން ހެން ބަދަލުވާން ފަށާފައެވެ. އާއެކެވެ. މީކީ މާޒީގެ އަނދިރިކަން ހަނދާން ކުރަންވީ ވަގުތެއް ނޫނެވެ. އެއްމެން އެކަތިގަނޑަކަށްވެ އުޖާލާ ކުރިމަގެއް ލިބޭތޯ ދުރާލާ ވިސްނާ އަމަލުކުރަން ފަށައިގަންނަންވީ ވަގުތެވެ

މާތް ﷲ އިރާދަކުރެއްވިޔާ މިފަހަރުވެސް މިސަރަހައްދުގެ ތަށި ބަހައްޓާނީ މި ފަސްގަނޑުގައެވެ. އެކަމަކު ކުރިމަގަށްޓަކައި ރަނގަޅު ރޭވުންތެރި ކަމެއް ބެނުންވެއެވެ. މިހާރަކު އިއްސެ (މެސީ) ، ސޮބާ، އަލީ އުމަރު، އޮއްޕޮ މެންފަދަ ދަރިންތަކެއް އުފެދިގެންދިޔަ ވާދަވެރި އިންޓަރ ސްކޫލް މުބާރާތެއް ނެތެވެ. މާދަމާ ކުޅޭނެ ދަނގަޑޭ އެއް އުފެއްދޭނެ ގޮތެއް ހޯދަންޖެހެއެވެ. މިއަދު މިދެކޭ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ އިއްޔެގެ މަސައްކަތެވެ. މިއަދުގެ މަސައްކަތް ފެންނާނީ މާދަމާކަން ހަނދާން ކުރަން ވާނެއެވެ

އަޅުގަނޑުމެންގެ ޓީމުތަކައް ފައިސާ ވަންނާނެ އިތުރު ގޮތްތައް މިވަނީ ހޯދަން ޖެހިފައެވެ. ދިވެހި ފުޓްބޯޅަ އަކީ ހަމަ އެކަނި ގަލޮޅު ބޯޅަ ދަނޑުގައި ކުޅެވޭ ކުޅިވަރަކަށް ނުހަދައި، މުޅި ރާއްޖޭގެ ، އެއްމެންގެ ބައިވެރިވުން ލިބޭނެ ގޮތަކަށް މިހާރަށްވުރެ އިތުރަށް ހުޅުވާލެވިގެން ބޭއްވޭ ކުޅިވަރަކަށް މިވަނީ ހަދަން ޖެހިފައި ނޫންތޯއެވެ؟ މިއަށްވުރެ ފުޓް ބޯޅައިގައި ކުރިއަށް ދެވޭނީ، ރާއްޖެ ތެރެއިން މާލެ އަންނަ ޓީމުތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ހަމަޖައްސައި ދެވިގެން ނޫންތޯއެވެ؟

މިއީ ދިވެހި ފުޓް ބޯޅަ ކުރިއަށް ގެނދިއުމަށް އަޅުގަނޑަށް ފެންނަ ޙިޔާލެކެވެ. ތިބޭފުޅުންގެ ޙިޔާލަކީ ކޮބަތޯއެވެ

November 23, 2009

ސާފްގޭމްސްއާއި ސާފު ޗެންޕިއަންޝިޕަށް ތަރުހީބުދިނުމަށާއި ފައިސާހޯދުމަށްހިންގި ހަރަކާތަށް ތިންލައްކަ ތެއްތިރީސް ހާހަށްވުރެގިނަރުފިޔާލިބިއްޖެ- އެމް އެން ބީ ސީ

ސާފްސް ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބުދީ މާލީގޮތުން އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ފެށި ހާއްޞަ ޕްރޮގްރާމަށް ދިވެހި ރައްޔިތުންގެ ފަރާތުން ތިންލައްކަ ތެއްތިރީސް ހާސް ތިން ސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި ލިބިފައިވާ ކަމަށް އެމް.އެން.ބީ.ސީން ހާމަކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފެށުނު މި ޕްރޮގްރާމްތައް ކުރިއަށްދިޔައިރު އެސް.އެމް.އެސް މެދުވެރިކޮށާއި، އަދި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި މިކަމަށްޓަކާ ބެހެއްޓިފަހި ހުރި ހާއްޞަ މޭޒުތަކަށް ޒިޔާރަތްކޮށް ސާފް ގޭމްސްގައި ބައިވެރިވާ ޤައުމީ ޓީމްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށްވެސް އޮތީ ހުޅުވާލެވިފައެވެ. އެމް.އެން.ބީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ އެމް.އެން.ބީ.ސީ މެދުވެރިކޮށް ދިވެހި ރައްޔިތުން ރާއްޖޭގެ ގައުމީ ޓީމްތަކަށް މިދެއްވި ހަދިޔާ ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުމަށްޓަކައި ކުޑަ ހަފްލާއެއް ބާއްވާނެ ކަމުގައެވެ. އެމް.އެން.ބީ.ސީގެ ހަތަރު ޗެނަލް ކަމުގައިވާ ޓެލަވިޝަން މޯލްޑިވްސްއާއި، ދިވެހި ރާއްޖޭގެ އަޑު، ރާއްޖެ އެފް.އެމް، އަދި ޔޫތް ޓީވީން މިދިޔަ ހޮނިހިރުދުވަހު ފެށި މިހާއްސަ ޕްރޮގްރާމްތައް ނިމުނީ ރޭ މެންދަމު ބާރަޖެހިއިރުއެވެ.

November 21, 2009

ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފަށަނީ

ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފަށަނީ

ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ، މާލީ ގޮތުން އެޓީމްތަކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިންގް ކޯޕަރޭޝަން އިން ބުނެފިއެވެ. އެމް.އެން.ބީ.ސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ މިއަދު ހެނދުނު އަށެއްޖަހާއިރު ހާއްސަ ރަސްމިއްޔާތަކާއި އެކު ފަށާ މި ހާއްސަ ޕްރޮގްރާމްތައް ކުރިއަށްދާއިރު އެސް އެމް އެސް މެދުވެރިކޮށާއި އަދި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި މިކަމަށްޓަކާ ބެހެއްޓިފަހި ހުނަންނަ ހާއްސަ މޭޒުތަކަށް ޒިޔާރަތްކޮށް ސާފް ގޭމްސް ގައި ބައިވެރިވާ ޤައުމީ ޓީމްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮސްދިނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށް ވެސް ހުޅުވާލެވޭނެކަމަށެވެ.އަދި މީގެ އިތުރުން ބޭނުންކޮންމެ ފަރާތަކަށްވެސް ޤައުމީ ޓީމް ތަކާއި މެދު އެފަރާތްތަކުގެ ހިތުގައި އުފެދިފައިވާ ޝުޢޫރާއި ޖޯޝް ހާމަކޮށްދިނުމުގެ ފުރުޞަތު އެމް.އެން.ބީ.ސީގެ ހަތަރު ޗެނެލް މެދުވެރިކޮށް ހުޅުވާލާނެކަމަށްވެސް އެމް.އެން.ބީ.ސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވިއެވެ.މި ހާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު އަށަކުން ފެށިގެން މާދަމާ ރޭ ބާރަ ޖެހުމާއި ހަމައަށެވެ.

November 15, 2009

ބަޙުރައިން ލީގުގެ އެއްވަނައިގައި އުޅޭ ޓީމާ ބައްދަލުކުރިމެޗުން ރާއްޖެ ބަލިވެއްޖެ

ބަޙުރައިން ލީގުގެ އެއްވަނައިގައި އުޅޭ ޓީމާ ބައްދަލުކުރިމެޗުން ރާއްޖެ ބަލިވެއްޖެ

ބަޙުރައިން ލީގުގެ އެއްވަނައިގައި އުޅޭ "އަލްރިފާ" ޓީމާ ބައްދަލުކުރިމެޗުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ. މި މެޗުން ރާއްޖޭގެ ޓީމް ބަލިވެފައިވަނީ ފަސްލަނޑު އެއްލަނޑުންނެވެ. މިހާތަނަށް ބަޙުރައިނުގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ މިޓީމާ ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރިމެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ޖަހާފައިވަނީ އަޙްމަދު ރަޝީދުއެވެ. ގައުމީޓީމާއެކު ބަޙުރައިނުގައިހުރި ދިވެހިރާއްޖޭގެއަޑުގެ ރިޕޯޓަރ ޚަބަރުދޭގޮތުގައި، ބަޙުރައިންގައި ރާއްޖޭގެ ގައުމީ ޓީމު ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅޭނީ މާދަމާއެވެ. އެ މެޗުގައި ގައުމީޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ "އަލް އަޚްލީއާ" ކިޔާ ޓީމަކާއިއެކުއެވެ
..
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino