Showing posts with label ކުއްލިހަބަރު. Show all posts
Showing posts with label ކުއްލިހަބަރު. Show all posts

February 23, 2010

އަންނަ މަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކޮށް ޤަވާއިދު އާންމުކޮށްފި

އަންނަ މަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކޮށް ޤަވާއިދު އާންމުކޮށްފި

.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅުހަދަމުން ދަނިކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދޭ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

.

މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި މި ގަވާއިދު އެންމެ ފުރަތަމަ ނެރުނީ ހުސްވި އަހަރުގެ ނޮވެމްބަރު 9ގަ އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވާން ފެށުމުން، ނޮވެމްބަރު 14، 2009 ގައި އެ ގަވާއިދު ވެބްސައިޓުން ނަގައި އެއަށް އަމަލުކުރުން ފަސްކުރީ، ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަމަށް ބުނެ އެވެ. އެ ފަހަރު މި ގަވާއިދަށް އަމަލުކުރާން ނިންމާފައި އޮތީ ނޮވެމްބަރު 15، 2009 ން ފެށިގެންނެވެ.

.

ޤަވާއިދު ބުނާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކުގެ ތެރެއިން މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެ އެވެ.

.

މި ޤަވާއިދުގެ ދަށުން ބައިނަލްއަގްވާމީ އެއާޕޯޓުތަކުގެ ޑިޕާޗާ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކުރާ ބާތަކަށާއި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާތަކުގައި ވެސް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއެވެ.

.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާ ދެކޮޅަށް 80 އަށް ވުރެ ގިނަ ޖަމިއްޔާ، ޖަމާއަތްތަކުން ތެދުވެފައިވެ އެވެ. އަދި މިކަން ހުއްދަ ނުކުރުމަށް ގޮވާލައި 1000 މީހަކު ރައީސް ނަޝީދަށް ސިޓީ ހުށަހަޅާފައިވެ އެވެ. ނަމަވެސް ރައީސް ނަޝީދު މި ސިޓީތަކަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ

December 10, 2009

އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި.

މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.މި ޕާޓީތައް ޖޫރިމަނާކުރީ އޯޑިޓް ރިޕޯޓު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓްތަކަކީ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ މަތިން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓެއްކަމަށް ބަލައިގަނެވެން ނެތުމުން، ކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. މިގޮތުން، ޖޫރިމަނާކުރި ހަތްޕާޓީއަކީ، ޕީޕަލްސް ޕާޓީއާއި، ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހި ރައްޔިތުންގެ ޕާޓީއާއި، ޢަދާލަތު ޕާޓީއާއި، ޤައުމީ އިއްތިހާދާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީ. މި ހަތް ޕާޓީން ކުރެ ކޮންމެ ޕާޓީއެއް ވިހިހާސް ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި މޯލްޑިވިއަން ނެޝެނަލް ކޮންގްރެސްއާއި މި ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއެއް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކެވުމަށްވެސް މި ނުވަ ޕާޓީއަށް މިއަދު އަންގާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ..

December 6, 2009

ސ.މަރަދޫ ކަޅިދިއްފަރާތު މޫދުގަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސ.މަރަދޫ ކަޅިދިއްފަރާތު މޫދުގަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސ.މަރަދޫ ކަޅިދިއްފަރާތު މޫދުގަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މިއަދު ގާތްގަނޑަކަށް 14:15 ހާއިރު މޫދުގައި މަރުވެފައި އޮއްވާފެނުނު މީހަކީ ސ.މަރަދޫ / ގަނދަކޯޅިގެ އުމުރުން 26 އަހަރު މޫސާ ޖިނާއެވެ.
މީހަތަނަށް ބެލިބެލުމުން މީނާއަކީ ރޭގެ ވަގުތެއްގައި މަސްބާނަން ދިޔަ މީހެއްކަމަށް މަޢުލޫމާތުލިބިފައެވެ.

މިހާދިސާ ސ.ގަން ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤްކުރަމުންނެވެ.

September 28, 2009

ކުއްލި ހަބަރު

ނ. ލަންދޫ ޗަބޭލީގޭ ސައީދު އިބުރާހިމް ރަސީދު ( ޖައުފަރު ސައީދު ) ގެއްލިގެން ހޯދަން މުޅިރަށައް ދާދި ދެންމެއަކު ރަށުއޮފީހުން އިއުލާން ކޮށްފި
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino