Showing posts with label ފިލްމީ. Show all posts
Showing posts with label ފިލްމީ. Show all posts

December 2, 2009

އެންމެ ބޮޑު ފާޑުކިޔުންތެރިޔަކީ ބައްޕަ: ރަންބީރު

އެންމެ ބޮޑު ފާޑުކިޔުންތެރިޔަކީ ބައްޕަ: ރަންބީރު






އޭނާގެ އެކްޓް ކުރުމުގެ ހުނަރަށް އެންމެ ބޮޑަށް ފާޑު ކިޔަނީ ބައްޕަ ރިޝީ ކަޕޫރު ކަމަށް، ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ.

"ބައްޕަ އަކީ އެ ކަމެއް އެ އޮންނަ ގޮތަކަށް ސީދާ ބުނެލަން ކެރޭ މީހެއް. އެހެންވީމާ ހަގީގަތުގައި ވަރަށް އުފާވޭ. އަހަރެންނަށް ހެދޭ ގޯސްތައް ރަނގަޅު ކޮށް، ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ،" ރަންބީރު ބުންޏެވެ.

އޭނާ ބުނީ ބައްޕައާ ޚިލާފަށް މަންމަ ނީޓޫ ސިންގަކީ މުޅިން ވެސް ތައުރީފު ކުރާ މީހެއް ކަމަށެވެ.

"މަންމަގެ ދުލުން އަބަދު ވެސް ބޭރުވާނީ ޕޮޒިޓިވް ކޮމެންޓްތައް. ވަރަށް ހިތްވަރުދޭ މަންމަ ވެސް،" ރަންބީރު ބުންޏެވެ.

ޕްރިޔަންކާ ޗޯޕްރާ އަނެއްކާ ވެސް ޒަޚަމް ވެއްޖެ

ޕްރިޔަންކާ ޗޯޕްރާ އަނެއްކާ ވެސް ޒަޚަމް ވެއްޖެ






ޕްރިޔަންކާ ޗޯޕްރާ


ފިލްމް ޝޫޓިންއެއްގައި އުޅެނިކޮށް ޕްރިޔަންކާ ޗޯޕްރާ އަނެއްކާ ވެސް ޒަޚަމް ވެއްޖެ އެވެ.

ތައިލެންޑްގެ ޕަޓާޔާ ޖަޒީރާގައި "އަންޖާނީ އަންޖާނީ"ގެ މަންޒަރެއް ކުޅެނިކޮށް މޫދު ތެރޭގައި އޮތް ގަލަކަށް އެރިފައި ޕްރިޔަންކާގެ ފައިފުރޮޅުނީ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން އެއްވެސް ޒަޚަމެއްވީކަން އެނގިފައެއް ނުވެ އެވެ.

ބޭހެއް އުނގުޅުމުން މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށް ބޮލީވުޑް ރިޕޯޓްތައް ބުނެ އެވެ. އަދި ޝޫޓިން ވެސް ފަހުން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ވެ އެވެ.

"އަންޖާނީ އަންޖާނީ"ގައި ޕްރިޔަންކާ ހަރަކާތްތެރިވަނީ ރަންބީރް ކަޕޫރާއެކު އެވެ.

ޕްރިޔަންކާ ކުރިން ވަނީ "ޑްރޯނާ"ގެ މަންޒަރެއްގައި އަމިއްލަ ސްޓަންޓެއް ހަދަން އުޅެގެން ޒަޚަމްވެފަ އެވެ. އަދި "ކަމީނޭ"ގައި ސައިކަލް ސްޓަންޓެއްގައި ވެސް ވަނީ ވެއްޓި ޒަޚަމް ވެފަ އެވެ.

December 1, 2009

"ޓްވައިލައިޓް"ގެ ދެ ތަރިން އުޅެނީ ރައްޓެހިވެގެން: ރިޕޯޓް





ރޮބަޓް ޕެޓިންސަން އަދި ކްރިސްޓަން ސްޓުއާޓް


މަޝްހޫރު ވެމްޕަޔާ ފިލްމް "ޓްވައިލައިޓް"ގެ ދެވަނަ ބައި "ނިއު މޫން" މި މަހު 20 ގައި ރިލީޒް ކުރާއިރު، ފިލްމްގެ ދެ ޒުވާން ތަރިން ކަމަށްވާ ރޮބަޓް ޕެޓިންސަން އާއި ކްރިސްޓަން ސްޓުއާޓް އުޅެނީ ރައްޓެހިވެގެން ކަމަށް، ނިއު ޔޯކް ޑެއިލީ ނޫހުން ބުނެފި އެވެ.

އެ ނޫހުން މިހެން ބުނެފައި ވަނީ ތަހުގީގީ ރިޕޯޓެއް މި ދިޔަ މަހު ކުރިއިރު، އެތައް ކަމެއް "ފަޅާއެރުމުން" ކަމަށް، ރިޕޯޓްގައި ބުނެފައިވެ އެވެ. އެ ގޮތުން ހޮޓަލެއްގައި ދެ ޒުވާނުން އެކުގައި އެއް ރޭ ހޭދަކުރިކަމުގެ ހެކި ވެސް އެބަހުރި ކަމަށް، ނިއު ޔޯކް ޑެއިލީ ނިއުސް އިން ބުންޏެވެ.

މި ނޫހުން މިހެން ބުނެފައި ވަނީ ފަހަކަށް އައިސް މި ކަހަލަ އަޑުތަކެއް އަރައިފައި ވަނިކޮށެވެ. ނަމަވެސް ޒުވާން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ މި ދެ ޒުވާނުން ބުނެފައި ވަނީ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ނޫން ކަމަށެވެ. އެ ގޮތުން މި ހަފުތާގެ ތެރޭގައި ނުކުންނަ "ވެނިޓީ ފެއަރ" މަޖައްލާއަށާއި މި މަހު 17 ގައި ނުކުންނަ "ބާޒާރް" މަޖައްލާ އަށް ދީފައިވާ އިންޓަވިޔުގައި ވެސް ބުނެފައި ވަނީ ރައްޓެހިވެގެން ނޫޅޭ ކަމަށެވެ.

ނިއު ޔޯކް ޑެއިލީ ނޫހުން ބުނީ މި ފަދަ ބޮޑު ދޮގެއް ދެ މީހުން ހަދައިގެން، ނޫސްތަކަށް އެ ގޮތަށް އިންޓަވިޔު ދީގެން އުޅެނިކޮށް، އެކަން ފަޅާއެރުމުން ފޭނުންގެ މެދުގައި ދެ މީހުންގެ ބަހުގެ އިތުބާރު ގެއްލޭނެ ކަމަށެވެ
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino