Showing posts with label ޅެންވެރިކަން. Show all posts
Showing posts with label ޅެންވެރިކަން. Show all posts

March 2, 2010

ޅެން މާނަކުރުން

ޅެން މާނަކުރުމަކީ ޅެމުގައި ބުނާ ވާހަކައެއް އަމިއްލަ ޢިބާރާތުން ކުރުގޮތަކަށް ބުނެދިނުމެވެ.

ޅެން މާނަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް

ޅެންބައިތުގައި ބުނާ ވާހަކަތައް، ޅެމުގެ ވަޒަން ދޫކޮށް އަމިއްލަ ޢިބާރާތުން ގެނައުން.

މާނަފުން ލަފުޒުތައް ތިލަ ޢިބާރާތުން ގެނައުން.

ޅެންބައިތުތަކުގައި ދައްކާ ވާހަކަތަކުގެ ތަފްޞީލަށް ނުދިއުން.

މިސާލު

ނަތީޖާވެދާނޭ ފަހުންމާ ނުރައްކާ

ވަށައިގެން ކިޔާތީހެ ލަވަ ރީތި މޮޔައިން

ނަށައިގަންނަނީ ދަޅަތަކަށް ދުނިޔެ ދައްކާ

ޔަޤީންކަން ދެނީ ފެންނަ ހުވަފެންތަކަށްހޭ

ޙަޤީޤަތް ނުފިލިޔަސް އެއިން ވަހުމު ޝައްކާ

ވަނީނަމަ ލިބެން ތިޔަ ހިލޭ ކޮންމެ ބުއިމެއް

ދަނީ ފިލުވަމުންހޭ ހިކުން ކަރު އެހިއްކާ

މިދުނިޔޭގެ ދަހިވެތިކަމަށް ހެއްލެމުންގޮސް

ދެދުނިޔޭން އެކީ ގެއްލެނީހޭ އަނެއްކާ

ނެތިއްޔާ ތިމާ ވިސްނުމެއް ޢަމަލުތަކުގައި

ނަތީޖާ ވެދާނޭ ފަހުން މާ ނުރައްކާ

މާނަ

ދުނިޔެދައްކާ ދަޅަތަކަށް ތިޔަ ނަށައި ނަގަނީ ވަށައިގެން ތިބެ މޮޔައިން ރީތި ލަވަތައް ކިޔާތީހެއްޔެވެ؟ ޙަޤީޤަތް އޮޅުން ނުފިލިޔަސް ޝައްކާއި ވަހުމުގައި ހުރެ ޔަޤީންކަން ތިޔަދެނީ ތިމާއަށް ފެންނަ ހުވަފެންތަކަށް ހެއްޔެވެ؟ ލިބޭ ކޮންމެ ބުއިމެއް އެއީ ހިލޭ ލިބޭ ބުއިމެއްނަމަ، އެއިން ތިމާގެ ކަރުހިއްކާ ހިއްކުން ފިލުވަނީ ހެއްޔެވެ؟ މިދުނިޔޭގެ ދަހިވެތިކަމަށް ހެއްލެމުންގޮސް އަނެއްކާ ދެ ދުނިޔެއެކީ ގެއްލެނީ ހެއްޔެވެ؟ ތިމާ ކުރާ ކަންކަން ވިސްނައި ނުލައި ކުރަންޏާ ފަހުން، އާޚިރުގައި ނަތީޖާ މާ ނުރައްކާ ވެދާނެއެވެ.

November 23, 2009

ނުވޭ ދާހިތެއް މަ އިސްކޫލަކަށް

ނުވޭ ދާހިތެއް މަ އިސްކޫލަކަށް





އިވޭ ބަންގި އާއެކު އެދުން ތުދުކުރަން
އިވޭނޭ ގޮވާއަޑު ހަޅޭއްވެސް ލަމުން
އޮވޭހޭ ނިދަން ދެފައި ދަމަމަމުން
ނުވޭ ދާހިތެއް އަދު މައިސްކޫލަކަށް

ފިނިން ގޮސް އެހާ ފިނި ފަތިހު ފެންވަރަން
ނިދިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނުން
އެއީ އަޅެ މަށަށްވާ ކަމެއް ނޫން ކަމުން
ނުވޭދާހިތެއް އަދު މައިސްކޫލަކަށް
މިގޭގައިކިރެއްނެތް މަބޯލީ "ކަޅަށް"
އެގޭން ހޯދި ރޮށްޓެއް ހަފާލީ ހުހަށް
އެނގޭހޭ މަހުންނަން ޖެހޭނީ ބަނޑަށް
ނުވޭދާހިތެއް އަދު މައިސްކޫލަކަށް

މަސައްކަތް ހަދަން ދިން ނުނިންމާ ގެއަށް
މަސައްކަތް އިތުރު ޖެއްސިއޭ ގިނަ މަށަށް
ހިތަށް އެބައަރާއަދު ފިލަން ވަދެ ވަލަށް
ނުވޭދާ ހިތެއް އަދު މަ އިސްކޫލަކަށް

November 21, 2009

ކިބުރުވެރި މާކަނާ


ކިބުރުވެރި މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން ހިތްވަރު ކުރޭ އެބަ މާކަނާ
ކަނޑުފަޅުގެ ރާޅާ ހޫނުގައި އެއްޗެއް ނުކައި ވާއިރު ހަނާ
ބަންބަންޖަހާފައި ރާޅުތައް އައިސް ތޮށިމަތީ ހުރިގާތަކަށް
ޑަންޑަންކިޔާ ޖެހިއަސްގަޔަށް އިންތާ އިނދޭ އެބަމާކަނާ
ފައިކައިރިއަށް ލަނޑަޔާ ހިކާ އަދި ރާޅުބާ އައިސް އުޅުނަކަސް
ގައިގައި އައިސް ތެޅުނަސް ބަލާނުލަތޭ ކިބުރުވެރި މާކަނާ
ކަޅުއޮށްތަކާއި އަދި ފިލޮޅުތައް މުށިމަސްތަކާ ގިނަ ފާނަތައް
އަޅުދާސްވެގެން އައިސް ތިއްބަކަސް ތުންވެސް ނުޖަހައޭ މާކަނާ
ގުރުވާ ނިކަން ދުރުގަލަކުގައި ދުރުމީ އަޅައިގެން އިނދެބުނީ
ފަރުދާވެގެންނޭ މަމިހުރީ ނުޖެހޭނެ ތުނބުގައި މާކަނާ
ގުރުވައިގެ މަސް ދެންނުލިބިގެން އަސުރަށްވުރެން އިރުދަންވުމުން
ހިރިލާނެވަރު ނެތިގެން މަޑުންއެރި އެއްގަމަށް އެބަމާކަނާ
ކުދިކުދި ކޮކާ މޫނަށްބުރާ ތަންދޮރު މިކުޑަވާގޮތް ވުމުން
ކުނިދެންވެފައި އޮތްމީދަލެއް ކައިގެންވިޔޭ މަރު މާކަނާ
ގޮތްދޫނުކުރެވޭ މީހުނާމެދު ހާލުހުރި ގޮތަކީ މިއޭ
އޮތްގޮތް މިއީކަން ގިނަފަހަރު ލަސްކަރުގެ ވިސްނާ މާކަނާ

September 16, 2009

ރައިވަރު 2

ނަސޭހަތުގެ ރައިވަރެއް

ނާސަގިނަ ޙަމްދުތައް

ރާއިޝުކު ތަޢުރީފުތައް

ލާނގެ ކައިތުރު ޙަޟްރަތަށް

ދާއަކޮށް ގިނައިން އެތައް

ވާހަކަކިވެރި ކޮޅެއްމެތިއަ

ޅާމިސްކީނު ނިކަމެތިއަ

September 10, 2009

ރައިވަރު 1









ގެންނަމާދުކޮށް ފަސް
ގެން އުޅެނިކޮށް އިލްމު ދަސް
ގެން އަހާ މައި ބަފާ ބަސް
ގެން ހަދުމަކޮށް ފަހު ދުވަސް
ގެން ހުސްވެ ފިތު އެވާ ނަތަށް
ގެން އެދި ދާން ޖަންނަތަށް
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino