| އެހެންޤައުމުތަކަށް ހަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ހަމަލާދީފައި ސަލާމަތްވާނެކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އިންޒާރުކުރައްވައިފި |
އެހެންޤައުމުތަކަށް ޙަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ޙަމަލާދީފައި ސަލާމަތްވާނެ ކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް އިސްރާއީލަށް އިންޒާރު ކުރައްވައިފިއެވެ. އިސްރާއީލާ އަވަށްޓެރި ސޫރިޔާގައި ވާހަކަ ދައްކަވަމުން ނެޖާދް އިސްރާއީލަށް ގޮވާލެއްވީ ކުރިން ހެދި ގޯސްތައް އަލުން ތަކުރާރު ނުކުރުމަށެވެ. މިގޯސްތައް އަލުން ތަކުރާރުކޮށްފިނަމަ އިސްރާއީލުގެ އަޖަލު ޖެހިދާނެކަން ދަންނަންޖެހޭނެ ކަމަށްވެސް ނެޖާދް ވިދާޅުވިއެވެ. އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށްބުނެ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. އަދި އީރާން އިނދަޖައްސާލަފަދަ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޤައުމާ ދެކޮޅަށް އެޅުމަށް ދުނިޔޭގެ ތާޢީދު ހޯދުމަށްވެސް އިސްރާއީލު ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. |
February 26, 2010
އެހެންޤައުމުތަކަށް ހަމަލާދީފާ ސަލާމަތްވިގޮތަށް އީރާނަށް ހަމަލާދީފައި ސަލާމަތްވާނެކަމަށް ހީނުކުރުމަށް އީރާނުގެ ރައީސް އިންޒާރުކުރައްވައިފި
December 2, 2009
އައްޑު އަތޮޅުން އިއްޔެ ފެނުނު ކުޑަ މަސްބޯޓަކީ ހާލުގައިޖެހިފައިވާ ސޯމާލިއާގެ މަސްބޯޓެއް ކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއްޖެ
December 1, 2009
ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރިއާ ދެކޮޅަށް ބޮލީވުޑުން ކެމްޕެއިން ފަށައިފި
![]() އަބިޝެކް އަދި އަމީތާބް |
އެމެރިކާގެ އެމްބެސެޑަރު މެލަނީ ވަރވިއަރ އާއި ފިލްމް ޕްރޮޑިއުސަރު ފީރޯޒް ނަދިއަދްވާލާ އަދި ވިޒްކްރާފްޓް އިންޓަނޭޝަނަލް އެންޓަޓެއިންމެންޓް ކުންފުނިން ފެށި "އަގެއިންސްޓް ޗައިލްޑް ޓްރެފިކިންގ" (އޭސީޓީ)ގައި މިހާރު ވަނީ ބޮލީވުޑް ތަރިން ކަމަށްވާ އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން، ޕްރިތީ ޒިންތާ، ޝަބާނާ އަޒްމީ، ކެތްރީނާ ކައިފް އަދި ސުނިލް ޝެޓީ ވެސް ބައިވެރިވެފަ އެވެ.
"ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރި އަށް ބައެއް މީހުން ކިޔަނީ 'ބޮންޑަޑް ލޭބަރ'. ކޮންމެ ނަމެއް ކިޔަސް މިއީ ހަމަ އަޅުވެތިކަން. މި ޒަމާނުގައި އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެ އަޅުވެތިކަމުގައި އުޅެގެން ނުވާނެ،" އަމީތާބް ބުންޏެވެ.
އޭނާގެ ދަރިފުޅު އަބިޝެކް ބުނީ ކުޑަކުދިންނާއި އަންހެނުންނާއި އަދި ފިރިހެނުން ވެސް އަޅުންގެ ގޮތުގައި މިހާރު ގެންގުޅުމަކީ ދުނިޔޭގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު އެއް ޖަރީމާ ކަމަށެވެ.
"މިއީ ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނުވަތަ ވަކި ފިކުރަކަށް ޚާއްސަ ވެގެން ވާ ކަމެއް ނޫން. މިއީ ދުނިޔޭގައި މިހާރު އަށަގަންނަމުންދާ ބޮޑު ބަލިމަޑުކަމެއް،" އޭނާ ބުންޏެވެ.
November 30, 2009
ރުވަންޑާ އަކީ ކޮމަންވެލްތު ގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖައްސައިފި.
ރުވަންޑާއަކީ މިހާރު ކޮމަންވެލްތުގެ ފަންސާސް ހަތަރު ވަނަ މެމްބަރެވެ.
މިކަން އިއުލާނު ކޮށްފައިވަނީ ކޮމަންވެލްތުން ކޮންމެ އަހަރަކު ދެފަހަރު ބާއްވާ ސަމިޓު ބައްދަލު ވުމުގެ މިއަހަރުގެ ބައްދަލުވުމުގައެވެ.
ކޮމަންވެލްތުގައި ގިނައިން ހިމެނެނީ ކުރީން އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ތިބި ގައުމުތަކެވެ.
ރުވަންޑަ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖެހުމުން އެކަން ފެނިގެންދަނީ ރުވަންޑާއިންމިހާރު އެގައުމުގެ ލޭއޮހޮރުވުންބޮޑު ތާރީޚުގެ ތެރެއިން އަރައިގަނެވިއްޖެ ކަމުގައި ކަމަށް ހަބަރުތައްބުނެއެވެ.
ރުވަންޑާގެ އިންފޮމޭޝަން މިނިސްޓަރު ލުއީސް މުޝިކިވާބޯ ވިދާޅުވިގޮތުގައި އެގައުމުން ދެކެނީ ރުވަންޑާ ކޮމަންވެލްތުގެ ގައުމަކަށްވީ އެގައުމުން ފަހަކަށް އައިސް ހޯދާފައިވާ ކުރިއެރުމުގެ ސަބަބުންނެވެ.
ރުވަންޑާ ކޮމަންވެލތުގެ ގައުމަކަށްވީ އެގައުމާ ފަރަންސޭސިވިލާތާއި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމު ކުރުމަށް ނިންމި ދުވަހުވެސްމެއެވެ. މިދެގައުމުގެ ދެމެދުގައި ގުޅޫން ކެނޑުނުތާ މިހާރު ވަނީ ތިން އަހަރު ވެފައެވެ.
ނަވާރަސަތޭކެ ނުވަދިހަ ހަތަރު ވަނަ އަހަރު އަށްޑިހަ ހާސް މީހުން މަރާލައި ހިނގި ގަތުލު އާއްމަކަށް ފަހު ކިގާލީ އިން މަސައްކަތް ކޮށްފައި ވަނީ އިގްތިސާދު ބިނާކޮށް ސިޔާސީ ހަމަޖެހުން ގެނެވޭތޯއެވެ.
ކޮމްންވެލްތު ގުރޫޕުގެ އެންމެ އިސް ފަރާތަކަށް ހުންނަވަނީ އިނގިރޭސި ރާނީއެވެ
އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށްޓަކައި އިތުރު ދިހަތަން ހެދުމަށް އީރާނުގެ ސަރުކާރުން އެގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ ޖަމްއިއްޔާއަށް އަންގައިފ
| އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށްޓަކައި އިތުރު ދިހަތަން ހެދުމަށް އީރާނުގެ ސަރުކާރުން އެގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ ޖަމްއިއްޔާއަށް އަންގައިފިއެވެ |
| |
އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށްޓަކައި އިތުރު ދިހަތަން ހެދުމަށް އީރާނުގެ ސަރުކާރުން އެގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ ޖަމްއިއްޔާއަށް އަންގައިފި ކަމަށް އީރާނުގެ ހަބަރުތައް ބުނެއެވެ. އީރާނުގެ ރަސްމީ ނޫސްއޭޖެންސީ ބުނިގޮތުގައި ޔުރޭނިއަމް މުއްސަދި ކުރުމަށްޓަކައި ހަދާ ފަސްތަނެއް އަޅާނެބިން މިހާރު ވަނީ ކަނޑައަޅާފައިވެއެވެ. އަދި އެތަންތަން ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭ ފެށޭނެއެވެ. އަނެއް ފަސް ތަންވެސް އަޅާނެ އެކަށީގެންވާ ސަރަހައްދުތައް ކަނޑައެޅޭނެކަމަށް އެނޫސް އޭޖެންސީންބުނެއެވެ. އީރާނުން މިކަން އިއުލާނު ކޮށްފައިވަނީ ރައީސް އަހުމަދީން ނެޖާދު ރިޔާސަތުގައި އިންނަވައިގެން ބޭއްވެވި ކެބިނެޓް ބައްދަލު ވުމަކަށްފަހުއެވެ. |
November 26, 2009
| ސައޫދީ އަރަބިއްޔާއަށް ކުރި ގަދަ ވިއްސާރައިގައި 48މީހުން މަރުވެއްޖެ. |
| |
ސައޫދީ އަރަބިއްޔާއަށް ކުރި ގަދަ ވިއްސާރައިގައި ސާޅީސް އަށް މީހުން މަރުވެފައިވާކަމަށް ޚަބަރުތައްބުނެފިއެވެ. މިމީހުން މަރުވެފައިވަނީ ޖިއްދާއާއި މައްކާއިންނެވެ. އެއީ ޖިއްދާއިން ސާޅީސް ހަތަރު މީހުން އަދި މައްކާއިން ހަތަރު މީހުން. ނުވަސަތޭކަ މީހުން ސަލާމަތްކުރެވިފައިވާކަމަށްވެސް ޚަބަރުތައްބުނެއެވެ. |
November 22, 2009
މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ- ސައުދީ ސިއްހަތާބެހޭ ވުޒާރާ
| މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ- ސައުދީ ސިއްހަތާބެހޭ ވުޒާރާ |
| |
| މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ޙައްޖަށްދިޔަ މީހުންގެ ތެރެއިން ބަޔަކު ސްވައިން ފްލޫގެ ސަބަބުން މަރުވި ފުރަތަމަ ފަހަރުއެވެ.ސަޢުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ސްވައިން ފްލޫޖެހިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޢުމުރުން ހަތްދިހަ ފަސްއަހަރުން މަތީގެ މަޣްރިބު އަންހެނަކާއި، ސޫދާނު ފިރިހެނަކާއި، އިންޑިޔާ ފިރިހެނަކާއި، ސަތާރަ އަހަރުގެ ނައިޖީރިޔާ އަންހެން ކުއްޖެކެވެ. އެވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި މިހަތަރު މީހުންވެސް މަރުވެފައިވަނީ، ސްވައިން ފްލޫ އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ނުޖެހުމާއި، އެނޫންވެސް އެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ. މި ހަތަރު މީހުން ތެރެއިން ތިން މީހުން މަރުވެފައިވަނީ މަދީނާގައި ކަމަށާއި، އަނެކަކު މަރުވެފައިވަނީ މައްކާގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސަޢުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ޚާލިދު މަރްޤްލާނީ ހާމަކުރެއްވި ގޮތުގައި ހައްޖުވެރިންގެ ތެރެއިން ސޯޅަ މީހެއްގެ ގައިން ސްވައިން ފްލޫ ފެނުމާއި ގުޅިގެން މިހާރު ދަނީ ފަރުވާދެވެމުންނެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ ޙާލު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހައްޖުވެރިންގެ ތެރެއިން ސްވައިން ފްލޫ ޖެހުނު ވިހި މީހަކަށް ފަރުވާދީ އެއްކޮށް ރަނގަޅުކުރެވިފައިވާކަމަށްވެސް މަރްޤްލާނީ ހާމަކުރެއްވިއެވެ.އަނެއްކޮޅުން އެޗްވަން އެންވަން ވައިރަހުގެ ބަދަލުވެފައިވާ ވައްތަރެއް ނޯވޭ އިން ފެނިއްޖެއެވެ އެޤައުމުގެ ސިއްޙަތާބެހޭ އިދާރާތަކުން އިއްޔެ ވަނީ ބުނެފައެވެ. ބަދަލުވެފައިވާ އެޗްވަން އެންވަން ފުއްޕާމޭގެ މާއެތެރެއަށް ވަންނަކަމަށާއި، މިކަމުގެ ސަބަބުން މިބަލި ހަށިގަޑުގެ ތެރެއަށް މާބާރުމިނުގައި ފެތުރިގެން ދިޔުމަށް މަގުފަހިވެގެންދާކަމަށް ނޯވޭގެ ޢާންމު ސިއްޙަތާބެހޭ އިދާރާއިން ބުނެއެވެ. މި ވައްތަރުގެ ވައިރަސް ފެނިފައިވަނީ ސްވައިން ފްލޫޖެހިގެން މަރުވެފައިވާ ދެ މީހެއްގެ ގައިންނާއި، މި ބަލީގެ ސަބަބުން ޙާލު ބޮޑުވެފައިވާ މީހެއްގެ ގައިން ކަމަށް ނޯވޭގެ އިދާރާތަކުން ހާމަކުރެއެވެ.ސްވައިން ފްލޫގެ ސަބަބުން ނޯވޭގައި ތޭވީސް މީހުން ވަނީ މަރުވެފައެވެ.. |
| އަފްޣާނިސްތާނުގެ ސިފައިންގެ އަދަދު 2 ލައްކަ ސާޅީސް ހާހަށް މައްޗަށް ޖައްސަން ކަނޑައެޅިފައިވާ ޕްލޭނެއް އެގައުމުން ހާމަކޮށްފި |
| .. |
އަފްޣާނިސްތާނުގެ ސިފައިންގެ އަދަދު ދެލައްކަ ސާޅީސް ހާހަށް މައްޗަށް ޖައްސަން ކަނޑައެޅިފައިވާ ޕްލޭނެއް އެގައުމުން ހާމަކޮށްފިއެވެ. ސިފައިންގެ އަދަދު މައްޗަށް ޖައްސާނެކަން މިއިއުލާންކުރީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުވަމުންދާތީ ބައިނަލް އަގުވާމީ މުޖްތަމައުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.އިނގިރޭސިވިލާތުގެ ޚާރިޖީވަޒީރު ޑޭވިޑް މިލިބޭންޑް ވިދާޅުވެފައިވަނީ ނޭޓޯ ސިފައިން މިހާރު އަފްޣާނިސްތާނުން ފޭބިޔަސް އަފްޣާން ސަރުކާރު ވެށްޓިގެންދާނެކަމަށެވެ.އިއްޔެ އެކަނިވެސް ބޮމުގެ ހަތަރު ހަމަލާއެއްގައި އަފްޣާނިސްތާނުގައި ފަންސަވީސް މީހުން މަރާލެވިފައިވެއެވެ. |
November 15, 2009
މިޔަންމާގެ އިދިކޮޅު ލީޑަރު މިނިވަން ކުރެއްވުމަށް އޮބާމާ ގޮވާލައްވައިފި
މިޔަންމާގައި ޑިމޮކްރަސީ އަށް މަސައްކަތް ކުރައްވާ އިދިކޮޅު ލީޑަރ އައުންގ ސަންގް ސޫޗީ މިނިވަން ކުރެއްވުމަށް އެމެރިކާގެ ރައިސް ބަރަކް އޮބާމާ މިޔަންމާގެ ބޮޑުވަޒީރަށް ގޮވާލައްވައިފިއެވެ. އޮބާމާ މިކަމަށްގޮވާލައްވާފައިވަނީ އާސިޔާން ގައުމުތަކުގެ ލީދަރުންނާއެކު ސިންގަޕޫރުގައި ބޭއްވެވި ބައްދަލް ވުމެއްގައި ކަމަށްވެއެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރައީސް އޮބާމާ ، އައުން ސަންގ ސޫޗީގެ މައްސަލަ ނަންގަވާފައިވަނީ ބޮޑުވަޒީރާ ސީދާ ބައްދަލް ކުރައްވާ ފައެވެ . އައުންގ ސަންގ ސޫޗީގެ ގޭބަންދުގެ މުއްދަތުވަނީ ، މިއަންނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބް ފަހަނައަޅާދާގޮތަށް އިތުރު ކޮށްފައެވެ .


