March 9, 2010
March 2, 2010
ގަބުޅިފަނި
ގަބުޅިފަނި
ބޭނުންވާތަކެތި
2 ގަބުޅި4 ގަބުޅީގެފެން
1 ޖޯޑް ހަކުރު4 ޖޯޑު ފެން
ބައިސަމުސާ ލޮނުހަދާނެ ގޮތް4 ގަބުޅީގެފެން އެއްޗަކަށް އަޅުއްވާފައި 2 ގަބުޅި ވަރަށްކުދިކޮށް ކޮށްޓަވާށެވެ.
ދެން ފެނާ' ހަކުރާ' ލޮނުކޮޅާ އެއްކުރައްވާފާ އޭގެތެރެއަށް ގަބުޅިކޮޅު އަޅުއްވާށެވެ.އެއަށްފަހުމީރުވާނީ ފިނިކުރައްވައިގެން ހިއްޕެވިއްޔާއެވެ
February 28, 2010
ރިފްލެޑް ޗޮކްލެޓް އައިސްކްރީމް
ރިފްލެޑް ޗޮކްލެޓް އައިސްކްރީމް
ބޭނުންވާ ތަކެތި
60 މިލި ލީޓަރ ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް
450 މިލި ލީޓަރ ޑަބަލް ކްރީމް
1 މޭޒުމަތީ ސަމްސާ ޢައިސިން ޝުގަރ
50 ގްރާމް ޕްލޭން ޗޮކްލެޓް (ކޮށާފައި)
ހަދާނެ ގޮތް
ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް އާއި 75 މިލި ލީޓަރ ޑަބަލް ކްރީމް ރަގަޅަށް އެއްކުރަށްވާށެވެ. ބާކީހުރި ޑަބަލް ކްރީމް އެހެން ތައްޓަކަށް އަޅުއްވާ މީގެތެރެއަށް
އައިސިންޝުގަރ ފުރާނުއްވާށެވެ. މިތަކެތި ރަގަޅަށް ވިޕްކުރައްވާށެވެ. ވިޕް ވުމުން
ކުރިން އެއްކުރެއްވި ތަކެއްޗާއި ކޮށާފާހުރި ޗޮކްލެޓް މިއާއެއް ކުރައްވާށެވެ.
އެއްވުމުން ޕްލާސްޓިކް ތައްޓަކަށް މިތަކެތި އަލުއްވާ ގަނޑުކުރައްވާށެވެ.
February 23, 2010
ފަރާޓާ
ފަރާޓާ
ބޭނުންވާތަކެތި
ބައިކިލޯފުއް
ބައިޖޯޑުމާޖިރިން
2 ބިސް (ގިރާފައި)
2 ސައިސަމުސާ އީސްޓް
1 މޭޒުމަތީސަމުސާހަކުރު
2 ފިޔާ (ކޮށާފައި)
1 މޭޒުމަތީސަމުސާހިކިކިރު
ތެޔޮފޮދެއް
ހަދާނެ ގޮތް
ފުރަތަމަ ފުށާއި އީސްޓް ކިރު ލޮނު ބިސް އަދި ހަކުރު އެއްކޮށްލުމަށްފަހު
މާޖިރިންއެއްކޮށްގެން ބޮރެޑް ކޮރަމްބަލްސްއަށް ވާގޮތަށް މޮޑެލައްވާށެވެ. ދެންތާފަނާފެން އެއްކޮށްގެން ފުށްގަޑު ދަމާލެވޭވަރަށް މޮޑެފައި ބާއްވަވާށެވެ. ދެންތަވާ އުދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއްއަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާލުމަށްފަހުފިޔާކޮޅުރަތްކޮށް ލައްވާށެވެ. (ރަގަޅުވާނީ ގިތެޔޮކޮޅެއްގައި ރަތްކުރިއްޔާ!)ދެންފުއްގަނޑު ކުދިކޮށް ގުޅަގުޅަ ކަނޑާލުމަށްފަހު ފުއްގުޅައެއް ނަގާފައި ދެމުނުހާތުނިކޮށް ދަމާލުމަށްފަހު ރަތްކޮށްފައި ހުރިތަނުންފިޔާ ސަމުސަލެއްހާ ފިޔާކޮޅެއްނަގާފައި ހާކާލުމަށްފަހު އިގިލިކުރިން ފުއްކޮޅެއް ނަގާފައި ބުރުވާލާށެވެ.ދެންމެދުންލޯވަޅެއް ހަދާލުމަށްފަހު ކެނޑެންދެން ދެފަރާތަށް އޮޅަމުންދާށެވެ. ދެންދެކޮޅުދެފަރާތަށް ވައްކޮށްއޮލުމަށްފަހު (އުޅާޅިއޮޅާފައިހުންނަގޮތަށް!)ގޮސްހުސްވީމާ އެއްބައިމައްޗަށް އަނެއްބައިލާފައި ތަށްކޮށްފައި އަނެއްފަހަރު ދަމާލާށެވެ. ތަންކޮޅެއްބޯކޮށް ދަމާލުމަށްފަހު ރޮށިފިހޭތަވާ ދޮންކޮށްގެން ފިހެފައި ނަގާފައި އެއްއަތްތިލަމަތީގައި ބާއްވާފައި އަނެއް އަތުންޖަހާފައި
ރޮށިލާއެއްޗަށްލާށެވެ. (އެހެންހެދުމުން ކުޑަކޮށް ފަށަލަތައް ނިއުޅޭގޮތްވާނެއެވެ!)
ޖުވޭރިޔާ ވަޖްދީގެ
ތަފާތުކާނާ 7ން ނަގާފައިވާ
October 14, 2009
އަލަނާސި ފަނި
އަލަނާސި ފަނި
ބޭނުންވާ ތަކެތި
1 އަލަނާސި ނުވަތަ 1 ދަޅު އަލަނާސި
1 ކިލޯ ހަކުރު 2/1 ކިލޯ ހަކުރު
1 ސައިސަމުސާ ލޮނު
10 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް
އަލަނާސި ރީއްޗަށް މައްޓަވާފައި ކުދިކޮށް ކޮށާލައްވާށެވެ. ދެން ހަކުރާ އެއްބައި ފެނާއެކު އަލަނާސި މިކްސަރަށް އަޅުއްވާފައި 3 މިނިޓް ވަންދެން ކަރަންޓުން މިކްސް ކުރައްވާށެވެ. އެއަށްފަހު ދެން ހުރި ފެން އަޅުއްވާފައި ރަގަޅަށް ގިރާލައްވާށެވެ. އަދި ލޮނުކޮޅު ވެސް މިއަށް އަޅުއްވާލައްވާށެވެ. އޭގެ ފަހުގައި ފުރާނުއްވާފައި އައިސް އަލަމާރިއަށް ލައްވާށެވެ. މާ އޮލަނަމަ، 2 ޖޯޑެއްހާ ފެން އިތުރު ކުރެވިދާނެ އެވެ. އަދި ފޮނިގަދަކޮށް މީރުފުޅު ބޭފުޅުންނަށް 2/1 ޖޯޑެއްހާ ހަކުރު ވެސް އިތުރު ކުރެވިދާނެ އެވެ.
ނޯޓް: ދަޅު އަލަނާސި ނަމަ، 2/1 ކިލޯ ހަކުރަށް ފުދޭނެ އެވެ. ހައްދަވާނީ، ހަމަ މަތީގައިވާ ގޮތަށެވެ.
October 11, 2009
ދޮންކެޔު ކަޖޫ . ޅަގަބުޅީގަ
ދޮންކެޔު ކަޖޫ ( ޅަގަބުޅީގަ )
ބޭނުންވާ ތަކެތި
180ގ ފުށް
10 ވައް ދޮންކެޔު
1 ގަބުޅީގެ ހުނި
40ގ ހަކުރު
1 ސައިސަމްސާ ވެނީލާ އެސެންސް
ބައި ސައިސަމްސާ ބޭކިން ޕައުޑަރ
ތެޔޮ
ހައްދަވާނެ ގޮތް
އެންމެ ފުރަތަމަ ދޮންކެޔޮ ހަކުރާއެއްކޮށް ރަނގަޅަށް މިކްސް ކޮށްލާނީ ، އެއަށްފަހު ފުށާއި ގަބުޅިހުންޏާއި އެސެންސް އަޅުއްވާފަ އެއްކޮއްލައްވާނީ
September 10, 2009
ކުއްޅަވައް މިލްކު ސޭކް

ބޭނުންވާނެ ތަކެތި
2 މޭޒުމަތީ ސަމުސާ ހިކިކިރު
2 މޭޒުމަތީ ސަމުސާ ހަކުރު
2 މޭޒުމަތީ ސަމުސާ ވެނީލާ ޝޭކް ޕައުޑަރ
2 ތަށި އައިސް ފެން
6 އައިސް ކިއުބް
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ކުއްޅަވަކުގެ ތޮށި މަށާ ކޮށާލުމަށްފަހު ފެނަށް އަޅާފައި އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ދެން ފެނުން ކުއްޅަވައްތަށް ނެގުމަށްފަހު އެ ފެންފޮދުގެ ތެރެއަށް ފޮނިހެޔޮވަރުކޮށް ހަކުރު އަޅައި ފަނިގިރާށެވެ.
ޝޭކް ތައްޔާރުކުރުމަށް ފެންފޮދާއިއެކު ރަހަ ހެޔޮވަރުވާ ވަރަށް ކުއްޅަވައްކޮޅެއްވެސް މިކްސަރަށް އަޅާފައި ހަކުރު، ފެން، ޝޭކްޕައުޑަރ އަދި ހިކިކިރު އަޅާފައި ގިރާލުމަށްފަހު ފުރާނާލާށެވެ. ދެން ބިއްލޫރިތައްޓަށް އެޅުމަށްފަހު އައިސް ކިއުބް އަޅާށެވެ.
ނޯޓު: މިއީ ޖުވޭސް ރެސިޕީން ނަގާފައިވާ މަޢުލޫމާތުކޮޅެކެވެ.

