Showing posts with label ފިލާވަޅު. Show all posts
Showing posts with label ފިލާވަޅު. Show all posts

November 21, 2009

ފިލާވަޅު 7

ފިލާވަޅު 7
ތިރީގައިވާ އަދަބީބަހާއި އޭގެމާނަ ނަންބަރު ޖަހައިގެން ގުޅުވާށެވެ.

1. އެމީހަކު ކެހިކަނޑުލެއްގެ ހިތިފިލުވާނީ އެމީހެކެވެ.
2. ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން
3. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް ނާރާށެވެ.
4. ކޮނޑުއޮތް ފުރޯ ވަލުން ހޯދުން
5. އަމާކީތީ ފަރަށް ދިޔުން
6. ކުއްޅަވައްފަލު ރަނިން ހެދުން
ބަސްގަބޫލު ނުކުރާބަޔަކަށް މަގުދަށްކާ ބަޔަކަށް ނުވާށެވެ.
އެމީހަކު ކުރަންފެށިކަމެއް އެމީހަކުކޮށް ނިންމަންވާނެއެވެ.
ފަރުވާތެރިކަމެއްނެތި ކުރާނެގޮތަކަށް ކަންތައް ކުރުން
ކުރިން ނުހަނު ދެރަގޮތެއްގައި އުޅެފައި ފަހުން މޮޅުކަމެއް ލިބުމާއިއެކު ކުރިން އުޅުނުގޮތް ހަނދާން ނުހުންނަ ކަމަށް ހަދާމީހުން
އެއްޗެއް ނުލިބި އޮވެފައި އެއްފަހަރާ މާގިނައިން ލިބެން ފެށުން
މާކައިރީގައި ނުވަތަ ފެންނަ ހިސާބުގައި އޮތް އެއްޗެއް ދުރަށް ގޮސް ހޯދުން

October 5, 2009

ފިލާވަޅު 6

ފިލާވަޅު 6

*. ތިޔަކުދިންގެ މަންމަ ބަލިވެ ޑޮކުޓަރަށް ދައްކަން ވީ މާލެ ގޮހެވެ. އެހެން ކަމުން މަންމަގެ ހާލުބަލައި އަދި ތިޔަކުދިންގެ ގޭގައި ކަންތައްތައް ހުރިގޮތް މަންމަ އަށް އެންގުމަށް ޓަކައި ލިޔާ ސިޓީ އެއް ލިޔެދޭށެވެ. ( 12 މާކުސް )

ނޯޓް : ފިލާވަޅު 6 ހެދުމައްފަހު ޖަވާބު ކަރުދާސް mode_ibbbe@live.com އަށް ފޮނުއްވާދެއްވާށެވެ.. ސުވާލް މާކުކުރުމައްފަހު ލިބުނު މާކުސް ވަކިން އެގޭނެހެން އެމެއިލްއަކަށް ފޮނުއްވާލެވޭނެއެވެ.

September 27, 2009

ފިލާވަޅު 5

. ތިރީގައިވާ ޓޭބަލް ފުރިހަމަ ކުރާށެވެ.(8 މާކުސް)

އާދައިގެ ގޮތް

މާއްގޮތް

އެންމެ މާއްގޮތް

އިށީނުން

ރުޅިދުރުވުން

ކީރިތި ކުރެއްވުން

ކެއުން

ނޯޓް : ފިލާވަޅު 5 ހެދުމައްފަހު ޖަވާބު ކަރުދާސް mode_ibbbe@live.com އަށް ފޮނުއްވާދެއްވާށެވެ.. ސުވާލް މާކުކުރުމައްފަހު ލިބުނު މާކުސް ވަކިން އެގޭނެހެން އެމެއިލްއަކަށް ފޮނުއްވާލެވޭނެއެވެ.

September 23, 2009

ފިލާވަޅު 4

3 ތިރީގައިވާ ޅެންބައިތު ތަކުގެ ޖުމުލަ މާނަ ލިޔާށެވެ. ( ޅެން މާނަކުރުން ) 50 މާކުސް

ހ- ތިރީގައިވާ ޅެންބައިތުތަކުގެ މާނަ އެއްޕެރެގުރާފެއް ގޮތައް ލިޔާށެވެ.

އަހުރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލިމީ

ފަހުނޭވަޔަށް ދަންދެން މޮޓޯކަމުގައި ޙިޔާރު ކުރާނަމޭ

އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް

ގަންނާކުރެއްވި ބިރުން ފިލަން ދާމީހަކަށް މަނުވާނަމޭ

ކަމަކަށް ގޮވައިލީމާ މިޤައުމުގެ ޢިއްޒަތާ އަބުރަށްޓަކައި

އަމަށުން ހުރީވިއްޔަ އެތާ އެކަކަށް މަވެސް ހުންނާނަމޭ

................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ނޯޓް : ފިލާވަޅު 4 ހެދުމައްފަހު ޖަވާބު ކަރުދާސް mode_ibbbe@live.com އަށް ފޮނުއްވާދެއްވާށެވެ.. ސުވާލް މާކުކުރުމައްފަހު ލިބުނު މާކުސް ވަކިން އެގޭނެހެން އެމެއިލްއަކަށް ފޮނުއްވާލެވޭނެއެވެ.

September 16, 2009

އަދަބިއްޔާތު


ފިލާވަޅު 3

ހ. ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

1. ދިވެހި ލިޔުންތެރިކަން ބެހިފައިވަނީ ކިތައް ދައުރަށް! އަދި އެދައުރުތަކަކީ ކޮބާ؟ (4 މާކުސް)

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

2. ލިޔުންތެރި ކަމުގެ ހިނގައިގަނެވުނުދައުރަކީ ކޮބައިކަން ތަފުސީލުކޮށްދޭށެވެ؟ (3 މާކުސް)

................................................................................................................................................................................................................................................................................................................................................................................................................................................

3. ލިޔުންތެރި ކަމުގެ ޅަފަތުގެދައުރުން ފާހަގަކުރެވޭ ދެހިދުމަތްތެރިން ނަކީކޮބާ؟ (2 މާކުސް)

...............................................................................................................................................................................................................................................................................................

4. ވާހަކަ ކޮމެޓީ އުފެއްދީ ކޮންތަނެއްގެ ފަރާތަކުން ހެއްޔެވެ! އަދި މިކޮމެތީގެ މަސައްކަތަކީ ކޮބައިހެއްޔެވެ؟(4 މާކުސް)

................................................................................................................................................................................................................................................................................................

5.ދިވެހިރާއްޒޭގައި ފުރަތަމަ ބަހުސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ ކޮންތާކުހެއްޔެވެ! އަދި އެއީ ކީއްވެގެން ހެއްޔެވެ؟(6 މާކުސް)

................................................................................................................................................................................................................................................................................................

6. 1365 ވަނަ އަހަރު އުފެދުނު ދިވެހިބަހަށް ޙިދުމަތްކުރާ ކޮމެޓީގެ ރައީސް ސަކީކޮންބޭފުޅެއް ހެއްޔެވެ؟(1 މާކުސް)

...............................................................................................................................................................................................................................................................................................

ނޯޓް : ފިލާވަޅު 3 ހެދުމައްފަހު އެޖާބު ކަރުދާސް mode_ibbbe@live.com އަށް ފޮނުއްވާދެއްވާށެވެ. ސުވާލްތައް ވަކިން ނުނަންގަވާ ސުވާލް ތަކުގެ ނަންބަރ ޖެއްސެވުމައްފަހު ޖަވާބް ލިއުއްވާ މެއިލް ކޮށްދެއްވާށެވެ. ސުވާލް މާކުކުރުމައްފަހު ލިބުނު މާކުސް ވަކިން އެގޭނެހެން އެމެއިލްއަކަށް ފޮނުއްވާލެވޭނެއެވެ.

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino