Showing posts with label ލޯބި. Show all posts
Showing posts with label ލޯބި. Show all posts

November 19, 2009

ލޯބީގެ 9 ވައްތަރު

ލޯބީގެ 9 ވައްތަރުކަމަށް ސައިކޮލަޖިސްޓުންނާއި ސޯސިއޮލޮޖިސްޓުން އެއްބަސްވަނީ:-
1 އެފެކްޝަން / އިޝްޤީ ލޯބި
2 ސެކްސީ ލަވް / ޖިންސީ އެދުންވެރިކަމުގެ ލޯބި
3 ޕްލެޓޮނިކް ލަވް / ޖިސްމާނީ ގޮތުން ނޫންގޮތްގޮތުން ވާ ލޯބި
4 ރޮމޭންޓިކް ލަވް/ ރޮމޭންޓިކް ލޯބި
5 ޕަޕީ ލަވް/ ވަގުތީ ލޯބި
6 ފްރެންޑްޝިޕް ލަވް/ ރަހްމަތްތެރިކަމުގެ ލޯބި
7 ކޮމިޓެޑް ލަވް/ އިޤުރާރުވެވޭ ލޯބި
8 އިންފެޓުއޭޝަން / ވަކި މަޤުޞަދެއްނެތިވާ ލޯބި
9 ޕޭޝަނޭޓް ލަވް / ޖަޒްބާތީ ލޯބި

September 8, 2009

އަންހެނުންނަށް ލޯބި:






. ކާވެނި ހޯދުމަށް އުޅޭނީ ފިރިހެން މީހާއެވެ. އެހެންކަމަށްވާނަމަ ލޯބި ހޯދުމަކީ އިސްލާމްދީނުގައި ހަމައެކަނި ފިރިހެނުންގެ ޙައްޤަކީތޯއެވެ؟ އެހެނެއްނޫނެވެ. ލޯބިހޯދުމުގެ ޙައްޤު އިސްލާމްދީން އަންހެނުންނަށްވެސް ހޯދައިދީފައިވެއެވެ. އެކަބަލުން ލޯބި ޙާޞިލުކުރާނެ ހަމަތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެހަމަތަކަށްބަލާއިރު އިސްވެ ފިރިހެނުންގެ ކައިރިއަށް ދިއުމަކީ އަންހެނަކަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެނަސް އެގޮތްވެސް ހުއްދައެވެ. އެކަމަކު އެގޮތަކީ އަންހެނުންގެ ޠަބީޢަތާއި ފުށުއަރާގޮތެކެވެ. އަންހެނުން އިސްވެ ފިރިހެނުންކައިރިޔަށް ދިޔުމަކީ ބޮއްކުރާކައިރިއަށް ދޯނި އައުންފަދަ ނޭކަށޭނެކަމެކެވެ. އިސްލާމީ ހަމަތަކުން ބަލާއިރު އަންހެނެއްގެ ކާވެނި ފިރިހެނަކަށް ލިބޭނީ އެކަނބުލޭގެ އެކަމަށް ރުހުމާލައިގެނެވެ. ނުރުހުންވެ، އެކަމާ ދެކޮޅުހަދައިފިނަމަ އެކަމުގެ މައްޗަށް އެކަބުލޭގެއަށް މަޖުބޫރުކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.

ކާވެންޏަށް ފަހު އެކަބުލޭގެއަށް ފިރިމީހާދެކެ ލޯބިނުވެވިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހޭ ޞިފައެއް ހުރިނަމަ ވަރިވެވޭނެ މަގުތަކެއްވެސް ތަނަވަސްވެފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ބާރު އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީންވަނީ ހޯދައިދީފައެވެ

September 7, 2009

ލޯބި ވެވުނީއެވެ.




ނޭނގޭ އިހުސާސުތަކެއް އަހަރެންގެ މެޔަށް އުނދަގު ކުރަނީއެވެ.
މި ނިކަމެތި ހިތުގައި ޖަހަމުންދާ ވިންދު ދީވާނާވެފައިވާ ކަހަލައެވެ.
މިހިތަށް ބައެއްފަހަރު ރޮވެނީއެވެ. އަނެއްބައިފަހަރު ހެވެނީއެވެ.
ވެގެން މިއުޅެނީ ކީއްކަމެއް އަހަންނަކަށް ނޭނގުއެވެ.


ނިދާފަ އޮވެފައިވެސް އަހަންނަށް ހޭލެވެނީއެވެ. ހުވަފެންތަކުން ދުރަށް ދެވެނީއެވެ.
ކޮންމެވެސް މީހަކު އަހަރެންގެ ހަމަހިމޭންކަން ފޭރިގެންފައިވާ ކަހަލައެވެ.
އެކަނި ހުރެގެން މިހާރު އަހަންނަށް އަހަރެންގެ ނަފުސާ ވާހަކަ ދެއްކެނީއެވެ.
ވެގެން މިއުޅނީ ކީއްކަމާމެދު ޝައްކު އުފެދިއްޖެއެވެ.
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino