Showing posts with label ފަރުވާ. Show all posts
Showing posts with label ފަރުވާ. Show all posts

December 1, 2009

ސުވައިން ފްލޫ އަކީ ކޮބާ؟




25 ނޮވެމްބަރ 2009
" ސުވައިން ފްލޫ" ނުވަތަ އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަސްގެ ނަމަކީ " އިންފްލުއެންޒާ ވައިރަސް އޭ " އެވެ. ޖީން ބަދަލުވެފައި ވުމާއެކު މިހާރު ދުނިޔެއަށް ފެތުރެމުންދާ އިންފްލުއެންޒާ އަށް ދީފައިވާ ނަމަކީ " ސުވައިން އެޗް1 އެން1" އެވެ. މިހާރު އޫރު ރޯގާ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރެމުންދާކަން ވަނީ ކަށަވަރުވެފައެވެ.

ރޯގާ ފެތުރެމުންދާގޮތް

އޫރު ރޯގާއަކީ، ޢާންމު ގޮތެއްގައި އިންސާނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް އޫރު ގެންގުޅެ، އޫރާ ކައިރިން މުޢާމަލާތްކުރާ މީހުންނަށް މިބަލި ޖެހެއެވެ. އިންސާނުންނަށް މި ރޯގާ ޖެހުމަށްފަހު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންދަނީ އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާތައް ފެތުރޭ ގޮތަށް ކެއްސާ ކިނބިހިއަޅާއިރު އަގައިން ބޭރުވާ ތަކެތިންނާއި އެފަދަ ތަކެތި އެހެން ބަލި މީހާ ފިޔަވާ އެހެން މީހުންގެ އަތުގައި އުގުޅި އަގަޔަށް ނޫނީ ނޭފަތަށް ވާސިލުވުމުންނެވެ.


ސުވައިން ފްލޫ އަކީ ކޮބާ؟

" ސުވައިން ފްލޫ" ނުވަތަ އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަސްގެ ނަމަކީ " އިންފްލުއެންޒާ ވައިރަސް އޭ " އެވެ. ޖީން ބަދަލުވެފައި ވުމާއެކު މިހާރު ދުނިޔެއަށް ފެތުރެމުންދާ އިންފްލުއެންޒާ އަށް ދީފައިވާ ނަމަކީ " ސުވައިން އެޗް1 އެން1" އެވެ. މިހާރު އޫރު ރޯގާ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރެމުންދާކަން ވަނީ ކަށަވަރުވެފައެވެ.

ރޯގާ ފެތުރެމުންދާގޮތް

އޫރު ރޯގާއަކީ، ޢާންމު ގޮތެއްގައި އިންސާނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް އޫރު ގެންގުޅެ، އޫރާ ކައިރިން މުޢާމަލާތްކުރާ މީހުންނަށް މިބަލި ޖެހެއެވެ. އިންސާނުންނަށް މި ރޯގާ ޖެހުމަށްފަހު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންދަނީ އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާތައް ފެތުރޭ ގޮތަށް ކެއްސާ ކިނބިހިއަޅާއިރު އަގައިން ބޭރުވާ ތަކެތިންނާއި އެފަދަ ތަކެތި އެހެން ބަލި މީހާ ފިޔަވާ އެހެން މީހުންގެ އަތުގައި އުގުޅި އަގަޔަށް ނޫނީ ނޭފަތަށް ވާސިލުވުމުންނެވެ.

މިހާރު ފެތުރެމުންދާ އޫރު ރޯގާ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން އާންމުކުރައްވާފައިވާ ގޮތުގައި މިހާރު ދުނިޔޭގައި ފެތުރެމުންދާ އޫރު ރޯގާ އިންސާނުންނަށް ރޯގާ ޖައްސާ ވައިރަހުގެ ނަކަލަކީ، އިންސާނުންނާއި ދޫންޏާއި އޫރަށް ރޯގާ ޖައްސާ ވައިރަހުގެ ޖީންތައް އެކުވެފައިވާ ނަކަލެކެވެ. އެޗް1 އެން1 ވައިރަސްގައި 8 ޖެނެޓިކް ސެގްމެންޓު ހިމެނެއެވެ. އޭގެ ތެރެއިން 6 ސެގްމެންޓެއް ނިސްބަތްވަނީ އޫރުގެ ނޭވާލާ ނިޒާމަށްޖެހޭ ރޯގާއަށެވެ. އަނެއް ދެ ސެގްމެންޓު ނިސްބަތްވަނީ ދޫނި ރޯގާ އާއި އިންސާނުންނަށް ޖެހޭ ރޯގާއަށެވެ. މި ދެސެގްމެންޓުވެސް އޫރަށްޖެހޭ ރޯގާއިން ފެންނަމުންދާތާ 10 އަހަރު ވެއްޖެއެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ފެތުރެމުން މިދާ ސުވައިން ފުލޫ ނުވަތަ އޫރު ރޯގާއަކީ ތިން ވައިރަހެއް އެކުވެގެން އަލަށް އުފެދިގެން އުޅޭ ވައިރަހެކެވެ. 1918 ވަނަ އަހަރު، ސްޕެއިންގައި ފެތުރުނު ރޯގާއަކީ ، H1N1 ގެ ވައިރަހަކުން ފެތުރުނު ރޯގާއެކެވެ. އެ ރޯގާ ޖެހިގެން އެތައް މިލިޔަން މީހުންނެއް މަރުވެފައި ވެއެވެ.


ރޯގާގެ އަލާމާތްތައް

އޫރު ރޯގާ ޖެހުމުން ފެންނަ އާންމު އަލާމާތްތަކަކީ، އިންސާނުންނަށް ޖެހޭ އަރިދަފުސް ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކެވެ. މީގެ ތެރޭގައި ހުންއައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި ކެއްސުން ހިމެނެއެވެ. ބައެއް ފަހަރު ނޭފަތުން ފެންއައިސް ކަރުތެރެއަށާއި ހުޅުތަކަށް ތަދުވުމާއި ބޭރަށް ހިންގު ފަދަ ކަންތައްތައް ހިމެނެއެވެ. ބަލީގެ އަސަރު ބޮޑުވެ ފުއްޕާމޭގައި އަރިދަފުސް އަޅައި މޭގަނޑު ހަލާކުވެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދެއެވެ. ދުނިޔޭގެ ޤައުމުތަކުން ފެނިފައިވާ އޫރު ރޯގާ ޖެހިފައިވާ ގިނަ މީހުންގެ ޙާލަތު ފެންނަނީ އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް މެކްސިކޯގައި އޫރު ރޯގާ ޖެހުނު އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އޫރު ރޯގާއަށް ފަރުވާދޭ ބޭސް

ދުނިޔޭގެ ޞިއްޙީ އިދާރާތަކުން ސުވައިން ފުލޫއަށް ޚާއްޞަ ދެވައްތަރެއްގެ ވެކްސިނެއް މިހާރު ގެންދަނީ ބޭނުން ކުރަމުންނެވެ. އެއީ އެއީ، ޓެމީފްލޫ އާއި ރެލެންޒާ އެވެ. މި ރޯގާ ޖެހުނު މީހުންނަށް މި ދެ ވައްތަރުގެ ވެކްސިން ދީގެން ބަލިން ސަލާމަތް ވެފައިވެއެވެ. މި ދެ ވެކްސިންގެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް މިހާރުދަނީ ކަމާބެހޭ ފަރާތްތަކުން ފޮނުވަމުންނެވެ. އެހެންނަމަވެސް އަރިދަފުސް ރޯގާގެ ވައިރަހަކީ ވަރަށް އަވަހަށް އަމިއްލަ ޒާތުގައި ބަދަލުވާ އެއްޗަކަށްވާތީ ކުރިން ތައްޔާރުކޮށްފައިވާ ވެކްސިން ތަކަށް ނުގުޑާގޮތް ވުމަކީ ކައިރިކަމެކެވެ.

އޫރު ރޯގާ އިން ރައްކާތެރިވުން

އޫރު ރޯގާ ދުނިޔޭގެ ކަންކޮޅުތަކަށް މިހާރުވަނީ ފެތުރެން ފަށާފައެވެ. އަދި މި ރޯގާއިން ސަލާމަތްވެ ރައްކާތެރިވުމަށް ޤައުމުތަކުން ގެންދަނީ ޤައުމީ ފެންވަރުގައި ފިޔަވަޅުތައް އަޅަމުންނެވެ. ދިވެހިރާއްޖެއިންވެސް ރާއްޖެއަށް ވައިގެމަގުންނާއި ކަނޑުގެމަގުން އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޫރު ރޯގާ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރުމަކީ ކަމާބެހޭ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ ރޯގާ ކޮންޓްރޯލް ކުރުން އުނދަގޫވާނެ ކަމެކެވެ. އެހެންނަމަވެސް ދުނިޔެއަށް ފެތުރެމުންދާ އޫރު ރޯގާގެ ނުރައްކާތެރިކަން މިރޯގާ އެންމެ މެކްސިކޯ އިން ފެނުނު ނުރައްކާތެރި މިންވަރަށްވުރެ ކުޑަކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ރޯގާ ފެތުރެމުން ދިޔަ ނަމަވެސް ރޯގާގައި ނުރައްކާތެރި ހާލަތަކަށް ބަދަލުވެ، މަރުވާ މީހުންގެ އަދަދުވަނީ ނިސްބަތުން ދަށަށް ގޮސްފައެވެ. މިރޯގާއިން ސަލާމަތްވުމަށް ކެއްސާ، ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމާއި އަތް ސާފުކޮށް ބެހެއްޓުމާއި އަރިދަފުސްރޯގާ ޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުވެ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން މުހިންމު ކަމުގައި ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ

November 22, 2009

ލޭމައްޗަށްދާ ގިނަމީހުން ބޭސްފަށަނީ ގިނަފަހަރަށް ލޭމައްޗަށް ނުދަނީހެވެ


ލޭމައްޗަށްދާ ގިނަމީހުން ބޭސްފަށަނީ ގިނަފަހަރަށް ލޭމައްޗަށް ނުދަނީހެވެ.



ލޭ ހިނގާ މިންވަރު ބެލުމަށްޓަކައި ލޭބަލާ އެއްޗާއި ކަށިގަނޑު ނަގާ ޑޮކްޓަރު ހަރަކާތް ކޮށްލާ ހިސާބުން ބަލިމީހާގެ ލޭހިނގުމަށް ބަދަލުއައިސް މައްސަލަ އުފެދެން ފަށައެވެ. މިމައްސަލައާއި މެދު ޔުނިވަރސިޓީ އޮފް ކަނެކްޓިކަޓް ގެ ހައިޕަރ ޓެންޝަން އެންޑް ވެސްކިއުލަރ ޑިސީސަސްގެ ޗީފް ޕްރޮފިޝަރ ވިލިއަމް ވައިޓް ހާމަކުރާގޮތުގައި ތަހުލީލް ކުރުމަކާއި ނުލާ ވަގުތުން ލޭމައްޗަށް ގޮސްފައިވާ ކަމަށް ނިންމުމަކީ އެއްވެސް ބުއްދިވެރި ގޮތެއްނޫނެވެ. ކޮންމެ ހިދެއްގައިވެސް 30 މމ ތަފާތުވުމަކީ ވެދާނެ ކަމެއްގައެވެ. މި ގޮތަށް މައްސަލަ ދިމާވުމުގައި އެންމެ އެކަށީގެންވަނީ ލޭގެ ޕްރެޝަރު ބެލުމަށްޓަކައި ޑޮކްޓަރާއި ބައްދަލުކުރުމަށް އައިސް އިންނަވަގުތުގައެވެ. ޑޮކްޓަރުގެ ފަރާތުން ލިބިދާނެ ޖަވާބަކަށް ހިތް ނުތަނަވަސް ވުމުންނާއި މުޅިން އާ މާހައުލަކަށް އާދެވުމުން ހިތް ނުތަނަވަސް ވެފައިވާ މިންވަރުން ލޭ ހިނގުމަށް ބަދަލުތައް ގެނެސްދެއެވެ.

24 ގަޑިއިރުގެ ތެރޭގައި ލޭގެ ޕްރެޝަރ ހުރިގޮތުގެ ތަފްސީލު ދެނެގަތުމަކީ މިއަދު އަހަރެމެންގެ ޑޮކްޓަރުންނަށް ދާދި ފަސޭހަ ކަމެކެވެ. މިއީ ޑޮކްޓަރަށް ޒިޔާރަތް ކުރާ ވަގުތު ލޭބަލާލުމަށް ފަހު ބޭސްފަރުވާ ފެށުމަށްވުރެ މާކަމުދާ އިތުބާރު ބޮޑުގޮތެކެވެ. މި ސިސްޓަމުގައި ލޭ ގެ ޕްރެޝަރ ބަލާ (އެސެސް ކުރެވޭނެ ) ފަސޭހަ ނިޒާމެއް އޮވެއެވެ. އެއަށް މިކިޔަނީ ” އެމްބިއުލޭޓްރީ މޮނީޓަރިން”ނެވެ. މިގޮތަށް ބަލާ ދިރާސާކުރުމަށްފަހު ލޭމައްޗަށް ދާ ބަލިމީހެއް ކަމަށް ނިންމާ ބޭސްފަރުވާ ކުރަންޖެހޭ ފަދަ އިތުބާރުހުރި ދަލީލްތަކެއް މި މެޝެނުން ޑޮކްޓަރަށް ފޯރުކޮށްދެވެއެވެ.(އެމެރިކާގެ ނޭޝަނަލް އިމިއުނިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ނޫސްވެރިންނަށް 1994 އޮކްޓޮބަރ ގައި ދިންއިންޓަވިއު) ހަމައެހެންމެ ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ އިން ވަނީ ހަމަސްދުވަސްވަންދެން ބަލިމީހާ ”އެމްބިއުލޭޓްރީ މޮނީޓަރ ސިސްޓަމް” ބޭނުންކޮށްގެންބެލުމަށް ބާރުދީ ގޮވާލާފައެވެ. އެހެނަސް އެއްވެސްފަރާތަކުން ފަރުވާ ދިނުމުގެ ކުރިން މިފަދަ ތަހްލީލް ކޮށްލޭމައްޗަށް ދޭތޯ ޔަޤީންކުރުމަކަށް ސަމާލުކަމެއްނުދެއެވެ. ލޭބަލާ ވަގުތު ލޭމަތި ކޮށް ހުންނާނީ ކަމުގައި ވާނަމަ ވަގުތުން ބޭސްބޭނުން ކުރުމަށް ޑޮކްޓަރު އިރުޝާދުދެއްވައެވެ. އެހާހިސާބުން ”މުޅި އުމުރަށް” ބޭސް ކެއުމާއި މަހަކު އެއްފަހަރު ސަރުބީ ހުންނަ މިންވަރު ބަލާ ޓެސްޓްކުރުން ހިމެނިގެންވަނީ ހަޔާތާއި ގުޅިފައި ހުންނަ ކަމެއް ކަމުގައެވެ. އެކާބޭހެއް މާކެޓުން ގަންނަން ނުލިބިގެން އެފަދަ އެހެން ބޭހަކުން ގިނަމީހުންގެ މިބައްޔަށް ފަރުވާ ނުލިބޭ ކަމީވެސް މިކަމުގައި ދިމާވާ އެންމެ އަޖައިބު އެއްކަންތަކެވެ.

ލޭމައްޗަށް ދާތީ ދޭ ބޭސްތަކަކަކީ މިއަދު ބޭސްވެރިކަމުގެ ވިޔަފާރީގައި އެންމެ ބާރަށް ހިންގާ އެއްބޭހެވެ. މުޅި ދުނިޔޭގައި ލޭމައްޗަށް ދިއުމުގެ ބަލިމަޑުކަން ފެތުރިފައިވީއިރު މިބަލި ނުޖެހެނީސް ބޭސްކުރަން ފެށެނީ ކިތައްމީހުންނަށް ބާވައެވެ. ލޭބަލާއިރު ލޭގެ ޕްރެޝަރ ހުރިމިންވަރު ބައެއްފަހަރަށް ދެއަތުން ދައްކަނީ މުޅިން ތަފާތު ދެނަތީޖާއެކެވެ. އިނގިރޭސި ވިލާތުގެ ސިޓީ ޖެނެރަލް ހޮސްޕިޓަލްގެ ޑޮކްޓަރެއް ހާމަކުރިގޮތުގައި އޭނާ ބެލި ބަލިމިހުންގެ ތެރެއިން ތިންބައިކުޅަ އެއްބައިމީހުންގެ ލޭގެޕްރެޝަރު ދެއަތުން ދައްކަނީ މުޅިންތަފާތު ދެ މިންވަރަކަށެވެ.މީގެ އިތުރަށް ބައެއްފަހަރަށް ދެމީހަކު ޖެހި ޖެހިގެން ލޭބަލިކަމުގައި ވިއަސް ދެމީހުންގެ ފަރާތުން ލިބޭ ނަތީޖާ މުޅިންތަފާތުވެއެވެ. މިހެން ދިމާވަނީ ދެމީހުން ލޭބެލުމުގައި ގެންގުޅޭ އުކުޅުތަކާއި މިންކުރުމަށް ދަސްކޮށްފައިވާ ގޮތް ތަފާތު ވުމުންނެވެ.
ލޭ މައްޗަށް ދާ މީހަކަށް އެންމެ މުހިންމު ކަމަކީ ލޭބަލާ ޑޮކްޓަރުންނަށް ލޭބަލަން އެނގޭތޯ ބެލުމެއްނޫނެވެ. ތިމާ ލޭމައްޗަށް ނުދަނީސް ފަރުވާ ނުފެށުމެވެ.

November 20, 2009

ލޯކައިރި ކަޅުވާން ދިމާވާ 5 ކަމެއް

ލޯކައިރި ކަޅުވާން ދިމާވާ 5 ކަމެއް


getty_rf_photo_of_dark_circles_under_eyesކޮންމެ 10 މީހަކުން 9 މީހަކު ލޯކައިރި ކަޅުވުމުގެ މައްސަލައާއި ހަޔާތުގެ ކޮންމެވެސް ދުވަސް ވަރެއްގައި ކުރިމަތިލައެވެ. ގިނަފަހަރަށް ލޯކައިރި ކަޅުވެފައި ވާކަމަށް ފާހަގަ ކުރެވެނީ ތިމާނޫން އެހެން މީހަކު ތިމާ އާއިދިމައަށް ބެލުމުންނެވެ. މިހެން ދިމާވަނީ އެހެންމީހެއްގެ ލޮލުގެ ވަށައިގެން ކަޅުވެފައިވާނަމަ މިކަމުން ދެކޭ މީހުންނަށް އުނދަގޫ އިހްސާސް ކުރެވޭތީ ކަމުގައި ހީކުރެވެއެވެ. އެހެނަސް ހަޤީޤަތުގައި މިކަން މިހެންވަނީ އަނެއްމީހާގެ ލޮލަށް ގިނަފަހަރަށް ބެލޭތީއެވެ.

ލޯކައިރި ކަޅުވާން ދިމާވާ 5 ކަމަކީ :-

1 އިރުގެ ހޫނުގެ ސަބަބުން
ވަރަށް ގިނަފަހަރަށް އިރުގެ ހޫނުގެ ސަބަބުން ލޯކައިރި ކަޅުވާން ދިމާވެއެވެ. މި ގޮތަށް ދިމާވާ ސަބަބެއްކަމުގައި ބެލެވިފައިވަނީ “ހައިޕަ ޕިގްމެންޓޭޝަން” އެވެ.

2 އާއިލީ ގޮތުން
އާއިލީ ގޮތުން ލޯ ތަންކޮޅެއް އެތެރެއަށް އުފެދުމުގައި ތިބޭމީހުންގެ ލޯކައިރި ކަޅުވާން ދިމާވެއެވެ.

3 ނުނިދުމުގެ ސަބަބުން
އެކަށީގެންވާވަރަށް ނުނިދާ އުޅޭކަމުގައިވާނަމަ ލޯކައިރި ކަޅުވާން ދިމާވެއެވެ. މޫނު ތާޒާކޮށް ބެހެއްޓުމަށްޓަކައި ރޭނގަޑުގެ ކުރީކޮޅު 9 ނުވަތަ 10 ޖަހާކަށް ހާއިރު ނިދުމާއި ފަތިހު ހޭލުން ރަނގަޅު ކަމުގައި ހޯދުންތަކުން ދައްކައެވެ.

4 އުމުރުންދުވަސް ވުމުގެ ސަބަބުން
އުމުރުން ދުވަސްވުމުގެ ސަބަބުން ލޯކައިރިކަޅުވެ ރޫޖެހޭ ގޮތް މެދުވެރިވެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަސްރަތުތައް ހުރެއެވެ.

5 އެލާޖިކް ވުމުގެ ސަބަބުން
މޫނުދޮންކުރުމަށް ލާ އުޅޭ ބައެއްކަހަލަ ކްރީމްތައް ( ތްރިޑޭސް ކަހަލަ ކްރީމްތައް ) ލުމުގެ ސަބަބުން ލޯކައިރި ކަޅުވާން ދިމާވެއެވެ.

މަތީގައި ބަޔާންވެފައިވާ 5 ކަންތަކުގެ މައްޗަށް ފަރުވާތެރިވެގެން އުޅޭނަމަ ލޯ ކައިރި ކަޅުވުމުން ސަލާމަތް ކުރެވިދާނެއެވެ

November 18, 2009

ތުންފަތުގެ ފަރުވާ



ތުންފަތަކީ އަހަރެމެންގެ މޫނުބަލާ ލޯގަޑެވެ. ތުންފަތް އޭގެ ޒާތުގައި އަމިއްލަޔަށްވެސް ހިކިކުރޮޅިވެއެވެ. ބައެއްފަހަރު ތުންފަތް މާދުޅަހެންހީވާފަހަރުވެސް އާދެއެވެ. ތުންފަތް އަބަދުވެސް މަޑުކޮށް ބެހެއްޓޭތޯ މަސައްކަތްކުރަންވާނެއެވެ. ބައެއްފަހަރު އުމުރުގެ އެކިމަރުހަލާތަކުގައި ތުންފަތަށް ބޭނުންވާފަރުވާ ތަފާތުވެގެންދެއެވެ. އަދިހަމަ ބޭނުންކުރާ ލިޕުސްޓިކުގެ ބާވަތްވެސް ތަފާތުވެގެންދެއެވެ. ގިނަފަހަރު މޭކަޕް ކުރުމުގައި އަޅުގަޑުމެން ތުންފަތާމެދު ފަރުވާކުޑަކޮށްލެވެއެވެ. މިއީރަގަޅު އާދައެއްނޫންކަން ކަށަވަރެވެ. ސަބަބަކީ އެއްމެބޮޑު ޚާއްސަކަމެއްދެވޭ އެއްތަނަކަށް ތުންފަތް ވާންޖެހޭނެކަމަށްޓަކައެވެ.
ތުންފަތުގެ ތިރީފަށަލައަކީ ވަރަށްނާޒުކު ފަށަލައެކެވެ. ތުންފަތް ހިކެމުންދާއިރު ފުރަތަމަ ހިކިގެން ދަނީވެސް މިފަށަލައެވެ. ތުންފަތް ފަޅައިގެން ދިޔުމުގެސަބަބުން އިންފެކްޝަންތައް ހެދި ތުންފަތުގައި ރިއްސާގޮތްވެއެވެ.
ފުރަތަމަ ތުންފަތް ހިކެން މެދުވެރިވާސަބަބުތަކަށްބަލާލަމާހިގާށެވެ. ހަށިގަނޑުގައިވާ ފެންހިކެނީ މާގިނައިން ކެފެއިން އާއި އަލްކަހޯލްގެ ބުއިންތައް ބޭނުން ކުރެވޭކަމަށްޓަކައެވެ. އަދިފުރަތަމަ މިކަމުގެ ހެކިފެންނަން ފަށަނީ އަޅުގަޑުމެންގެ ތުންފަތާހަމައިންނެވެ.
ހަށިގަޑު ގައިވާ ފެން ހިކުމުން ފުރަތަމަ އަސަރުކުރަން ފަށަނީ ތުން ފަތަށެވެ.
ތުންފަތުގެ ފަރުވާއަށްބޭނުންވާނީ
1. މަޑު ދަތްއުގުޅާ ބުރުހެއް
2. ފެން
3. ލިޕްބާރމް
4. ބޭބީ ތެޔޮ
ފުރަތަމަ ސްޓެޕް
ކުޑަ ލިޕްބާރމް ނުވަތަ ބޭބީ އޮއިލް ކޮޅެއްލާފަ ތުންފަތް މަޑުކޮށްލާށެވެ.
ދެވަނަ ސްޓެޕް
ތުންފަތުގައި ބޭބީ އޮއިލް އާއި ލިޕް ބާރމް ހޭކުމަށްފަހު ކުޑަކޮށް މަސާޖުކޮށްލާށެވެ.
ތިންވަނަ ސްޓެޕް
މަޑުބުރުހުން ވީހާވެސްމަޑުމަޑުން ތުންފަތުން ނެއްޓިފައިވާހަންތައް ސާފުކޮށްލާށެވެ.އެއްވެސްހާލެއްގައި މާބާރައް ބުރުހުން ތުންފަތް އުގުޅާހަދައިގެން ނުވާނެއެވެ.
ހަތަރުވަނަ ސްޓެޕް
ތުންފަތް ރީތިކޮށްސާފުކޮށްލުމަށްފަހު އަނެއްކާ ލިޕްބާރމް ހާކާލާށެވެ. ކޮންމެ ކޮންމެ ލިޕްބާރމެއް ރަގަޅެއްނުވާނެއެވެ. ތުންފަތުގައި ހޭކުމަށް އެންމެ ރަގަޅުވާނީ ވަރަށް ބުރޭންޑެޑް ކޮލިޓީ ތަކެއްޗެވެ. ޓިޔުބް ގޮތަށްހުންނަ ލިޕްބާރމް އާއްމުގޮތެއްގާ ގިނަމީހުނާ ގުޅޭކަމަށް ފާހަގަ ކުރެވެއެވެ.
ފަސްވަނަ ސްޓެޕް
ގިނައިން ފެންބޯށެވެ. ގިނައިންފެންބުއިމުން ތުންފަތާ ހަށިގަޑު ހިކުނަ ދިނުމުން ސަލާމަތްވެއެވެ. މަދުވެގެން 8 ތަށިފެން ދުވާލަކަށް ބޯންޖެހޭނެއެވެ. ގިނަވެގެން ކިތައްމެ ގިނަވިޔަސް އެންމެ ރަގަޅެވެ.
ހަވަނަ ސްޓެޕ
ތުންފަތުގެ ހަންފޮޅުމުން ރައްކާތެރިކުރުމަށްޓަކާ ލިޕްބާރމެއް ބޭނުންކުރުން ރަގަޅެވެ.
އިތުރު މައުލޫމާތު
ކޮފީ ނުވަތަ ކެފެއިންގެ ބާވަތްތަކަކީ ތުންފަތް ބޮޑަށް ހިއްކާދޭބާވަތްތަކެވެ. އަދި މާ ހޫނު ނޫނީ މާ ފިނި ތަންތަނުގައި ގިނަވަގުތު ހޭދަވުމުން ވެސް ތުންފަތް ފަޅައިގެން ދެއެވެ. މިއީ ތުންފަތުގެ ކައިރިފަށަލަ ތުނިކަމުން ވާގޮތެކެވެ. އަދި މިއީ ވަރަށް ދިލަ ތަދެއްވެސް ވާކަމެކެވެ.
މާ މަސައްކަތް ގިނަވުމާ ހާސްކަމަކީވެސް މުޅި ހަށިގަޑު ލޮޑުކޮށްދޭކަމެކެވެ. މިކަމުގައިވެސް އެނަމެ ބޮޑު އަސަރެއް ފުރަތަމަ ކުރަނީ ތުންފަތަށެވެ. ތުންފަތް ހިކި ތުންފަތް ފަޅައިގެން ދިޔުން އެކަށީގެން ވެއެވެ.
ނުގުޅޭ ލިޕްސްޓިކް ގެ ސަބަބުން ނާއި ނުގުޅޭ ކާނާގެ ސަބަބުން ވެސް ތުންފަތް ފަޅައިގެން ދެއެވެ. މިކަމުގެ އެންމެ ރަނގަޅު ފަރުވާ ދެވޭނީ ހާއްސަ ޑޮކްޓަރުން ނަށެވެ.
ބައެއް ބޭހުގެ ސަބަބުން ވެސް ހަށިގަނޑު ޑިހައިޑުރޭޓް ވުމާއި ތުންފަތް ހިކުން މެދުވެރި ވެއެވެ. މިކަމަށްވެސް އެންމެ އެކަށީގެންވަނީ ޑޮކްޓަރު ގެ ފަރުވާއެވެ.
ގޭގަ ހެދިދާނެ ފަރުވާ:
01
50 އެމް އެލްގެ ގުލިސަރިން
ލުބޯހުތް
ފިނިފެންމަލުގެ ދިޔަ
މިއެއްޗެތި ރަގަޅަށް އެއްކޮށްލުމަށްފަހު ކޮންމެދުވަހަކު ހެނދުނާ ހަވީރު ތުންފަތުގައި އުގުޅާށެވެ. މިއީ ހަލާކު ވެފައިވާ ތުންފަތަށާއި ތުންފަތް ހިކުމަށްވެސް ރަނގަޅު ފަރުވާއެކެވެ. މިއެއްޗެތި ފުރިޖް ގައި ބަހައްޓައިގެން 3 ދުވަހު ބޭނުން ކުރެވިދާނެއެވެ.
މަތީގައިވާ އެއްޗެތި ހޯދަން އުދަގޫފުޅުނަމަ ތާފަނާ ފެންފޮދެއްގެ ތެރެއަށް ކުޑަ ކަފަކޮޅެއް ލުމަށްފަހު އެކަފަކޮޅުގެ ހޫނުކަމުން ތުންފަތް މަސާޖްކުރާށެވެ. 6 ނުވަތަ 8 ފަހަރު މިގޮތަށް މަސާޖު ކުރުމަށްފަހު ގުލިސަރިން،ވެސްލިން ނުވަތަ މާމުއި ކޮޅެއް ލާށެވެ. އެއްގަޑިއިރު ވަންދެން ބަހައްޓާށެވެ. ކޮންމެދެދުވަހުން އެއްދުވަހު މިކަންތައް ތަކުރާރު ކުރާށެވެ. ޔަގީނުންވެސް ތަފާތު ފެންނާނެއެވެ.

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino