September 9, 2009

ފިލާވަޅު 1

އެކަންޏެވެ.
ހ- އަންނަނިވި ލިޔުންކިޔުމަށް ފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

މީހަކީ ހަމައެއްމެ ރަގަޅުމީހެކެވެ. ކޮންމެވެސް ދުވަސްވަރެއްގައި ރަގަޅު ދިރިއުޅުމެއް އުޅެމުންއައި މީހެކެވެ. މިހާރު އެއިންނަނީ ގޭތެރެއިން ކަނަކަށްވަދެ ގޮނޑިއެއް ބަހައްޓައިގެން ކަނަކަށްކުރިމަތި ލައިގެންނެވެ. މީހުންނަށް ފުރަގަސްދީގެންނެވެ. މީހުންނާ ވާހަކައެއް ނުދައްކައެވެ. ކާންގެނާމާ ކައެވެ. ބޯން ގެނައިމާ ބޮއެވެ. މިހެން އިނދެގެން މަޑުމަޑުން އެއްޗެއް ކިޔައެވެ. އެކިޔާ އެއްޗަކީ ޛިކުރެއް ތަސްބީޙައެއް ނޫނެވެ. ކިޔާއެއްޗަކީ އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ.
މީހަކީ އެންމެ ރަނގަޅު މީހެކެވެ. ކޮންމެމީހަކަށްވެސް އަންނަފަދައިން ޒުވާން ދުވަސްވަރެއް އައި މީހެކެވެ. ލޯބީގެ ބަގީޗާތަކަށްވެސް ވަދެ އުޅޫނުމީހެކެވެ. މާމަލުން ފޮނިބޮމުން އޭގެ ފިޔަތައް ރޫޅަމުން، އުދުހެމުން ދިޔަކޮކާތަކުގެ ތެރެއިން ކޮކާލެކޭ ބުނެވިދާނެއެވެ. އެންމެހައި މާމަލުން ދެންމަށަށް ދެންމަށަށް ގޮވައިލެވުނު ކޮކާލެކެވެ. ނަމަވެސް ދިރިއުޅުމުގެ މައިދާގައި މިހާރު އެއިނީ ކަނަކަށްވަދެ އެކަނިމާއެކަންޏެވެ. ކިހިނަކުން ހިނގި ކަމެއްތޯ ބަލާއިރު، ސަބަބެއް ފެނުނެވެ. ސަބަބަކަށް ވެފައި އޮތީ ލޯތްބެވެ.
ކެއްސަކަށް ވެގެން ދިޔަލޯތްބެވެ. ޒުވާން އުމުރުގެ އެންމެ ފުރިހަމަ ދުވަސްވަރު ހިނގިކަމެކެވެ. ދުނިޔެމަތީގެ ސުވަރުގެ ނުވަތަ ސުވަރުގެއޭ ކިޔުނުދުނިޔެ ފެނިއްޖެކަމަށް ހީވިއެވެ. ވަރުގަދަ ހަރުދަނާ ލޯބީގެ ގުޅުމަކުން އަނެއް ޖިންސުގެ އެކުވެރިޔަކާ ގުޅާލެވުނެވެ. ހުވަފެނެކޭ ހީވާފަދަ ގޮތެއްގައި ދުވަސްތައް ބުރުއަޅަމުން ދިޔައެވެ. އަބަދުވެސް އުފަލެވެ. އަބަދުވެސް ގުޅުމެކެވެ. އަބަދުވެސް ލޯތްބެވެ. ދެހަށިގަނޑެއްގައި ލައްވާފައި އޮތަސް އެއްހިތެކެވެ. އެއް ފުރާނައެވެ.
ދިރިއުޅުމުގެ އައްސޭރީގައި ދޮންވެލިގަނޑުމަތީ ކުރިއަށް އޮތްދުވަސްވަރާމެދު ކުރެވޭ އުއްމީދު ތަކުގެ ގަނޑުވަރުތައް ބިނާކުރަމުން ރާނަމުން އުސްކުރަމުން ގެންދިޔައެވެ. ގެއަޅާނެ ގޮތެވެ. ގޭތެރެ އޮންނާނެ ގޮތެވެ. ހިފައި ގެންގުޅޭ ތަކެއްޗެވެ. އެތަކެތި ގޭތެރޭގައި އަތުރާބަހައްޓާނެ ގޮތެވެ. ކުދީން ލިބުނީމައި ގެންގުޅޭނެގޮތެވެ. ކިޔަވައިދޭނެ ގޮތެވެ. މިފަދަ ހުވަފެން ތަކުގެ ތެރޭގައި އުޅުނު ދެޒުވާނުންގެ އަބުރުވެރިކަން ހިފެހެއްޓިފައި އޮތް ގޮތާމެދު ހައިރާންވާކަށް ނުޖެހެއެވެ. މޮޅުރަނގަޅު ފަސްގަނޑެއްގައި ހެދިފައިހުރި މޮޅު ދެގަހަކުން ފޮޅުނު ދެމަލެވެ. މައި ގަހުގަހުރި ހަރުދަނާކަމާއި މޮޅުކަން ހުންނާނެ ނޫންތޯއެވެ. އެހެންކަމުން ހަތަރުފަސް އަހަރުވީއިރު ކުޑަވެސް ކޫރުމެއް އެޅިފައެއް ނެތެވެ.
މިފަދަ އުފާވެރި ހުވަފެނެއްގެ ތެރޭގައި ދެޒުވާނުން އުޅެއުޅެ ތިއްބައި ފެނުނީ ދުރުން މާދުރުން އައި ކާޅެއް އައިސް ތެޔޮނާށި ޖަހައިގަނެގެން ދިޔަތަނެވެ. ދެކެމުން އައި ހުވަފެނުން ހެއިލެވުނީއެވެ. ސަބަބަކަށްވީ ދުރުން އައި މާލުވެރިޖާހުވެރިއެކެވެ.
ޒުވާނާގެ ދުނިޔެ މުޅިން އަނދިރިވެއްޖެއެވެ. އަރަމުން އައި އުއްމީދުގެ ތަރި އޮއްސިއްޖެއެވެ. އެއާއެކު ޤުދުރަތުން އޭނާގެ ކިބައިގައި ލައްވާފައިވާ ބުއްދީގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. އެތައް ޒަމާނެއް ވަންދެން ބޭސްގަރުވާގެ ދަށުގައި އޮންނަން ޖެހިއްޖެއެވެ.
ވަކިވަރަކަށް ގަދަވެގެން ގެއަށް އައިފަހުން އުޅޭގޮތަކީ މިއެވެ. ގޭތެރޭގެ ކަނަކަށް ވަދެ އަބަދުވެސް އިންނަނީ ކަނަކަށް ކުރިމަތިލައިގެންނެވެ. ކާންގެނައިމާ ކައެވެ. ބޯންގެނައިމާ ބޮއެވެ.
އެއްދުވަހަކު ސައިގެންނަމީހާ ސައިހިފައިގެން އައިސް ކޮނޑުމަތީގައި އަތްޖައްސާލިތަނާ ބަންޑުން ވެއްޓުނީއެވެ. ނެގިއިރު އޮތީމަރުވެފައެވެ. ހަރުކަށި ވެފައެވެ. ތެދެކެވެ. އައީވެސް އެކަންޏެވެ. ދުނިޔެއިން ދިޔައީވެސް އެކަންޏެވެ.

ހ. ދޭހައިގެ ސުވާލުތައް: (20 މާކުސް)

1. ވާހަކައިގައި އުޅޭމީހާގެ ބުއްދިގޯސް ވެފައިވާކަން ދައްކައިދޭ ދެހެއްކެއް ފުރަތަމަ ޕެރެގުރާފުން ހޯދާފައި ލިޔެދޭށެވެ! (3 މާކުސް)
..........................................................................................................................................................................

2. ލޯބީގެ ބަގީޗާ ތަކަށްވެސް ވަދެއުޅުނުމީހެކެވެ. މިޢިބާރާތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟ (3 މާކުސް)
..........................................................................................................................................................................
..........................................................................................................................................................................
3. ވާހަކައިގެ ބަތަލަށް ދުނިޔެމަތީގެ ސުވަރުގެ ފެނިއްޖެކަމަށް ހީވީކީއްވެގެން ހެއްޔެވެ؟ (2 މާކުސް)
..........................................................................................................................................................................
..........................................................................................................................................................................
4. ދެމީހުން ރައްޓެހިވުމަށްފަހު މަޝްވަރާ ކުރަމުން ގެންދިޔަ ކަންތައްތަކަކީ ކޮބާ؟ (3 މާކުސް)
..........................................................................................................................................................................
..........................................................................................................................................................................
5. އެދެ ޒުވާނުންގެ އަބުރުވެރިކަން ހިފެހެއްޓިފައި އޮތީކީއްވެގެންހެއްޔެވެ؟ (2 މާކުސް)
..........................................................................................................................................................................
..........................................................................................................................................................................
6. އެދެ ޒުވާނުން ރައްޓެހި ވެގެންއުޅުނީ ކިތައް އަހަރު ވަންދެން ހެއްޔެވެ؟ (2 މާކުސް)
..........................................................................................................................................................................
7. ޒުވާނާއަށް އެހާލު ޖެހެން ދިމާވީ ކެހިވެރި ލޯތްބެއް ކަމުގައި ލިޔުންތެރިޔާ ބަޔާންކުރައްވައެވެ. މިކަންވީގޮތް އަމިއްލަ ޢިބާރާތުން ކުރުގޮތަކަށް ލިޔެދޭށެވެ! (5 މާކުސް)
..............................................................................................................................................................................................................................................................................................................................................................................................................................................................................................................................
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
..........................................................................................................................................................................
..........................................................................................................................................................................
..........................................................................................................................................................................
..........................................................................................................................................................................

ފޮނުވާނީ މިމެއިލް އެޑްރެހަށެވެ mode_ibbbe@live.com ނޯޓް : ފިލާވަޅު 1 ހެދުމައްފަހު އެޖާބު ކަރުދާސްއަށް ފޮނުއްވާދެއްވާށެވެ. .

0 ޚިޔާލު:

Post a Comment

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino