.jpg)
ކުރިމަގު 2
ލިޔުނީ: ހުސެއިން ލަތީފް ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ
ޢަޅުނގަޑުގެ ދިރިއުޅުން ބައްޓަންކުރާ ގޮތް
ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމައްޓަކާ ވިސްނާ ފިކުރު ކުރާނެއެވެ. އެގޮތުން އަޅުގަޑުވެސް ބޭނުންވަނީ
އަޅުގަޑުގެ އަމިއްލަ ދިރިއުޅުމައްޓަކާ ވިސްނާ ފިކުރުކޮށް ހާސިލްކުރަން ބޭނުންވާ ފޮނިއުންމީދުތައް ހާސިލްކޮށް ބޭނުންވާ މަގުސަދުތައް ހާސިލްކޮށް ދިރިއުޅުން ބައްޓަންކުރާށެވެ.
އާދެ ! އަޅުގަޑުގެ ދިރިއުޅުން ބައްޓަންކުރަން ރާވާފައިވަނީ އަޅުގަޑު ބޭނުންވާ މަގުސަދު އިރާދަކުރެއްވެއްޖިއްޔާ ހާސިލްކޮށްގެންނެވެ. އާދެ ! އަޅުގަޑު ހާސިލްކުރަންބޭނުންވާ މަގުސަދަކީ ޖީސީ އޯލަވެލުން ސީއަށްވުރެ ދައްނޫން ގުރޭޑަކުން ފާސްވުމެވެ. އަހަރެންގެ މުސްތަގުބަލުގައި ހާސިލް ކުރަންބޭނުންވާ ފޮނި އުންމީދަކީ އަހަރެންބޭނުންވާ ކުއްޖާ ލިބުމެވެ. އަދި ދިރިއުޅުން ބައްޓަންކުރަން ރާވާފައިވާ ގޮތަކީ އެކުއްޖާ އާއި އިދެވިއްޖިއްޔާ ގެވަޅެއްނަގާ ގެއެއްރޭނުމެވެ. އަހަރެންގެ ގޭގައި އޮންނާނީ ހަތަރު ކޮޓަރިއާއި އެއްސިޓިންރޫމެވެ. އަދި ބަދިގެއަކާއި ކާގެއަކާއި ބަޑަހަގެއެއްވިސް އޮންނާނެއެވެ. ކޮޓަރީގެ ދިގުމިނަކީ 13 ފޫޓެވެ. އަދި ފުޅާ މިނަކީ 12 ފޫޓެވެ. އަދި ބަޑަހަގެއަކާއި ކާގެއަކާއި ބަދިގެއެއްގައި އޮންނާނީ ދާދި އެއްވަރު މިންތަކެވެ. ގޭގައި ކައްކަން ހުންނާނީ ގޭސްއުދުނެވެ. އަދި ދިމާވާ މައްސަލަތައް ދެމީހުން ވާހަކަދައްކައިގެން ހައްލުކުރާނީއެވެ.
އަދި އަހަރެން ހޯދަން ބޭނުންވަނީ ގިނަވެގެން ދެކުދިންނެވެ. އެއީ ދެފިރިހެން ކުދިންނައްވިޔަސް ހެވެ. ދެ އަންހެން ކުދިންނަށް ވިޔަސް ހެވެ. އަދި އަންހެންކުއްޖަކާ ފިރިހެންކުއްޖަކަށްވިޔަސް ހެވެ. ދޮނަސް ކަޅަސް ހެވެ. އެކުދިން ހެޔޮގޮތުގައި ބޮނޑުކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަމެވެ. އަދި އެއީ މުޖުތަމައަށް ފައިދާކުރާ މީހުންނަށް އަޅާލާ ، އޯގާތެރި، މީހުންނަށް އިހްތިރާމްކުރާ ބަޔަކަށް އެކުދިން ހަދާނަމެވެ.






0 ޚިޔާލު:
Post a Comment