އަޅުގަޑުގެ ދިރިއުޅުން ބައްޓަން ކުރާނެގޮތް:
ލިޔުނީ: އައިސަތު ސުހާނާ ވީވަރު ނ.ލަންދޫ ސުކޫލް ގުރޭޑް 8 ބީ
އަހަރެންގެ ދިރިއުޅުން
އަހަރެންގެ ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ ފިނިފެންމަލެއްގެ ބައްޓަމަށެވެ. އަހަރެންގެ ދިރިއުޅުން ބައްޓަންވެފައިވަނީ ފިނިފެންމަލެއްފަދަ ލޯބީގެ ގުޅުމަކުންނެވެ. އަހަރެންގެ ހަޔާތް ވޭތިވަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމާއި އަރާމާއި އެކުގައެވެ. އަހަރެން އުންމީދު ކުރާގޮތަކީ އަހަރެންގެ ދިރިއުޅުން އަހަރެންގެ ލޯބިވާޔާ އެކު އުމުރަށް ހޭދަކުރާށެވެ. އަދި އަހަރެމެންގެ ލޯބީގެ ބިންގާ މިއަށްވުރެ ވަރުގަދައަށް އެޅުމަށް މަސައްކަތް ކުރުމަށެވެ. އަހަރެން އުންމީދުކުރަމުންއައީ އާ ދިރިއުޅުމަކަށްފަހު އަހަރެމެންގެ ހިޔާލް ދިޔައީ ދަރިއެއްގެ މައްޗައް ބުރަވެގެންނެވެ.
އަސްލު ހަގީގަތުގައިވިސް ދަރިޔަކު ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް ކުރާއެންމެ ފޮނި އުންމީދެވެ. އަދި އެންމެ ބުރަމަސައްކަތްވެސް މެއެވެ. ދަރިޔަކު ތަރުބިއްޔަތު ކުރެވޭނީ ތައުލީމެއްވެސް އެމީހެއްގެ ގައިގައި ހުރެގެންނެވެ.
ތިންއަހަރަށްފަހު އަހަރެމެންގެ ލޯބިލޯބި ދަރިފުޅުވެސް ހިގާބިގާވެ އުފާވެރިކަމާއިއެކު ހިޔާލީ ދުނިޔޭގެ ތެރޭގައި އިންދާ އެނިދިން ހޭލައްވައިލީ އެކުޑަކުޑަ ދަރިފުޅު މަންމާއޭ ގޮވާލި އަޑަށެވެ.

0 ޚިޔާލު:
Post a Comment