September 28, 2009

ދިރިއުޅުން ބައްޓަން ކުރާގޮތް 4


ދިރިއުޅުން ބައްޓަން ކުރާގޮތް 4
ލިއުނީ : އައިމިނަތު ރީމާ ފުސްފަރު ނ. ލަންދޫ ސުކޫލް ގުރޭޑް 8 ބީ

އަޅުގަޑުގެ ދިރިއުޅުން ބައްޓަންކޮށް ރާވާނެގޮތް

ކޮންމެ އިންސާނަކީވެސް އެތަކެއް އުންމީދުތަކެއް ކުރަމުން ގެންދާނެ މީހެކެވެ. އަދި ކުރާނެ މީހެކެވެ. އެގޮތުން އަޅުގަޑުވެސް އެތަކެއް އުންމީދު ތަކެއް ކުރަމެވެ. އަޅުގަޑުގެ އެއްމަގުސަދެއްކަމުގައިވަނީ ކިޔެވުމެވެ. ކިޔެވުމަކީ އަގުހުރި ކަމަކަށްވާތީއެވެ. ކިޔަވައިގެން އެތަކެއް ފައިދާތަކެއް ވާތީއެވެ.

އަޅުގަޑަކީ ގުރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރެކެވެ. މިހާރު ފާއިތުވެގެން އެދިޔައީ ފުރަތަމަ ޓާމާ ދެވަނަ ޓާމެވެ. މިހާރު މިއީ ތިންވަނަ ޓާމެވެ. އެހެންކަމުން އަޅުގަޑުބޭނުމީ ތިންވަނަ ޓާމުން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. ދުރުރަށަކުން އައިސް މިހިރީވިސް އެމަގުސަދުގައެވެ.

މިޒަމާނަކީ ޖީސީން ރަގަޅު ނަތީޖާއެއް ހޯދައިގެން ނޫނީ ވަޒީފާއެއް ނުލިބޭނެ ޒަމާނެކެވެ. އަޅުގަޑުބޭނުމީ ޖީސީން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. މައިން ބަފައިންގެ ހިތްވަރާ ޓީޗަރުންގެ އަޅާލުމާއި ލޯބިހޯދައިގެން ކުރިއަށް ދިއުމަށެވެ.

އަޅުގަޑު ކިޔަވައި ނިމިގެން ހެލްތުޕޯސްޓްގައި ވަޒީފާ އަދާކުރާނީއެވެ. ނުވަތަ ޓީޗަރުކަން އަދާކުރާނީއެވެ. އަޅުގަޑުގެ މިފޮނި އުންމީދުތައް އިޖާބަކުރައްވާނެ ދުވަހަކަށް އަބަދުވެސް އަޅުގަޑު އިންތިޒާރު ކުރަމެވެ. އަދި އަޅުގަޑުގެ ލޯބިވާ މައިން ބަފައިންވެސް އިންތިޒާރު ކުރެއެވެ. އެމީހުން ހިނިތުންވެލާނޭ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރަމެވެ. މައިން ބަފައިންނާ ކިތަންމެ ދުރުގައި ވީނަމަވެސް އެމީހުން އަޅުގަޑުގެ ކިޔެވުމަށް ހިތްވަރު ދެއެވެ. އަޅުގަޑު އެހިއްވަރުގައި ހިފައިގެން ރަގަޅު ނަތީޒާއަކާއި ހިސާބަށް މިފަހަރު ދާނަމެވެ. މަންމަމެންގެ ފޮނި އުންމީދުތައް ނަގާނުލުމުގެ ބޭނުމުގައިވެސް މެއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino