ޝަރީޢަތް ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ހެކިބަހަށް ޖިނާއީކޯޓަށް ހާޒިރުވެ ހުރި ފުލުހަކަށް ކޯޓްތެރޭގައި މީހަކު ހަމަލާދީ މާރާމާރީ ހިންގައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަވިސުން ބުނެފިއެވެ. މިމާރާމާރީގައި ފުލުސްމީހާއަށް އެކިވަރުގެ ހާނީއްކަ ލިބިފައިވާކަމަށްވެސް ފުލުހުންބުނެއެވެ. 
މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު މި މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ޙާޟިރުކުރި ގއ.ވިލިނގިލީގެ ފިރިހެނެއްކަމަށް ވެސްފުލުހުން މަޢުލޫމާތު ދެއްވައެވެ . މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުން ދަނީ ތަހްޤީޤްކުރަމުންނެވެ.  






1 ޚިޔާލު:
varah ragalhu modege liyunthah fennaane dhendhoo
Post a Comment