September 15, 2009

ނައިބު ރައީސް






ނައިބު ރައީސް، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ މިއަދު ބައްދަލުކުރައްވައިފި
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ކުނިއޯ ޓަކަހާޝީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއްވެދޭ ޤައުމެއްކަމަށް ވިދާޅުވިއެވެ. އަދި މިއަދު ރަސްމީކޮށް ހުޅުވުނު ހިރިޔާ ސްކޫލަކީ، ޖަޕާން ސަރުކާރުގެ ވަރަށް ދީލަތި އެހީއެއްގެ ދަށުން ބިނާކުރެވުނު ސްކޫލެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީއަށް އެކިއެކި ދާއިރާތަކުގައި ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީތަކަށްޓަކައި، ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދަތިތކާ ބެހޭގޮތުން ސަފީރަށް މަޢްލޫމާތު ދެއްވިއެވެ. އަދި ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް މުހިންމު ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޖަޕާނުން އެހީތެރިވެދެއްވިދާނެ އެހެން ބައެއް ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިސްޓަރ ކުނިއޯ ޓަކަހާޝީ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށް ވިދާޅުވެ، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވިއެވެ. އަދި، ކުރިއަށްއޮތް ތާނގައިވެސް، ޖަޕާން ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ތަފާތު އެހީތައް ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino