މީހަކީ ހަމައެއްމެ ރަގަޅުމީހެކެވެ. ކޮންމެވެސް ދުވަސްވަރެއްގައި ރަގަޅު ދިރިއުޅުމެއް އުޅެމުންއައި މީހެކެވެ. މިހާރު އެއިންނަނީ ގޭތެރެއިން ކަނަކަށްވަދެ ގޮނޑިއެއް ބަހައްޓައިގެން ކަނަކަށްކުރިމަތި ލައިގެންނެވެ. މީހުންނަށް ފުރަގަސްދީގެންނެވެ. މީހުންނާ ވާހަކައެއް ނުދައްކައެވެ. ކާންގެނާމާ ކައެވެ. ބޯން ގެނައިމާ ބޮއެވެ. މިހެން އިނދެގެން މަޑުމަޑުން އެއްޗެއް ކިޔައެވެ. އެކިޔާ އެއްޗަކީ ޛިކުރެއް ތަސްބީޙައެއް ނޫނެވެ. ކިޔާއެއްޗަކީ އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ.
މީހަކީ އެންމެ ރަނގަޅު މީހެކެވެ. ކޮންމެމީހަކަށްވެސް އަންނަފަދައިން ޒުވާން ދުވަސްވަރެއް އައި މީހެކެވެ. ލޯބީގެ ބަގީޗާތަކަށްވެސް ވަދެ އުޅޫނުމީހެކެވެ. މާމަލުން ފޮނިބޮމުން އޭގެ ފިޔަތައް ރޫޅަމުން، އުދުހެމުން ދިޔަކޮކާތަކުގެ ތެރެއިން ކޮކާލެކޭ ބުނެވިދާނެއެވެ. އެންމެހައި މާމަލުން ދެންމަށަށް ދެންމަށަށް ގޮވައިލެވުނު ކޮކާލެކެވެ. ނަމަވެސް ދިރިއުޅުމުގެ މައިދާގައި މިހާރު އެއިނީ ކަނަކަށްވަދެ އެކަނިމާއެކަންޏެވެ. ކިހިނަކުން ހިނގި ކަމެއްތޯ ބަލާއިރު، ސަބަބެއް ފެނުނެވެ. ސަބަބަކަށް ވެފައި އޮތީ ލޯތްބެވެ.
ކެއްސަކަށް ވެގެން ދިޔަލޯތްބެވެ. ޒުވާން އުމުރުގެ އެންމެ ފުރިހަމަ ދުވަސްވަރު ހިނގިކަމެކެވެ. ދުނިޔެމަތީގެ ސުވަރުގެ ނުވަތަ ސުވަރުގެއޭ ކިޔުނުދުނިޔެ ފެނިއްޖެކަމަށް ހީވިއެވެ. ވަރުގަދަ ހަރުދަނާ ލޯބީގެ ގުޅުމަކުން އަނެއް ޖިންސުގެ އެކުވެރިޔަކާ ގުޅާލެވުނެވެ. ހުވަފެނެކޭ ހީވާފަދަ ގޮތެއްގައި ދުވަސްތައް ބުރުއަޅަމުން ދިޔައެވެ. އަބަދުވެސް އުފަލެވެ. އަބަދުވެސް ގުޅުމެކެވެ. އަބަދުވެސް ލޯތްބެވެ. ދެހަށިގަނޑެއްގައި ލައްވާފައި އޮތަސް އެއްހިތެކެވެ. އެއް ފުރާނައެވެ.
ދިރިއުޅުމުގެ އައްސޭރީގައި ދޮންވެލިގަނޑުމަތީ ކުރިއަށް އޮތްދުވަސްވަރާމެދު ކުރެވޭ އުއްމީދު ތަކުގެ ގަނޑުވަރުތައް ބިނާކުރަމުން ރާނަމުން އުސްކުރަމުން ގެންދިޔައެވެ. ގެއަޅާނެ ގޮތެވެ. ގޭތެރެ އޮންނާނެ ގޮތެވެ. ހިފައި ގެންގުޅޭ ތަކެއްޗެވެ. އެތަކެތި ގޭތެރޭގައި އަތުރާބަހައްޓާނެ ގޮތެވެ. ކުދީން ލިބުނީމައި ގެންގުޅޭނެގޮތެވެ. ކިޔަވައިދޭނެ ގޮތެވެ. މިފަދަ ހުވަފެން ތަކުގެ ތެރޭގައި އުޅުނު ދެޒުވާނުންގެ އަބުރުވެރިކަން ހިފެހެއްޓިފައި އޮތް ގޮތާމެދު ހައިރާންވާކަށް ނުޖެހެއެވެ. މޮޅުރަނގަޅު ފަސްގަނޑެއްގައި ހެދިފައިހުރި މޮޅު ދެގަހަކުން ފޮޅުނު ދެމަލެވެ. މައި ގަހުގަހުރި ހަރުދަނާކަމާއި މޮޅުކަން ހުންނާނެ ނޫންތޯއެވެ. އެހެންކަމުން ހަތަރުފަސް އަހަރުވީއިރު ކުޑަވެސް ކޫރުމެއް އެޅިފައެއް ނެތެވެ.
މިފަދަ އުފާވެރި ހުވަފެނެއްގެ ތެރޭގައި ދެޒުވާނުން އުޅެއުޅެ ތިއްބައި ފެނުނީ ދުރުން މާދުރުން އައި ކާޅެއް އައިސް ތެޔޮނާށި ޖަހައިގަނެގެން ދިޔަތަނެވެ. ދެކެމުން އައި ހުވަފެނުން ހެއިލެވުނީއެވެ. ސަބަބަކަށްވީ ދުރުން އައި މާލުވެރިޖާހުވެރިއެކެވެ.
ޒުވާނާގެ ދުނިޔެ މުޅިން އަނދިރިވެއްޖެއެވެ. އަރަމުން އައި އުއްމީދުގެ ތަރި އޮއްސިއްޖެއެވެ. އެއާއެކު ޤުދުރަތުން އޭނާގެ ކިބައިގައި ލައްވާފައިވާ ބުއްދީގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. އެތައް ޒަމާނެއް ވަންދެން ބޭސްގަރުވާގެ ދަށުގައި އޮންނަން ޖެހިއްޖެއެވެ.
ވަކިވަރަކަށް ގަދަވެގެން ގެއަށް އައިފަހުން އުޅޭގޮތަކީ މިއެވެ. ގޭތެރޭގެ ކަނަކަށް ވަދެ އަބަދުވެސް އިންނަނީ ކަނަކަށް ކުރިމަތިލައިގެންނެވެ. ކާންގެނައިމާ ކައެވެ. ބޯންގެނައިމާ ބޮއެވެ.
އެއްދުވަހަކު ސައިގެންނަމީހާ ސައިހިފައިގެން އައިސް ކޮނޑުމަތީގައި އަތްޖައްސާލިތަނާ ބަންޑުން ވެއްޓުނީއެވެ. ނެގިއިރު އޮތީމަރުވެފައެވެ. ހަރުކަށި ވެފައެވެ. ތެދެކެވެ. އައީވެސް އެކަންޏެވެ. ދުނިޔެއިން ދިޔައީވެސް އެކަންޏެވެ.
ހ. މަތީގައިވާ އިބާރާތް އޭގެ ތިންބައިކުޅަ އެއްބަޔައް ހުލާސާކުރާށެވެ. : (20 މާކުސް)
ނޯޓް : ފިލާވަޅު 1 ހެދުމައްފަހު އެޖާބު ކަރުދާސް mode_ibbbe@live.com އަށް ފޮނުއްވާދެއްވާށެވެ. ސުވާލް މާކުކުރުމައްފަހު ލިބުނު މާކުސް ވަކިން އެގޭނެހެން އެމެއިލްއަކަށް ފޮނުއްވާލެވޭނެއެވެ.






0 ޚިޔާލު:
Post a Comment