ލިއުނީ : އަލީޒިޔާދު   ނ. ލަންދޫ ސުކޫލް ގުރޭޑް 10 އޭ
ޒައިދުގެ ...............
ޖައްވުގެތެރޭގައި ފިރުކެމުންއަންނަ ފިނިރޯޅިވައިގެ ބީހުން، އިހްސާސްކުރަމުން ޒައިދު އެއިނީ އޭނާގެ ލޯބިވެރިޔާގެ އިންތިޒާރުގައި އަތިރިމަތީގައި އިން ގަހެއްގެ ނަލަ ހިޔާކޮޅެއްގެ ތެރޭގައެވެ. ވަރަށްވެސް ހިތްގައިމެވެ. އޭނާ މިހެން އިންނަތާ އިރުތަކެއްވެއްޖެއެވެ. އެ އަންހެންކުއްޖާގެ ހިލަމެއް ބިލަމެއްވެސް ނުވެއެވެ. ޒައިދުގެ ހިތައް މި އަރަމުން އަންނަނީ ރަގަޅު އެއްޗެއްބާވައެވެ. އެތައް ދުވަސްތަކެއްގެ ބީހުންތަކަކަށްފަހު ހާތިނާ ބަދަލްވަނީ ބާވައެވެ. ނޫން ނޫން........ އަހަރެންގެ ކުށެއް އެއަކު ނޯންނާނެ............ޒައިދު ހިތާހިތާ ކިޔާލިއެވެ. މިހެންއިދެއިދެ ހާތިނާ ހަބަރެއް ނުވުމުން ޒައިދު ގެޔަށް ދިޔައެވެ.
ހެނދުނުގެ ނާސްތާއަށްފަހު ޒައިދު ހިތްހަމަ ޖައްސާލުމަށްޓަކާ އަތިރިމައްޗަށް ހެދުނު ހެދުނާ ދިޔައިރު ހާތިނާ އެތަނުގައި އިންދާ ފެނުނެވެ. ޒައިދު އަވަސްވެގަތީ އިއްޔެގަ ނާދެވުނު ސަބަބު ހޯދާށެވެ. އެހެންނަމަވެސް ޒައިދު ކިޔާއެއްޗަކަށް އޭނާ މާކަބޮޑަކަށް އަޅައެއް ނުލައެވެ. އިރުއިރުކޮޅާ ގަޑިބަލާން ނޫނީ ދެފަރާއް ހޯދައިލާނެ..... މިއީ އެ ހިދުކޮޅުތެރޭގައި ހާތިނާގެ މަސައްކަތެވެ. ޒައިދުއަށް ހާތިނާ އެއިނީ އޭނާގެ އިންތިޒާރުގައިނޫންކަން ޝައްކުވާން ފެށުމުން މަޑުމަޑުން ދުރައްޖެހިލިއެވެ. ހަމަ ޒައިދު ދުރައްޖެހިލުމާއިއެކު ހާތިނާ ފުންމައިގެން ތެދުވެ ފާޑަކަށް ބަލާލާފައި ދުވެފައި ހިގައްޖެއެވެ.
މޫސުން ބަދަލްވެއްޖެއެވެ. ބަހާރު މޫސުން އެބުރި ދިޔައީއެވެ. މިބަދަލްވި މޫސުމާއިއެކު ޒައިދުގެ ލޯބިވެރިޔާ ހާތިނާވެސް ބަދަލްވަނީ ބާވައެވެ. ޒައިދު މިހާރު އަބަދުވެސް އިންނަނީ ކޮންމެވެސް ފިކުރެއްގެ މަތީގައެވެ. އެހެން ދުނިޔެއެއްގައެވެ. ކަންވާނީވެސް މިހެންނެވެ. ހިތެއްގެ ލޯބިވެރިޔަކު ދުރައްދާން ވެއްޖެނަމަ ދިމާވާނެ ހިތި ހިތާމައަކީ އެހެންމީހަކަށް ދެނެގަނެވޭނެ ވަރުގެ ކަމެއްނޫނެވެ. މިވަރުންވެސް ޒައިދު ހާތިނާދެކެ ވާލޯއްބެއްގެ ބޮޑުކަމުން ހިތްވަރު އެލުވަޔެއް ނުލައެވެ. އޭނާއަށް މިއިދެވެނީ ސައްކެއްގެ ތެރޭގާ ކަމަށް ހީކޮށް ހާތިނާއަށް އޮތް އިތުބާރު ގަދަކުރިއެވެ.
ދުވަސްތައް ހަފުތާތަކަށް ، ހަފުތާތައް މަސްތަކަށް ،މަސްތައް އަހަރު ތަކަށްވަމުންގޮސް މިއަދުވެސް ޒައިދު އެއިނީ ހަމަ އެގަސްދޮށުގަ އަތިރިމަތީގަ ހާތިނާގެ އިންތިޒާރުގައެވެ. ހާތިނާ ލަސްވުމުން ފޯނުނަގައި ގުޅޭގޮތެއްވިސް ނުވެއެވެ. ހަމަ ގުޅާއިރަށް ދެފަހަރު ރިންގުވެފަ ކެޑެނީއެވެ. ޒައިދުއަށް ހާތިނާ ބަދަލުވަނީކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އިރު އޭގެ ވާޒިބު އަދާކުރުމަށް ފަހު އޮއްސެންދާވަގުތެވެ. ކުއްލިއަކަށް ޒައިދު އެއްލިކަޅިއަކުން ފެނުނީ އޭނާ އެންމެ ލޯބިވާ އަދި އެންމެ ލޯބިވި ހާތިނާއެވެ. ޒައިދުއަކަށް ހާތިނާއާ ކުރިމަތިލާކަށް ނުކެރުނެވެ. ހާތިނާ މިހާރު އެއީ އެހެން މީހެއްގެ މިލްކެކެވެ. ޒައިދުއަށް ޖެހުނީ ލޮލުން ކަރުނަ ފޮހެލަމުން އެބުރި ހިތާމަތައް މޭގަބާއްވާލައިގެން އޭގެ އަސަރުގައި ޖެހި ހުންގާނުނެއް ދޯންޏެއްހެން ގެއާދިމާލަށް ދާށެވެ. ޒައިދު ހީވަނީ ބުއްދިގޯސްވެފައި ހުރިހެންނެވެ. ދެވޭ ނުދެވޭ ތަނެއްވިސް ނޭންގެއެވެ. ތެޅެމުން ފޮޅެމުން ގޮސް ގެއަށް އެފަކީރަށް ވަދެވުނީ ހަމަކިރިއާއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ އޭނާގެ އިންތިޒާރުގައި އެގޭގެ ހިރުދު ގަހުގައި އެލުވާފައިހުރި އުދޮލީގައި އިން ސިމާނާއެވެ. އާއެކެވެ. ހަގީގަތުގައިވިސް ސިމާނާ ޒައިދު ދެކެ ވަރަށްވެސް ލޯބިވެއެވެ. އޭނާގެ މޫނުމަތީވަނީ ކަރުނައިގެ ތިކިތަކުން ފޯވެފައެވެ. މިއީ ސިމާނާ ކޮންމެ ދުވަހަކުވެސް އެގެއަށް އަންނަ ގަޑިއެވެ. ޒައިދު އަކަށް ސިމާނާގެ ގިސްލުން އަޑުއަހާކަށް ކެތެއް ނުވިއެވެ. ހަމަ އެއާއިއެކު ޒައިދުއަށް ހާތިނާގެ ހަދާންތަކާއި ދުރައްދާން އަދިވެސް މިއޮތީ މަގުހުޅުވިފައެވެ. ޒައިދު ހާތިނާދެކެ ވީލޯބި ކަފުންކޮށް ވަޅުލުމަށް ފަހު ސިމާނާއާއިއެކު އާހަޔާތެއް ފެށުމަށް އަޒުމުކަޑައަޅައިފިއެވެ. އެދެލޯބިވެރިން ވަރަށްވެސް ގުޅެއެވެ.
ދުވަސްތައްވޭތުވަމުން ގޮސް މިއަދަކީ އެދެލޯބިވެރިންގެ ކައިވެނި ވެވުނުދުވަހެވެ. ކައިވެނީގެ އިންތިޒާމަށްފަހު
ޒައިދު ގެއިން ނުކުމެލީ ފިނިކޮށްލުމުގެ ނިޔަތުގައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ހާތިނާ ރޮމުން ރޮމުން ދިމާލަކަށް ދާތަނެވެ. ރައްޓެއްސެއްގެ ވާހަކައިން އެގުނު ގޮތުގައި ހާތިނާ އެރޮނީ އޭނާގެ ފިރިމީހާ އޭނާ ވަރިކުރުމުންނެވެ. އަދި އޭނާ އެއިނީ ކުއްޖަކަށް ބަލިވެކަމެވެ. ޒައިދު މާގިނަ ސުވާލްތަކެއް އިތުރަކަށް ނުކުރެއެވެ. ކުރުމުގެ ބޭނުމެއްވެސް ނެތެވެ. މީހަކަށް ދެރައެއް ދީފަކާ އެހެންމީހަކަށްވެސް އުފަލަކު ނޫޅެވޭނެއެވެ. ކޮންމެ މަހަކަށް ގަލެއްވާފަދައިން ޒައިދުއަށްވިސް މިވަނީ ހަޔާތުގެ ބައިވެރިޔަކު ލިބިފައެވެ.

0 ޚިޔާލު:
Post a Comment