September 6, 2009

ޗައިނާއާއި ބަރުމާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވަސީލަތް މެދުވެރިކުރައްވާވެސް ބަރުމާގެ ވާދަވެރި ސިޔާސީ ލީޑަރ އަންގ ސަން ސޫޗީ މިނިވަން ކުރުމަށް ފިޔަވަޅ

ޗައިނާއާއި ބަރުމާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވަސީލަތް މެދުވެރިކުރައްވާވެސް ބަރުމާގެ ވާދަވެރި ސިޔާސީ ލީޑަރ އަންގ ސަން ސޫޗީ މިނިވަން ކުރުމަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްބޭފުޅުންގެ ވަފްދާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައި، ސެންޓްރަލް ކޮމިޓީގެ މެންބަރު އަދި ޓިއަންގ ޖިންގ މުނިސިޕަލް ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޗެންގ ގައުލީގެ އަރިހުން މިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަމުން، މިކަމަކީ އެމަނިކުފާނުގެ ހިތްޕުޅުން ނުފިލާ އޮންނަ ކަންބޮޑުވެވަޑައިގަތުމެއް ކަމުގައިވާތީ، މިއީ، ރަޙްމަތްތެރިކަމުގެ ރޫޙުގައި ދެންނެވި ދެންނެވުމެއް ކަމަށް ވިދާޅުވިއެވެ.

މިސްޓަރ ޗެންގ ގައުލީ ވިދާޅުވީ، އަވަށްޓެރި ރަޙްމަތްތެރި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާމެދު ޗައިނާއިން އުޞޫލެއްގެ ގޮތުން ނުބެހޭނެ ކަމަށާއި، ނަމަވެސް ބަރުމާފަދަ ރަޙްމަތްތެރި ޤައުމުތަކުގައިވެސް ޑިމޮކްރަސީގެ އުޞޫލުތައް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ގެންގުޅުއްވާ އުޞޫލު ޗައިނާއިން ކުރިއަށް ނެރުއްވައި ހިފަހައްޓަވާނެ ކަމަށެވެ.

3 ޚިޔާލު:

Anonymous said...

MODE VARAH GADHA DHO

xeiro on September 6, 2009 at 3:22 PM said...

މުހަންމަދު އިބްރާހިމް ތިޔަ ކުރައްވާ މަސައްކަތަށޤް ސާބަސް

ahmed said...

ok dho mihaaru

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino