
 ގާމާދޫ ޖަލު ހުރި ސަރަޙައްދުން އިންސާނެއްގެ ބޮލުގެ ކަށިގަނޑެއް ފެނުމާ ގުޅިގެން، އެކަން ތަޙްޤީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފި
 ގާމާދޫ ޖަލު ހުރި ސަރަޙައްދުގެ ގަހެއްގެ ކައިރި ކޮންނަން އުޅުމުގެ ތެރޭގައި، އިންސާނެއްގެ ބޮލުގެ ކަށިގަނޑެއް ފެނުމާ ގުޅިގެން، އެކަން ތަޙްޤީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިއަދު އަންގަވައިފިއެވެ. މިމައްސަލަ ތަޙްޤީޤު ކުރެއްވުމަށް މިއެންގެވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ސަރުކާރުން ދެކޭތީއާއި، މީގެކުރިން ޖަލުގައި އެކިމީހުންނަށް އަނިޔާކޮށް، އަދި ބައެއް މީހުން މަރުވެފައިވާކަމުގެ އަޑުތައް ފެތުރިފައިވާތީއެވެ. 






0 ޚިޔާލު:
Post a Comment