October 8, 2009

ދުނިޔޭގެ ޤުދްރަތީ 7 ޢަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރުމަކީ، މުޅި ރާއްޖޭގެ ދެމިއޮތުމާ ގުޅުންހުރި މަސައްކަތެއް ކަމުގައި ނައިބު ރައީސް

ދުނިޔޭގެ ޤުދްރަތީ 7 ޢަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރުމަކީ، މުޅި ރާއްޖޭގެ ދެމިއޮތުމާ ގުޅުންހުރި މަސައްކަތެއް ކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ޤުދްރަތީ 7 ޢަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރުމަކީ، މުޅި ރާއްޖޭގެ ދެމިއޮތުމާ ގުޅުންހުރި މަސައްކަތެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ނިއު ސެވަން ވޮންޑަރސްއިން ހޮވާ ޤުދްރަތީ 7 ޢަޖައިބުގެ ތެރޭގައި، ދިވެހިރާއްޖެ ހިމެނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވުމާއެކު، ސަރުކާރުގެ އޮފީސްތަކުގައި [ނިއު ސެވަން ވޮންޑަރސް“ އަށް ވޯޓުލުމުގެ ކެމްޕޭން ފެށުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވޯޓުލުން ފަށްޓަވައި ދެއްވުމަށް މިއަދު މެންދުރުފަހު އެއޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މިކަން އިފްތިތާޙު ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި ތަން ކަމަށާއި، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ ނިޢުމަތަކީ، ދުނިޔޭގެ ހުރިހާ އެންމެން، އެކަމަށްޓަކައި ޙަސަދަވެރިވާ ރީތި ޤުދްރަތީ ތަނެއް ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ދުނިޔޭގެ އެންމެ ރީތި ޤުދްރަތީ 7 ޢަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރުމަކީ، ދުނިޔޭގެ ވަރަށްގިނަ ބައެއްގެ ވިސްނުމާއި ސަމާލުކަން ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino