October 14, 2009

އަލަނާސި ފަނި

އަލަނާސި ފަނި


ބޭނުންވާ ތަކެތި

1 އަލަނާސި ނުވަތަ 1 ދަޅު އަލަނާސި
1
ކިލޯ ހަކުރު 2/1 ކިލޯ ހަކުރު
1
ސައިސަމުސާ ލޮނު
10
ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

އަލަނާސި ރީއްޗަށް މައްޓަވާފައި ކުދިކޮށް ކޮށާލައްވާށެވެ. ދެން ހަކުރާ އެއްބައި ފެނާއެކު އަލަނާސި މިކްސަރަށް އަޅުއްވާފައި 3 މިނިޓް ވަންދެން ކަރަންޓުން މިކްސް ކުރައްވާށެވެ. އެއަށްފަހު ދެން ހުރި ފެން އަޅުއްވާފައި ރަގަޅަށް ގިރާލައްވާށެވެ. އަދި ލޮނުކޮޅު ވެސް މިއަށް އަޅުއްވާލައްވާށެވެ. އޭގެ ފަހުގައި ފުރާނުއްވާފައި އައިސް އަލަމާރިއަށް ލައްވާށެވެ. މާ އޮލަނަމަ، 2 ޖޯޑެއްހާ ފެން އިތުރު ކުރެވިދާނެ އެވެ. އަދި ފޮނިގަދަކޮށް މީރުފުޅު ބޭފުޅުންނަށް 2/1 ޖޯޑެއްހާ ހަކުރު ވެސް އިތުރު ކުރެވިދާނެ އެވެ.

ނޯޓް: ދަޅު އަލަނާސި ނަމަ، 2/1 ކިލޯ ހަކުރަށް ފުދޭނެ އެވެ. ހައްދަވާނީ، ހަމަ މަތީގައިވާ ގޮތަށެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino