October 5, 2009

ޓީޗަރުންގެ ދުވަސް

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންހަފްލާ އެއް ރޭ ހިރިޔާ އަދި ތާޖުއްދީން ސްކޫލްގައި ބާއްވައިފި.
04 އޮކްޓޯބަރ 2009
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހިރިޔާ އަދި ތާޖުއްދީން ސްކޫލްގައި ހަފްލާއެއް ބާއްވައިފިއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ، އަލްފާޟިލް މުހަންމަދު ނަޝީދެވެ. މި ޖަލްސާގައި މީގެ އިރުތުން ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ޑެޕިއުޓީ ޑރ. އަބްދުﷲ ނަޒީރު އާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުންނާއި އެކި ސްކޫލްތަކުގެ ސްކޫލް ބޯޑް ތަކާއި ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވެ ވަޑައިގަތެވެ.

ކީރިތި ޤުރުއާން ގެ ބަރަކަތުން ފެށުނު މި ރަސްމިއްޔާތު ކުރިޔައްދާނޭ ގޮތުގެ ކުރު ތަޢާރަފަކަށްފަހު ދެން ވާހަކަފުޅު ދެއްކެވީ އެޑިއު-އެންޓާރޓައިންމެންޓް ކޮމިޓީގެ ޗެއާރމަން އަދި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް، އަބްދުﷲ އިސްމާއިލް އެވެ. މި ހަފްލާ އަކީ ރާއްޖޭގެ ހުރިހާ ޓީޗަރުން ގުޅިގެން ބާއްވާ އެއްވުމެއް ކަމަށާއި، މީގެ މައިގަޑު މަޤުސަދަކީ ހުރިހާ ޓީޗަރުން އެއްތަނަކުން ބައްދަލު ކޮށްލުމުގެ ފުރުސަތު ދިނުމާއި އަދި ޓީޗަރުންނަކީވެސް މުހިންމު ބައެއްކަން އަންގައި ދިނުންކަމުގައި އަބްދުﷲ އިސްމާއިލް ވިދާޅުވިއެވެ. ޑރ. ނަޒީރުގެ ވާހަކަފުޅުގައި ޓިޗަރުންގެ ދުވަސް ފާހަގަ ކުރަނީ މުދައްރިސުންކުރާ ބުރަ މިންނެތް މަސައްކަތް ވަޒަންކުރުމަށްޓަކައި ކަމަށާއި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ވަރަށް މުހިންމު ކަމާއި އަހައްމިއްޔަތުކަން ޓީޗަރުންނަށް ދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ މަންހަޖް އިސްލާހު ކުރެވުމުގެ މަސައްކަތް ނިމިގެން ދިޔުމާއި އެކު ކިޔަވާދިނުމުގެ ގޮތްތަކަށްވެސް ބަދަލު އަންނާނޭ ކަމިގައިވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.

"ކޮންމެ ޓީޗަތަކަށް ލެޕްޓޮޕެއް" މި ޕޮރްގްރާމް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ސްކޫލްތަކާ ފޯމްތައް ހަވާލްކޮށް ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ. އަދި ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އާއި މުބާރިކު ބާދީ އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ހުރިހާ ޓީޗަރުންނަށް ރައްދުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ހަފްލާގައި ދެން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ އެވެ. ޓީޗަރުނެނަށް ތައުރީފާއި މަރުހަބާ ދަންނަވަމުން މިނިސްޓަރ ވަނީ ސިވިލް މުވައްޒަފުން މަދުކުރެވޭނޭ ވާހަކަ މިދޭތެރޭން ދެކެވިފައި ވާނަމަވެސް ތަމްރީންވެފައި ތިބި ޓީޗަރުންނެއް ވަޒީފާއިން ރާއްޖޭގައި ގެއްލިގެން ނުދާނޭކަމުގެ ޔަޤީންކަން ޓީޗަރުންނަށް އަރުވައި، މިކަމާ ކަންބޮޑުވެ ނުލެއްވުމަށް ޓީޗަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino