| މަތިދެކުނު ޕްރޮވިންސުން 1800 މީހުން އެމްޑީޕީއަށްވަދެ ފޯމް ހަވާލުކުރުމަށް ރަސްމިއްޔާތެއްބާއްވައިފި | 
|                        މަތިދެކުނު ޕްރޮވިންސްގެ ރަށްރަށުން އަށާރަސަތޭކަ މީހުން އެމް.ޑީ.ޕީ. އަށްވަނުމަށް، އެދި މެންބަރޝިޕްފޯމް ފުރިހަމަ ކުރުމަށްފަހު އެމް.ޑީ.ޕީއާ ޙަވާލުކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. އެމް.ޑީ.ޕީގެ ސެކްރެޓޭރިއޭޓްގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕަރޓީގެ ޗެއަރޕާރސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ ސަރުކާރު ބަލައިގަންނަކަމުގެ ހެކި ލިބެމުންދާ ކަމުގައެވެ. އެމް.ޑީ.ޕީން މިހާރު ކުރަމުންދާ މަސައްކަތުން މިމަސް ނިމޭއިރު މެންބަރުންގެ އަދަދު ތިރީސް ތިންހާހަށްވުރެ އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ. އެޕާޓީންބުނީ ހުސްވި އޮކްޓޫބަރމަހުގެ ނިޔަލަށް ސައުވީސްހާސް ސަތޭކައެއްހާ މެންބަރުން އެޕާޓީގައި ތިބިކަމަށާ، އިތުރު އެއްހާސް ހަތަރުސަތޭކަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމުގައެވެ. މިދިޔަ އޮކްޓޫބަރމަހު މެނބަރުން ހޯދުމަށް އެޕަރޓީން ފެށި މަސައްކަތުން ހުވަދުއަތޮޅު އުތުރުބުރިން އެކަނިވެސް ހަތްސަތޭކަމީހުން ފޯމް ފުރާފައިވާ ކަމަށް އެޕަޓީން ހާމަކުރެއެވެ.  | 
November 23, 2009
މަތިދެކުނު ޕްރޮވިންސުން 1800 މީހުން އެމްޑީޕީއަށްވަދެ ފޯމް ހަވާލުކުރުމަށް ރަސްމިއްޔާތެއްބާއްވައިފި
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment