ލޯކައިރި ކަޅުވާން ދިމާވާ 5 ކަމެއް
ކޮންމެ 10 މީހަކުން 9 މީހަކު ލޯކައިރި ކަޅުވުމުގެ މައްސަލައާއި ހަޔާތުގެ ކޮންމެވެސް ދުވަސް ވަރެއްގައި ކުރިމަތިލައެވެ.  ގިނަފަހަރަށް ލޯކައިރި ކަޅުވެފައި ވާކަމަށް ފާހަގަ ކުރެވެނީ ތިމާނޫން އެހެން މީހަކު ތިމާ އާއިދިމައަށް ބެލުމުންނެވެ.  މިހެން ދިމާވަނީ އެހެންމީހެއްގެ ލޮލުގެ ވަށައިގެން ކަޅުވެފައިވާނަމަ މިކަމުން ދެކޭ މީހުންނަށް އުނދަގޫ އިހްސާސް ކުރެވޭތީ ކަމުގައި ހީކުރެވެއެވެ. އެހެނަސް ހަޤީޤަތުގައި މިކަން މިހެންވަނީ އަނެއްމީހާގެ ލޮލަށް ގިނަފަހަރަށް ބެލޭތީއެވެ.
ލޯކައިރި ކަޅުވާން ދިމާވާ 5 ކަމަކީ :-
1 އިރުގެ ހޫނުގެ ސަބަބުން
ވަރަށް ގިނަފަހަރަށް އިރުގެ ހޫނުގެ ސަބަބުން ލޯކައިރި ކަޅުވާން ދިމާވެއެވެ. މި ގޮތަށް ދިމާވާ ސަބަބެއްކަމުގައި ބެލެވިފައިވަނީ “ހައިޕަ ޕިގްމެންޓޭޝަން” އެވެ.
2 އާއިލީ ގޮތުން
އާއިލީ ގޮތުން ލޯ ތަންކޮޅެއް އެތެރެއަށް އުފެދުމުގައި ތިބޭމީހުންގެ ލޯކައިރި ކަޅުވާން ދިމާވެއެވެ.
3 ނުނިދުމުގެ ސަބަބުން
އެކަށީގެންވާވަރަށް ނުނިދާ އުޅޭކަމުގައިވާނަމަ ލޯކައިރި ކަޅުވާން ދިމާވެއެވެ. މޫނު ތާޒާކޮށް ބެހެއްޓުމަށްޓަކައި ރޭނގަޑުގެ ކުރީކޮޅު 9 ނުވަތަ 10 ޖަހާކަށް ހާއިރު ނިދުމާއި ފަތިހު ހޭލުން ރަނގަޅު ކަމުގައި ހޯދުންތަކުން ދައްކައެވެ.
4 އުމުރުންދުވަސް ވުމުގެ ސަބަބުން
އުމުރުން ދުވަސްވުމުގެ ސަބަބުން ލޯކައިރިކަޅުވެ ރޫޖެހޭ ގޮތް މެދުވެރިވެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަސްރަތުތައް ހުރެއެވެ.
5 އެލާޖިކް ވުމުގެ ސަބަބުން
މޫނުދޮންކުރުމަށް ލާ އުޅޭ ބައެއްކަހަލަ ކްރީމްތައް ( ތްރިޑޭސް ކަހަލަ ކްރީމްތައް ) ލުމުގެ ސަބަބުން ލޯކައިރި ކަޅުވާން ދިމާވެއެވެ.






0 ޚިޔާލު:
Post a Comment