November 2, 2009

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޕަބްލިކް ރެކްރިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޕަބްލިކް ރެކްރިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޕަބްލިކް ރެކްރިއޭޝަން މިސްޓަރ ގާމިނީ ލޮކުގެއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ކްރިކެޓް ދަނޑެއް ހެދުމާ ބެހޭގޮތުން މިނިސްޓަރ ލޮކުގެ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، މިދަނޑުގައި ސަރަޙައްދީ މެޗްތަކާއި އަދި ސްރީލަންކާގެ ޓީމްތަކުގެ މެޗްތައް ބޭއްވެވިދާނެކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގައި ކްރިކެޓް ކުރިއަރައި އަދި ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މިސްޓަރ ލޮކުގެ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއަކީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮންނަ ގުޅުން ފުޅާކުރެވިދާނެ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ. އަދި، ސްރީލަންކާގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ ނިމުނުކަމީ، ދިވެހިރައްޔިތުންވެސް ވަރަށް އުފާކުރާކަމެއްކަން ހާމަކުރައްވަމުން، ހަނގުރާމައަށްފަހު ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އެނބުރިދެވޭނެ ދުވަހަކަށް ހުރިހާ އެންމެންވެސް އެނދޭކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ސްރީލަންކާ ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino