November 29, 2009

ދުނިޔޭގައި އޫރުރޯގާގައި މަރުވި މީހުންގެ އަދަދު ކުއްލިގޮތަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ

ދުނިޔޭގައި އޫރުރޯގާގައި މަރުވި މީހުންގެ އަދަދު ކުއްލިގޮތަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ

ދުނިޔޭގައި އޫރުރޯގާގައި މަރުވި މީހުންގެ އަދަދު ކުއްލިގޮތަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު އެޗް އޯ އިން ބުނެފިއެވެ. ޑަބްލިޔު އެޗް އޯ އިން ބުނީ އެއް ހަފްތާތެރޭގައި މަރުވި މީހުންގެ އަދަދު އެއް ހަފްތާތެރޭގައި ހާހަކަށް އަރާފައިވާކަމަށެވެ. މިއާއެކު މިއަހަރުގެ އެޕްރީލް މަހު އޫރު ރޯގާ މެކްސިކޯއިން ފެނުނުފަހުން މިރޯގާގައި މަރުވި މީހުންގެ އަދަދު ހަތްހާސް އަށް ސަތޭކަ ސައްބީހަށް އެރީއެވެ.ޔޫރަޕުގައި އޫރު ރޯގާގައި މަރުވި މީހުންގެ އަދަދު މިނިމު ހަފްތާތެރޭގައި އަށްޑިހަ ފަހެއް އިންސައްތަ މައްޗަށްއެރީއެވެ ތިންސަތޭކަ ފަންސާސް މީހުން އެއްހަފްތާތެރޭގައި މަރުވެފައިވެއެވެ. މިހާތަނަށް މިރޯގާގައި ޔޫރަޕްގައި މަރުވެފައިވަނީ ހަސަތޭކަ ފަންސާސް މީހުން. އެއް ހަފތާތެރޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެމެރިކާގައި މިހާތަނަށް ފަސްހާސް ތިން ސަތޭކަ ފަސްދޮޅޮސް މީހުން މަރުވެފައިވާއިރު މިނިމުނު ހަފްތާތެރޭގައި ފައްސަތޭކަ ފަންސާސް ހަތަރު މީހުން މަރުވެފައިވެއެވެ. ނޯވޭއާއި ފަރަންސޭސިވިލާތުގައި ކޮންމެ ގައުމަކުން ދެމީހުން މަރުވެފައިވެއެވެ. ޗައިނާއާއި ޖަޕާނާއި އެމެރިކާއާއި ނޯވޭއާއި ޔުކްރޭންގައި އެތައްބަޔަކަށް އޫރުރޯގާޖެހިފައިވެއެވެ.އަނެއްކޮޅުން ހެލްތު އޮފިޝަލުން ބުނާގޮތުގައި އޫރު ރޯގާގެ ވައިރަސް ނުރައްކާތެރި އެހެން ދަރަޖައަކަށް ތަރައްގީވަމުންދާކަމަށް ދައްކަންފަށައިފިއެވެ. އެހެންނަމަވެސް ޑަބްލިޔު އެޗް އޯއިން ބުނަނީ މިވައިރަސް އެހެން ދަރަޖައަށް ބަދަލުވަމުންދާކަމަށް އަދި މުޅިން ޔަގީންކޮށް ބުނަން ނޭގޭކަމަށެވެ. އެކަންއިތުރަށް ދިރާސާކުރެވެމުންދާކަމަށް ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރުންބުނެއެވެ.އެޖަމްއިއްޔާގެ އޮފިޝަލުންބުނަނީ އޫރުރޯގާ ޖެހޭ މީހުންގެ އަސްލު އަދަދަކީ ކޮބައިކަން މިހާރު ސާފުކޮށްބުނާކަށެއް ނޭގޭނެއެވެ. އެއީ ގިނަ ގައުމުތަކުގައި އޫރުރޯގާޖެހޭ މީހުން މިހާރު ނުގުނާތީއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino