މަނަދޫން ބޮޑުމީހަކާއި ކުޑަކުއްޖަކު އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެއްޖެ
ނ.މަނަދޫ ގައި 23 ފިރިހެނަކާއި 9 މަހުގެ ފިރިހެން ކުއްޖަކު އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މަނަދޫން އިންފްލުއެންޒާ އޭއަށް ޕޮޒިޓިވް ވިކަން މިއަދު ފުރަތަމަ އެނގުނީ ފިރިހެން މީހާއެވެ.
އަދި ފަހުން ކުރެވުނު ޓެސްޓްތަކުން، 9 މަހުގެ ފިރިހެން ކުއްޖާ އިންފުލުއެންޒާ-އޭ އަށް ޕޮސިޓިވް ވެފައިވާކަން އެނގުނީ މިއަދު ހަވީރު އެވެ. މިކުއްޖަކީ މަނަދޫން ފުރަތަމަ އިންފުލުއެންޒާ އޭއަށް ޕޮޒިޓިވް ވި މީހާއާ އެއްގެއެއްގައި ދިރިއުޅުނު ކުއްޖެކެވެ
.
މުޅިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމުގައި ނ.އަތޮޅު މިއަދު ޝާމިލް ވެގެން ދިޔަ ނަމަވެސް މަނަދޫ ފިޔަވާ އެހެން ރަށަކުން އިންފްލުއެންޒާ އޭ އަށް އަދި މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ރާއްޖޭގައި މިހާތަނަށް ކުރެވުނު ޓެސްޓްތަކުން 14 މީހަކު ވަނީ އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައެވެ






0 ޚިޔާލު:
Post a Comment