November 28, 2009

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި
ނައިބު ރައީސް އަދި ޤައުމީ އިއްތިހާދު ޕާޓީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނު މާލެއިން ފުރާވަޑައިގަތީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިދަތުރުފުޅަކީ، ރާއްޖޭގެ އަތޮޅުތަކުގައި ތިއްބެވި ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލައްވައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށާއި، ޢީދުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދުގެ ހުކުރު ނަމާދަށް ނައިބު ރައީސް ވަޑައިގަތީ ހދ. ހަނިމާދޫއަށެވެ. ހުކުރުނަމާދަށްފަހު އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވައި ސަލާން ކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު އެމަނިކުފާނު ވަޑައިގަތީ ކުޅުދުއްފުށްޓަށެވެ. ކުޅުދުއްފުށްޓަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިޤްބާލުގައި ތިއްބެވި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ސަލާން ކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ އެހެން ބައެއް ރަށްރަށަށާއި، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށްވެސް ވަޑައިގަންނަވާނެއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށްވެސް ނައިބު ރައީސް ތަހުނިޔާ ފޮނުއްވައިފިއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino