November 29, 2009

ސަރުކާރުން އަންނަ އަހަރަށް ލަފާކުރައްވާފައި ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޑީއާރްޕީން ވަރަށް ބޮޑަށް ފާޑުކިޔައިފި

ސަރުކާރުން އަންނަ އަހަރަށް ލަފާކުރައްވާފައި ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޑީއާރްޕީން ވަރަށް ބޮޑަށް ފާޑުކިޔައިފި
.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރައްވާފައި ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޑީއާރްޕީން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.ޑީއާރްޕީން މިބަޖެޓާއިމެދު ދެކޭގޮތް ފާޅުކުރަމުން ނެރެފައިވާ ބަޔާނެއްގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މައުސޫމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރައްވާފައިވާ އެގާރަ ބިލިޔަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންނަށް ފައިދާހުރިކަންތައްތަކެއް ކުރަން ކަނޑައެޅިފައިނެތި ސާޅީސް އިންސައްތަ ދަރަނިބޮޑު ބަޖެޓަކަށްވާތީ އެޕާޓީން ވަރަށް ކަންބޮޑުވާކަމަށެވެ.ޑީއާރްޕީންވަނީ ރައީސް ނަޝީދުގެ އިއްޔެ ރޭޑިއޯ އެޑްރެސްގައި ބަޖެޓާއިބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅަށްވެސް ފާޑުކިޔާފައެވެ.ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވާ ރައީސް ނަޝީދު ދެއްވާ ހަފްތާގެ ރޭޑިއޯ ޚިތާބުގައި އިއްޔެ ވިދާޅުވެފައިވަނީ ބަޖެޓްގެ މައިގަނޑު އެއް އަމާޒަކީ، އިންފްލޭޝަން ކޮންޓްރޯލްކުރުން ނުވަތަ މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުންކަމަށެވެ.ސަރުކާރުގެ ޚަރަދުތައް ހިފެހެއްޓުމަކީ، ވަރަށް މުހިންމުކަމެކެވެ. އޭގެ އެންމެބޮޑު ބޭނުމަކީ، އިންފްލޭޝަން ނުވަތަ ތަކެއްޗާއި ޚިދްމަތުގެ އަގު މައްޗަށް އަރައިގެންދިޔަނުދީ ހިފެހެއްޓޭތޯ ބެލުމެވެ އެހެންވީމާ، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ސަރުކާރުގެ ކުރާ ޚަރަދުގެ %30 އަށްވުރެ ބޮޑުވެގެން ނުވާނެއޭ، މުސާރައަށް ކުރެވޭ ޚަރަދު. މުސާރައަށް ކުރެވޭ ޚަރަދު އެއީ، ބޮޑު އެއްބައި މިހާރު. އެ ޚަރަދު އިތުރުވެގެންދިޔައިމާ އޭގެ ސަބަބުން އިތުރުވެގެންދަނީ، އޭގެސަބަބުން އުފުލިގެންދަނީ، އިންފްލޭޝަން. އޭރުން ގެއްލުން ލިބެނީ ހަމަ ހުރިހާ ރައްޔިތުންނަށެވެ.
އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް، ސަރުކާރު މުވައްޒަފުންގެ މުސާރަ، ސަރުކާރުން ބޮޑުކުރީ. ބޮޑުކުރީމާ އޭރުން އެ ފައިދާ ލިބިގެންދިޔައީ، ސަރުކާރު މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ ބައްތިރީހާސް، ތިރީސްފަސްހާސް މީހުންނާއި އެމީހުންގެ އާއިލާތަކަށެވެ. އެހެންނަމަވެސް، އެ މުސާރަ ބޮޑުކުރިކަމުގެ ސަބަބުން، އިންފްލޭޝަނަށް ޖާގަލިބިގެންދާތީވެ، އޭގެ ސަބަބުން ރާއްޖޭގައި ދެން ތިބި ހުރިހާ ރައްޔިތުންގެ މުދަލާއި ޚިދްމަތުގެ އަގުތައް އުފުލިގެންދާނެއެވެ، އެރައްޔިތުންނަށް ގެއްލުންވާނެއެވެ. އެހެންވީމާ، މިބަޖެޓުގެ އެންމެބޮޑު އެއް އަމާޒަކީ، އިންފްލޭޝަން ކޮންޓްރޯލް ކުރުމެވެ.ޑީއާރްޕީންބުނީ ބަޖެޓްގައި ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގެއް ފެންނަން ނެތްކަމަށެވެ.ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވަނީމީގެކުރީގައި ދުވަހަކުވެސް ރާއްޖޭގެ ރަށްތަކަށް އިންފްރާސްޓްރަކްޗަރަލް ނުވަތަ އެކިއެކި ޢާންމު ބޭނުންތަކަށް ބޭނުންވާ ޚިދްމަތްތައް ލިބިދިނުމުގަޔާއި ހޯދުމުގައި ބޭނުންވާ ޢިމާރާތް ކުރުން ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެކަމަށްމިހާރު ސަރުކާރުގެ ސިޔާސަތަކީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މެދުވެރިކޮށް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން މި ބުނާ މިބާވަތުގެ މަސައްކަތްތައް ހިންގަމުން ގެންދިޔުން. މިސާލަކަށް އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭ ގޮތުގައި މިއަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި އެއްހާހަށްވުރެ ގިނަ ފްލެޓް އެޅޭނެއެވެ. މާލޭގައި އެއްހާހަށްވުރެ ގިނަ ފްލެޓް އެޅޭނެއެވެ. އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް އެއްހާހަށްވުރެ ގިނަ ފްލެޓް، ގެ އެޅޭނެއެވެ. މިދެންނެވީ މި އަންނަ އަހަރު އެއީ ސަރުކާރުގެ ދިހަހާސްގެ އިމާރާތް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާރު މަސައްކަތް ގެންދެވިފައިވާ ގޮތުން އަޅުގަނޑުމެންނަށް އެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް މިއަންނަ އަހަރު މި ބެލެވެނީ ގާތްގަނޑަކަށް ތިންހާސް ގޭގެ މަސައްކަތެވެ. އިރާދަކުރެއްވިއްޔާ އެމަސައްކަތްތައް ފެށޭނެއެވެ. އެމަސައްކަތްތައް ކުރިއަށްދާނެއެވެ.
އަޅުގަނޑު ފާހަގަކުރަން މިހާރު އެމަސައްކަތްތައް، އެކަމާގުޅޭ އެއްވެސް ތަފްޞީލެއް ބަޖެޓުގައި ސީދާ ގޮތުގައި ހިމެނިފައެއް ނުވާނެއެވެ. އަޅުގަނޑުމެން ސަރުކާރުން އެމަސައްކަތް ހިންގަން ގަސްދު މިކުރަނީ ޕީ.އެސް.އައި.ޕީ. ޕްރޮގްރާމްގެ ތެރޭގައި އެކަންޏެއްނޫނެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިންވެސްމެއެވެ. އެ ތަފާތު މިފަހަރުގެ ބަޖެޓުގައި ފެންނާނެއެވެ. އަދި އަޅުގަނޑު ރައްޔިތުންނަށް ހަމަ ޔަޤީންކޮށް އަރުވަން މިއަހަރު ތެރޭގައި މީގެކުރީގައި ދުވަހަކުވެސް ރާއްޖޭގެ ރަށްތަކަށް އިންފްރާސްޓްރަކްޗަރަލް ނުވަތަ އެކިއެކި ޢާންމު ބޭނުންތަކަށް ބޭނުންވާ ޚިދްމަތްތައް ލިބިދިނުމުގަޔާއި ހޯދުމުގައި ބޭނުންވާ ޢިމާރާތް ކުރުން ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino