November 22, 2009

މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ- ސައުދީ ސިއްހަތާބެހޭ ވުޒާރާ

މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ- ސައުދީ ސިއްހަތާބެހޭ ވުޒާރާ

މިއަހަރު ޙައްޖަށްދިޔަ މީހުންގެ ތެރެއިން ސްވައިން ފުލޫ ޖެހުމުގެ ސަބަބުން ހަތަރުމީހަކު މަރުވެއްޖެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ޙައްޖަށްދިޔަ މީހުންގެ ތެރެއިން ބަޔަކު ސްވައިން ފްލޫގެ ސަބަބުން މަރުވި ފުރަތަމަ ފަހަރުއެވެ.ސަޢުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ސްވައިން ފްލޫޖެހިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޢުމުރުން ހަތްދިހަ ފަސްއަހަރުން މަތީގެ މަޣްރިބު އަންހެނަކާއި، ސޫދާނު ފިރިހެނަކާއި، އިންޑިޔާ ފިރިހެނަކާއި، ސަތާރަ އަހަރުގެ ނައިޖީރިޔާ އަންހެން ކުއްޖެކެވެ. އެވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި މިހަތަރު މީހުންވެސް މަރުވެފައިވަނީ، ސްވައިން ފްލޫ އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ނުޖެހުމާއި، އެނޫންވެސް އެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ. މި ހަތަރު މީހުން ތެރެއިން ތިން މީހުން މަރުވެފައިވަނީ މަދީނާގައި ކަމަށާއި، އަނެކަކު މަރުވެފައިވަނީ މައްކާގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސަޢުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ޚާލިދު މަރްޤްލާނީ ހާމަކުރެއްވި ގޮތުގައި ހައްޖުވެރިންގެ ތެރެއިން ސޯޅަ މީހެއްގެ ގައިން ސްވައިން ފްލޫ ފެނުމާއި ގުޅިގެން މިހާރު ދަނީ ފަރުވާދެވެމުންނެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ ޙާލު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހައްޖުވެރިންގެ ތެރެއިން ސްވައިން ފްލޫ ޖެހުނު ވިހި މީހަކަށް ފަރުވާދީ އެއްކޮށް ރަނގަޅުކުރެވިފައިވާކަމަށްވެސް މަރްޤްލާނީ ހާމަކުރެއްވިއެވެ.އަނެއްކޮޅުން އެޗްވަން އެންވަން ވައިރަހުގެ ބަދަލުވެފައިވާ ވައްތަރެއް ނޯވޭ އިން ފެނިއްޖެއެވެ އެޤައުމުގެ ސިއްޙަތާބެހޭ އިދާރާތަކުން އިއްޔެ ވަނީ ބުނެފައެވެ. ބަދަލުވެފައިވާ އެޗްވަން އެންވަން ފުއްޕާމޭގެ މާއެތެރެއަށް ވަންނަކަމަށާއި، މިކަމުގެ ސަބަބުން މިބަލި ހަށިގަޑުގެ ތެރެއަށް މާބާރުމިނުގައި ފެތުރިގެން ދިޔުމަށް މަގުފަހިވެގެންދާކަމަށް ނޯވޭގެ ޢާންމު ސިއްޙަތާބެހޭ އިދާރާއިން ބުނެއެވެ. މި ވައްތަރުގެ ވައިރަސް ފެނިފައިވަނީ ސްވައިން ފްލޫޖެހިގެން މަރުވެފައިވާ ދެ މީހެއްގެ ގައިންނާއި، މި ބަލީގެ ސަބަބުން ޙާލު ބޮޑުވެފައިވާ މީހެއްގެ ގައިން ކަމަށް ނޯވޭގެ އިދާރާތަކުން ހާމަކުރެއެވެ.ސްވައިން ފްލޫގެ ސަބަބުން ނޯވޭގައި ތޭވީސް މީހުން ވަނީ މަރުވެފައެވެ..

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino