| އައްޑުއަތޮޅު ހިތަދޫ ފުއްޓަރު ފަރާތައް ކޯމަހުގެ ބާވަތެއް ކަމަށްބެލެވޭ ބޮޑު ދެ މަސް ލައްގައިފި | 
|    |                
|                        މިއަދު އައްޑުއަތޮޅު ހިތަދޫ ފުއްޓަރު ފަރާތައް ލެއްގި ދެ ކޯމަހުގެ ތެރެއިން އެއް ކޯމަސް                        އައްޑުއަތޮޅު ހިތަދޫ ފުއްޓަރު ފަރާތައް ކޯމަހުގެ ބާވަތެއް ކަމަށްބެލެވޭ ބޮޑު ދެ މަސް ލައްގައިފިއެވެ. އައްޑުއަތޮޅު އަތޮޅު އޮފީހުން ވިދާޅުވީ މި ދެމަހުގައިވެސް ދިގުމިނުގައި ގާތްގަނޑަކަށް ނުވަ ފޫޓާއި އެގާރަ ފޫޓު އަދި ފުޅާމިނުގައި ގާތްގަނޑަކަށް ތިން ފޫޓު ހުންނާނެ ކަމުގައެވެ. މި ދެމަސް މިއަދު ލެއްގިތާ މާގިނައިރުތަކެއް ނުވަނީސް މަންޒަރު ފެނުނު ބައެއް މީހުންނާއި ޙަވާލާދީ އައްޑުއަތޮޅު އަތޮޅު އޮފީހުން ވިދާޅުވީ މި މަސްތައް ލެއްގިއިރުވެސްތިބީ މަރުނުވެ ކަމުގައެވެ. މިމަސްތައް މިހާރު މަރުވެފައިވީ ކަމުގައިވިޔަސް އަދި ކުނިނުވާކަން ފާހަގަކުރެވެއެވެ. އައްޑުއަތޮޅު އަތޮޅު އޮފީހުން ވިދާޅުވީ އެމް އެން ޑީ އެފް އާއި، ފުލުހުންނާއި އަދި ޕަބްލިކު ވޯކުސް ގުޅިގެން މި ދެމަސް ވަޅުލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައެވެ. މީގެތެރެއިން އެއްމަސް ލައްގާފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށް ފުއްޓަރު ފަރާތައް، އަދި އަނެއް މަސް ލައްގާފައިވަނީ ހިތަދޫ ސަހަރާއި ދިމާލަށް ފުއްޓަރު ފަރާތަށެވެ. މި ދެމަސް ބަލަން ގިނަ އަދަދެއްގެ ބަޔަކު ދިޔައެވެ  | 
November 26, 2009
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment