December 28, 2009

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 72 ރަބަރު ޕަކެޓާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 72 ރަބަރު ޕަކެޓާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 72 ރަބަރު ޕަކެޓާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކީ ނ.މާޅެންދޫ، ފަރިމާގެ އުމުރުން 19 އަހަރުގެ މުޙައްމަދު ޙަސަންއެވެ.
މިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ނ.އަތޮޅުގެ ރަށްރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރަމުންދާ މީހުން ހޯދުމަށް ނ.އަތޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރިއަށް ގެންދާ އޮޕްރޭޝަންގެ ދަށުން މި ޑިސެމްބަރ މަހުގެ 27 ވަނަދުވަހު ފުލުހުން ހިންގި އޮޕްރޭޝަނެއްގައެވެ. މީނާ މަނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ކުޑަކަމުދާތަކެތި ޗެކުކުރުމުުން މީނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި މީނާގެ އަތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަަމަށް ތުހުމަތު ކުރެވޭ -/2110ރ އާއި ބޭންކުން ފައިސާ ޓްރާންސްފަރ ކޮށްފައި 02 ސްލިޕްފެނިފައިވެއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino