December 1, 2009

ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރިއާ ދެކޮޅަށް ބޮލީވުޑުން ކެމްޕެއިން ފަށައިފި





އަބިޝެކް އަދި އަމީތާބް
ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރިއާ ދެކޮޅަށް ބޮލީވުޑް ތަރިން ކެމްޕެއިން ކުރަން ފަށައިފި އެވެ.

އެމެރިކާގެ އެމްބެސެޑަރު މެލަނީ ވަރވިއަރ އާއި ފިލްމް ޕްރޮޑިއުސަރު ފީރޯޒް ނަދިއަދްވާލާ އަދި ވިޒްކްރާފްޓް އިންޓަނޭޝަނަލް އެންޓަޓެއިންމެންޓް ކުންފުނިން ފެށި "އަގެއިންސްޓް ޗައިލްޑް ޓްރެފިކިންގ" (އޭސީޓީ)ގައި މިހާރު ވަނީ ބޮލީވުޑް ތަރިން ކަމަށްވާ އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން، ޕްރިތީ ޒިންތާ، ޝަބާނާ އަޒްމީ، ކެތްރީނާ ކައިފް އަދި ސުނިލް ޝެޓީ ވެސް ބައިވެރިވެފަ އެވެ.

"ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރި އަށް ބައެއް މީހުން ކިޔަނީ 'ބޮންޑަޑް ލޭބަރ'. ކޮންމެ ނަމެއް ކިޔަސް މިއީ ހަމަ އަޅުވެތިކަން. މި ޒަމާނުގައި އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެ އަޅުވެތިކަމުގައި އުޅެގެން ނުވާނެ،" އަމީތާބް ބުންޏެވެ.

އޭނާގެ ދަރިފުޅު އަބިޝެކް ބުނީ ކުޑަކުދިންނާއި އަންހެނުންނާއި އަދި ފިރިހެނުން ވެސް އަޅުންގެ ގޮތުގައި މިހާރު ގެންގުޅުމަކީ ދުނިޔޭގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު އެއް ޖަރީމާ ކަމަށެވެ.

"މިއީ ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނުވަތަ ވަކި ފިކުރަކަށް ޚާއްސަ ވެގެން ވާ ކަމެއް ނޫން. މިއީ ދުނިޔޭގައި މިހާރު އަށަގަންނަމުންދާ ބޮޑު ބަލިމަޑުކަމެއް،" އޭނާ ބުންޏެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino