December 11, 2009

ނައިބު ރައީސް، ޖަޕާން-މޯލްޑިވްސް ފެސްޓިވަލުގައި ބައިވެރިވެ ވަޑައިގެންފި

ނައިބު ރައީސް، ޖަޕާން-މޯލްޑިވްސް ފެސްޓިވަލުގައި ބައިވެރިވެ ވަޑައިގެންފި
ޖައިކާއާއި، ޖޭ.އޯ.ސީ.ވީ.އާ ގުޅިގެން ބޭއްވެވި ޖަޕާން-މޯލްޑިވްސް ފެސްޓިވަލުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފިއެވެ. ޖަޕާން-މޯލްޑިވްސް ފެސްޓިވަލަކީ، ދިވެހިންނަށް ޖަޕާނުގެ އާދަކާދަ ތަޢާރަފް ކުރުމުގެ މަޤްޞަދުގައި، ރާއްޖޭގައި މަސައްކަތްކުރާ ޖޭ.އޯ.ސީ.ވީ.ގެ ވޮލަންޓިއަރުންނާއި، ރާއްޖޭގައި ހުންނަ ޖައިކާ އެލަމްނައި ސޮސައިޓީ ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޖަޕާނާއި ދިވެހި ޘަޤާފަތް ދައްކުވައިދޭ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބޭއްވޭ ހަތަރު ވަނަ އަހަރެވެ.

މިރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި މި ފެސްޓިވަލް ހުޅުއްވައިދެއްވުމުގެ ގޮތުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުން ރާއްޖެއަށް ފޯރުވައިދެނީ ހަމައެކަނި އެހީއާއި ޘަޤާފީ ހަރަކާތްތައް ނޫންކަމަށާއި، ޒަމާނީ ޑިމޮކްރަސީއެއް ޖަޕާނުގައި ތަރައްޤީވެގެން އައިސް، ވާދަވެރި ގިނަ ސިޔާސީ ޕާޓީތައް އެކުވެގެން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމުގެ ތަޖުރިބާއިން ގިނަ ފިލާވަޅު ލިބިގެންދާ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖަޕާން ސަރުކާރަށާއި، ޖައިކާ އަދި ޖޭ.އޯ.ސީ.ވީ.ން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، ޖަޕާނަށާއި، ޖައިކާއަށާއި އަދި ޖޭ.އޯ.ސީ.ވީ.އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މުސްތަޤުބަލުގައިވެސް މި އެހީތެރިކަން ލިބެމުން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ، ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސްކަން ފާހަގަ ކުރައްވައި، މިދުވަހުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިއަދު ރާއްޖެއަށް ގެނެވިފައި މިވާ ޑިމޮކްރަސީއަކީ، ގިނަ ދުވަސްތަކެއްގެ މަސައްކަތަށްފަހު ދިވެހިންނަށް ލިބިފައިވާ ސިޔާސީ އަދި މަދަނީ އިންސާނީ ޙައްޤުތައް ރަމްޒުކޮށްދޭ ޑިމޮކްރަސީއެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދަކީ، މިހާރު ލިބިފައިމިވާ ޙައްޤުތައް ކުރިއަރުވާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، ޅަފަތުގައި މިވާ ރާއްޖޭގެ ޑިމޮކްރަސީ ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލަންވީ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖައިކާއަކީ، ޖަޕާނު ސަރުކާރުން ޤައުމުތަކަށް ފޯރުވައިދޭ ތަރައްޤީގެ އެހީ ވިލަރެސްކުރާ މިނިވަން މުއައްސަސާއެކެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino