މިނިވަން ދުވަސް
                                                   މިނިވަންކަމުގެ ތާރީޚުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ ނިޞްބަތުގައި ވަރަށް މަތިވެރި މަޤާމެއް ޙާޞިލްކޮށްފައިވާ ޤައުމެކެވެ. ތާރީޚުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިންސުރެވެސް ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަ ވެރިކަމެއް ކުރަމުން އައި ރާއްޖެއެކެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ފެންނަނީ ދިވެހީންގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދިވެހިންގެ އަތުން ގެއްލިގެން ގޮސްފައިއޮތީ ހަމަ އެންމެ ދެ ފަހަރު ކަމުގައެވެ. އެއީ މީލާދީން 8551 އިން 3751 އަށް ރާއްޖޭގެ މައްޗަށް ޕޯޗުގީޒުން އަތްގަދަކޮށްގެން ވެރިކަން ހިންގި ދުވަސްވަރެވެ. އޭގެ ފަހުން ހިޖުރައިން 6611 ގައި ހޮޅިން ރާއްޖެ ހިފިކަމުގައި ވިޔަސް އެމީހުންނަށް ރާއްޖޭގައި ފައިހަރުކޮށްލެވޭނެ ފުރުޞަތެއް ނުލިބުނެވެ. 3 މަހާއި 02 ދުވަހުގެ ތެރޭގައި ދިވެހީން ވަނީ ރާއްޖޭގެ ވެރިކަމާއި މިނިވަންކަން ދިވެހިންގެ އަތްމައްޗަށް އަނބުރާ ގެނެސްފައެވެ. އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 7881 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 61 ވަނަ ދުވަހާއި 32 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އެމުޢާހަދާގައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެކެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޙްތިޔާރު ރާއްޖެއަށް ލިބިގެންވެއެވެ. އަދި ދާޚިލީ ކަންތައްތަކާ އިނގިރޭސިންނެއް ނުބެހޭނެއެވެ. އެހެން ކަމާއެކުވެސް ރާއްޖޭގެ ތަޚްތަށް އިސްކުރެވޭ ރަސްކަލަކު އެމަޤާމު ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގައި އެ ސަރުކާރުން އެރަސްކަލެއް ޤަބޫލުކުރަން ޖެހެއެވެ. އަދި އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ. އެންމެ ފުރަތަމަކޮޅުގައި މި މުޢާހަދާގެ ދަށުން އިނގިރޭސީންނާއި، ދިވެހީންގެ ގުޅުން ހިންގަމުން އައީ ވަރަށް އެކުވެރިގޮތެއްގައެވެ. އިނގިރޭސިން ރާއްޖޭގެ ދާޚިލީ ކަންތައްތަކާއި ބެހުމެއް ނެތިއެވެ. ނަމަވެސް 91 ވަނަ ޤަރުނުގެ ފަހުކޮޅު ރާއްޖޭގައި ހިނގަމުންދިޔަ ދާޚިލީ ހަމަނުޖެހުންތަކާއި ގުޅިގެން އިނގިރޭސިން ކޮންމެވެސް ވަރަކަށް ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން ފެއްޓިއެވެ. އަދި 0391 ވަނަ އަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (6 ވަނަ) ރަސްކަމުން އަޒުލްކޮށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމަށް އިސްކުރުމާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި، އިނގިރޭސި ސަރުކާރުން ބަޔަކު އައިސް ރާއްޖޭގެ އެތެރޭގެ ކަންތައްތަކަބެހޭގޮތުން ފިޔަވަޅުތަކެއް އަޅާފައިހުރިކަން ތާރީޚުން އެނގެން އެބައޮތެވެ. އަދި އޭގެފަހުންވެސް އެކިއެކި މައްސަލަތަކުގައި އިނގިރޭސީންގެ އަތެއް ރާއްޖޭގެ ދާޚިލީ ކަންތައްތަކަށްވެސް ފޯރާފައިވާކަން އެނގެން އެބަހުއްޓެވެ. އިނގިރޭސި ދައުލަތާއި ރާއްޖެއާއި ދެމެދުގައި ކުރެވިފައިވާ މުޢާހަދާގެ ދަށުން އޮންނަ އެކުވެރި ގުޅުން މެދުވެރިކޮށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންނާއި، އިއްތިޙާދީންގެ ދިފާޢަށް ބޭނުންވެގެން ރާއްޖޭގައި އިނގިރޭސި ސިފައިން ބައިތިއްބައި ދިނުމަށް އިނގިރޭސި ދައުލަތުން އެދުމުން ދިވެހިސަރުކާރުން އެކަމަށް ހުއްދަ ދެއްވިއެވެ. އެހުއްދައިގެ ދަށުން އައްޑުއަތޮޅު ގަމުގައާއި، ތިލަދުންމަތީ ކެލާގައި އިނގިރޭސި ސިފައިންގެ ބަޔަކު ބޭއްތިއްބިއެވެ. އަދި 6591 ވަނަ އަހަރު އިނގިރޭސި ސަރުކާރުގެ ފަރާތުން އެދުނު އެދުމަކަށް އައްޑުއަތޮޅު ގަމުގައި އާރް.އޭ.އެފް ގެ ސްޓޭޖިންގ ޕޯސްޓެއް ހެދުމަށް ދިވެހިސަރުކާރުން ހުއްދަދެއްވިއެވެ. އަދި ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކަ އަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 011 އޭކަރު ބިން އިނގިރޭސީންނަށް ދޫކުރެއްވިއެވެ. މިކަންތައްތައް ހިނގަމުން ދިޔައިރު ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓް އަލުން އައުކުރުމާބެހޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި ވާހަކަ ދައްކަން ފެށްޓުނެވެ. އެވާހަކަތަކުގައި އެންމެ ފުރަތައިންވެސް ދިވެހި ސަރުކާރުން ހުށަހަޅުއްވަމުން ގެންދެވީ އަލަށް ކުރެވޭ އެގްރީމެންޓެއްގައި ދިވެހިރާއްޖޭގެ ސިޔާސީ ޙައްޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެން އޮންނަންޖެހޭނެ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އެދެމުން ދިޔައީ ރާއްޖެއަކީ ރާއްޖޭގެ ހުރިހާ ރަށްތައް ހިމެނޭ ގޮތުން އޮންނަ އަމިއްލަ ވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށެވެ. ނަމަވެސް އެންމެ ފުރަތަމަ އިނގިރޭސިން މިގޮތަށް އެކަން ޤަބޫލުކުރާކަށް އެއްބަހެއް ނުވިއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ހޫނުކަމާއެކު ދެފަރާތުން ވާހަކަތައް ބަދަލުކުރެއްވުމަށްފަހު 0691 ވަނަ އަހަރުގެ 41 ވަނަ ދުވަހު އަނެއްކާވެސް ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު އެގްރީމެންޓެއް ކުރެވުނެވެ. މި އެގްރީމެންޓްގައި ދިވެހިރާއްޖެއަކީ ރަށްތަކެއްގެ މައްޗަން އެކުލެވިގެންވާ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ރާއްޖެއެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. ނަމަވެސް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮންނަ ރާއްޖެއެއްގެ ގޮތުގައި އިނގިރޭސީން މެދުވެރިވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކާ ގުޅުމެއް ދިވެހިރާއްޖެއިން އުފެއްދުމަކަށް އެ އެގްރީމެންޓް ތަނެއް ނުދެއެވެ. ކޮންމެއަކަށް މިއެގްރީމެންޓަށްފަހުވެސް ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓުވައި ނުލައްވާ ކުރިއަށް ގެންދެވިއެވެ. މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުތުގެ ނަތީޖާއަކަށްވީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން މި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމެވެ. 5691 ވަނަ އަހަރުގެ ޖުލައި މަހުގެ 62 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރީއެވެ. އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ޤައުމަކާ އަދި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކަ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބުނީއެވެ. މި ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 01 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ ދެމަހެއްހާ ދުވަހުގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ފުރިހަމަ މެންބަރަކަށް ރާއްޖެވިއެވެ. އެގޮތުން ދުނިޔޭގެ މިނިވަން ޤައުމުތަކުގެ ސަފުގައި ދިވެހިރާއްޖެވެސް ފައިތިލަ ސާބިތުކޮށްލިއެވެ. އެފަޚުރުވެރި ދުވަހަކީ 5691 ވަނަ އަހަރުގެ ސެޕްޓެމްބަރ 12 ވަނަ ދުވަހެވެ. 62 ޖުލައި 5691 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 62 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ. މިނިވަންކަމަށް 52 އަހަރު ފުރުން 62 ޖުލައި 0991 ގައި ވަރަށް ކުލަގަދަ ގޮތެއްގައި ރާއްޖޭގައި ފާހަގަ ކުރެވުނެވެ. އަދި ފުރަތަމަ ފަހަރަށް މަގުމަތީ ބާޒާރެއްވެސް ބޭއްވިފައިވަނީ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި 42 ޖުލައި 0991 ން 4 އޯގަސްޓް 0991 ގެ ނިޔަލަށެވެ. މިނިވަންދުވަހުގެ ރަސްމިއްޔާތު ގިނަ އަހަރުތަކެއްވަންދެން ރަސްމީގޮތުން ފާހަގަކުރަމުން ދިޔައީ މާލޭގައެވެ. ނަމަވެސް 9991 ވަނަ އަހަރުން ފެށިގެން މިނިވަންދުވަހުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެވެސް ދެރަށެއްގައި ރަސްމީގޮތުން ފާހަގަކުރައްވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން މާލޭގެ އިތުރުން ރަސްމީ ގޮތުން މިނިވަންދުވަސް ފާހަގަކޮށްފައިވާ ރަށްތައް ތިރީގައި ދަންނަވާފައި އެވަނީ އެވެ. 9991 ވަނަ އަހަރު ހދ.ކުޅުދުއްފުށި ސ.ހިތަދޫ 0002 ވަނަ އަހަރު ށ.ފުނަދޫ ޏ.ފުވައްމުލައް 1002 ވަނަ އަހަރު ރ.އުނގޫފާރު ދ.ކުޑަހުވަދޫ 2002 ވަނަ އަހަރު ހއ.ދިއްދޫ ތ.ވޭމަންޑޫ 3002 ވަނަ އަހަރު އދ.މަހިބަދޫ ނ.މަނަދޫ 4002 ވަނަ އަހަރު ބ.އޭދަފުށި ލ.ފޮނަދޫ 5002 ވަނަ އަހަރު ޅ.ނައިފަރު ގއ.ވިލިނގިލި (ސުނާމީގެ ސަބަބުން ކެންސަލްކުރެވިފައި) 6002 ވަނަ އަހަރު ޅ.ނައިފަރު ގދ.ތިނަދޫ 7002 ވަނަ އަހަރު ހއ.ހޯރަފުށި އއ.ރަސްދޫ December 1, 2009
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment