December 6, 2009

ރ. އަތޮޅާއި ބެހޭ މައުލޫމާތު

އަތޮޅާއިބެހޭ މަޢުލޫމާތު

މާޅޮސްމަޑުލު އުތުރުބުރިއަކީ މީހުންއުޅޭ 14 ރަށާއި މީހުން ނޫޅޭ 73 ރަށުގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކެވެ.އަތޮޅުގެ އާބާދީގެ ޖުމްލައަކީ ( އޯގަސްޓް 2005 ގެ ނިޔަލަށް ) 19113 އެވެ.

1942island ވަނަ އަހަރާއި ހަމައަށް އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް އޮތެވެ. ނަމަވެސް މި18 ރަށުގެ ތެރެއިން ކުޑަފުށީގައި ދިރިއުޅުނު މީހުން 1944ވަނަ އަހަރުގެ ތެރޭގައި ކައިރި ރަށްރަށަށް ބަދަލު ކުރެވުނެވެ. ކުޑަފުށީގެ މީހުން ބަދަލުކުރުމުން 17 އޮކްޓޯބަރ 1968 އާއި ހަމައަށް އަތޮޅުގައި އޮތީ މީހުންއުޅޭ 17 ރަށެވެ. މި 17 ރަށުގެތެރެއިން 1968،1967ގައި ސަރުކާރުން ހިންގެވި މަޝްރޫޢެއްުގެ ދަށުން އުފުލަންދޫ ގެ މީހުން މިއަތޮޅު އަލިފުށްޓަށް ބަދަލު ކުރެއްވިއެވެ. އެ މަޝްރޫޢަކީ ހުކުރުވާޖިބުވާ ޢުމުރުގެ 50 މީހުން ހަމަނުވާ ރަށްރަށުގެ މީހުން މީހުންދިރިއުޅޭ އެހެން ރަށްރަށަށް ބަދަލުކުރެއްވުމަށް ހިންގެވި މަޝްރޫޢްއެކެެވެ. ކުޑަފުށިން މީހުން ބަދަލުކުރެއްވީ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗަށްދަތިވެ ބަނޑަށް ޖެހުމުގެ ސަބަބުންއެރަށުން މީހުން މަރުވަމުން ދިޔަލެއްގިނަވެ އެދުވަސްވަރު އެރަށުގައިތިބިމީހުންކޮޅު މީހުންއުޅޭ އެހެން ރަށަކަށް ބަދަލުކޮށް އެމީހުންނަށް އިތުރުއެހީ ލިބޭނެ ގޮތެއްހަމަޖައްސައިނުދެވިއްޖެނަމަަ މީހުންމަރުވަމުންގޮސް ރަށް ހުސްވެދާނެ ކަމަށް އެދުވަސްވަރު ހުންނެވި އަތޮޅުވެރިޔާ އަށާއި އަތޮޅުގައި ކުރިޔަށް ތިއްބެވި ބޭފުޅުންނަށް ފެނިވޑަައިގަންނަވައިގެންނެވެ. ކުޑަފުށީގެ މީހުން ބަދަލުކުރީ އެމީހުން އެދުނުގޮތުގެމަތީން އެމީހުންގެ ގާތްތިމާގެމީހުން ދިރިއުޅެމުންދާ ރަށްރަށަށެވެ. އެރަށްރަށަކީ މީދޫ، އުފުލަންދޫ، މަޑުއްވަރި އެވެ.

17 އޮކްޓޯބަރ 1968 ގައި އުފުލަންދޫގެ މީހުން އަލިފުށްޓަށް ބަދަލުކުރެއްވުމަށްފަހު 1969ވަނައަހަރުގެ ތެރޭގައި އެމީހުން މިއަތޮޅު މަޑުއްވަރިއަށް ބަދަލުވާން އެދި ސަރުކާރުގައި ދަންނަވައި ސަރުކާރުން އެކަމުގެ ހުއްދަ ދެއްްވުމާއި ގުޅިގެން އެއަހަރުގެ ތެރޭގައި އުފުލަންދާޫގެ މީހުން މަޑުއްވަރިއަށް ބަދަލުވެ މަޑުއްވަރީގައި ގެދޮރުއަޅާ އެއިރުއްސުރެ އެމީހުން ދިރިއުޅެމުން ދަނީ މަޑުއްވަރީގައެވެ.
އުފުލަންދޫން މީހުން ފައިބާެ އެރަށް ފަޅުރަށަކަށް ވުމުން އަތޮޅުގައި އޮތް މީހުންއުޅޭ 16 ރަށުގެތެރެއިން އުނގުލާއި ގާއުނޑޫދޫ ގެ މީހުން ފަޅުގެ ދަތިކަމުން ލަފާފުރުމަށާއި ފުރާދުއްވާ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނާއި މީހުންދިރިއުޅުމަށްޓަކާ ގެދޮރުއަޅާނެ ބިންނެތި ބިންފުރިފައިވާތީ އެދެ ރަށުގައި އިތުރުވަމުންދިޔަ އާބާދީއަށް ފުރްޞަތެއްނެތުމުން މީހުންނަށް ދިރިއުޅުން ދަތިވެ ފަޅުގެ ދަތިކަން ކުޑަ ބިންބޮޑު ރަށަކަށް އެދެރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވާތީ އުނގުލާއި ގާއުނޑޫދޫގެ މީހުންގެ ގެދޮރަށާއި އެދެރަށުގައިހުރި އެމީހުންގެ އަމިއްލަ ރުއްގަހަށް ސަރުކާރުންބަދަލުދެއްވުމަށްފަހު އެދެރަށުގެ މީހުން، އެމީހުން އެދުނުގޮތުގެމަތީން މިއަތޮޅު ހުޅުދުއްފާރަށް ބަދަލުކޮށްދެއްވީއެވެ. މިކަމަށްްޓަކައި މިނިސްޓްރީއޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނުން 1992 ވަނަ އަހަރު ފެއްޓެވި މަޝްރޫޢުގެ މަސައްކަތް ނިމި ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމުގައި 13 މާރޗް 1995 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރަސްމީގޮތުން އިޢުލާނުކޮށްދެއްވައި ރަށްހުޅުވައިދެއްވިއެވެ.
އުނގުލާއި ގާއުނޑޫދޫގެ މީހުން ހުޅުދުއްފާރަށް ބަދަލުވެ އެދެރަށް ފަޅުރަށްރަށަށްވުމުން 26 ޑިސެންބަރ 2004 އާއިހަމައަށް އަތޮޅުގައި މީހުންއުޅޭ 15ރަށް އޮތެވެ. މި 15 ރަށުގެތެރެއިން ކަނދޮޅުދުއަށް 26 ޑިސެންބަރ 2004 ގައި ރާާއްޖެއަށް ކުރިމަތިވި ސްނާމީކާރިޘާ ގައި ރާޅުއަރާ މީހުންގެ ގޯތިގެދޮރަށާއި މުދަލާއި ރަށުގެ އެކިތަންތަނަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމާއިއެކު އެރަށުގައި މީހުންނަށް ދިރިއުޅެވެން ނެތުމުގެ ސަބަބުން ކަނދޮޅުދޫގެ ރައްޔިތުން ވަނީ އަތޮޅުގެ މީހުންއުޅޭ އެކިރަށްރަށަށް ހިޖްރަ ކޮށްފައެވެ. މިހެންކަމާއިއެކު ކަނދޮޅުދޫގެ ރައްޔިތުން އެދިފައިވާ ގޮތުގެމަތީން ކަނދޮޅުދޫމީހުން ދިރިއުޅޭ ރަށެއްކަމުގައި ސަރުކާރުން މިއަތޮޅު ދުވާފަރު ހަމަޖައްސަވައިދެއްވާ ސަރުކާރުން މިހާރުވަނީ ދުވާފަރުތަރަށްޤ ކުރެއްވުމުގެމަޝްރޫޢު ހިންގަވަން ފަށްޓަވާފައެވެ. ކަނދޮޅުދޫން މީހުން ފޭބުން އަތޮޅުގައި މިހާރު އޮތީ މީހުންދިރިއުޅޭ 14 ރަށެވެ.

އަތޮޅުގެމީހުންދިރިއުޅުމަށްޓަކާ ކުރާ މައިގަނޑުމަސައްކަތް
މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅުމަށްޓަކާ ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމުގެ މަސައްކަތެވެ. މީގެ އިތުރަށް ސިމެންތީގެ މަސައްކަތަކީވެސް އަތޮޅުގެ މީހުން ޢާއްމުކޮށް މައިގަނދު މަސައްކަތެއްގެ ގޮތުގައި ކުރަމުންގެންދާ މަސައްކަތެކެވެ. ކުރީޒަމާނުއްސުރެ މިއަތޮޅު މަޝްހޫރުވެފައިވަނީ ކިއްސަރުވަޑާމުގެ އަތޮޅެއްގެ ގޮތުގައެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino