December 3, 2009

އަށާރަ އަހަރުން ދަށުގެ އިންޑިޔާގެ ކުޑަ އަންހެންކުއްޖަކާއި ދިވެހި ދެ ފިރިހެނުން ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އަށާރަ އަހަރުން ދަށުގެ އިންޑިޔާގެ ކުޑަ އަންހެންކުއްޖަކާއި ދިވެހި ދެ ފިރިހެނުން ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އަށާރަ އަހަރުން ދަށުގެ އިންޑިޔާގެ ކުޑަ އަންހެންކުއްޖަކާއި ދިވެހި ދެ ފިރިހެނުން ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިމައްސަލަ ބަލަންފެށުނީ އައްޑޫގައި ބިދޭސީ އަންހެނަކު އަމިއްލައަށް މަރުވާންއުޅޭކަމަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މިއަންހެންކުއްޖާ ކައިވެނިކޮށްފައިވަނީ އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައިކަމަށެވެ. މިއަންހެންކުއްޖާ ކައިވެނިކޮށްގެން އުޅެނީ މެދުރާއްޖެތެރޭގެ އުމުރުން ސާޅީސް އަހަރުގެ މީހަކަށާއި އައްޑޫ އުމުރުން ތިރީސް ދެ އަހަރުގެ މީހަކަށްކަމަށް ހަމްދޫން ވިދާޅުވިއެވެ.ހަމްދޫން ވިދާޅުވީ މިދެކައިވެނިވެސް ކޮށްފައިވަނީ އަންހެންކުއްޖާގެ ބައްޕަގެ އެދުމުގެ މަތިން އިންޑިޔާގައިކަމަށް އަންހެންކުއްޖާ ބުނެފައިވާކަމަށެވެ. އަދި މިއަންހެން ކުއްޖާ ރާއްޖެއައީ މިދިޔަ އޮކްޓޫބަރުމަހު އޭނާ ފަހުން ކައިވެނިކުރި ފިރިހެންމީހާއާއިއެކު ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.މިމައްސަލާގައި ބޭނުންވާ މައުލޫމާތުހޯދުމަށްފަހު އަންހެންކުއްޖާ މިހާރު އޭނާގެ އާއިލާގެ ގާތަށް އިންޑިޔާއަށް ފޮނުވާލެވިފައިވާކަމަށާއި މިމައްސަލަ އިންޑިޔާ ހައިކޮމިޝަނާއި ގުޅިގެން އިތުރަށް ތަހްގީގްކުރަމުންދާކަމަށް ހަމްދޫން ވިދާޅުވިއެވެ.ދިވެހި ފިރިހެނުން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން އިންޑިޔާގެ އަންހެންކުދިންނާއި ކައިވެނިކުރާކުރުން އިތުރުވަމުންދާކަމަށް ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino