December 16, 2009

ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއާ އިއްޔެ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއާ އިއްޔެ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، މާގަރީތާ ވާލްސްޓްރޯމާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އ.ދ.ގެ އެކިއެކި ޖަމާޢަތްތަކުން ރާއްޖޭގައި ހިންގަމުންދާ ހަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިސް ވާލްސްޓްރޯމާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު އެކިފަރާތްތަކުން އެ މަޝްރޫޢުތައް ބެލެހެއްޓުމުގެ ބަދަލުގައި ކޮންމެވެސް އެއްފަރާތަކުން މަޝްރޫޢުތައް ހިންގުމުގެ މުހިންމު ކަމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ކުރިމަތިލާން ޖެހިފައިވާ އެންމެ ނާޒުކު އެއްޤައުމަކީ، ދިވެހިރާއްޖެ ކަމަށް ވިދާޅުވެ، މިބަދަލުތަކަށް އަހުލުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި، މޫސުމަށް އަންނަމުންދާ ބަދަލުތަކަށް އަހުލުވެރިވުމަށް އާންމުކޮށް ވިސްނާ ވިސްނުމަށްވުރެ ފުޅާކޮށް ވިސްނުމަކީ، މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino