ނަމާދުގެ ފަހުގައި ޛިކުރުތައް ނުކިޔައިފިނަމަ ނަމާދު ޞައްޙަވާނެތޯ؟
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.
ފަރުޟު ނަމާދުގެ ފަހުގައި ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޛިކުރުތަކެއް ދަސްކޮށްދެއްވާފައެވެ. އެޛިކުރުތައް ފަރުޟު ނަމާދުގެ ފަހުގައި ކިޔުމަކީ ގަދަ ސުއްނަތެކެވެ. އޭގައި އެތައް ގިނަ ގުނަ ފައިދާތަކެއް ހިމެނިގެންވެއެވެ.
އެހެން ނަމަވެސް އެ ޛިކުރުތައް ކިޔުމަކީ އެއްވެސް ޙާލެއްގައި ނަމާދުގެ ރުކުނެއް ނުވަތަ ޝަރުޠެއް ނުވަތަ ވާޖިބެއް ނުވަތަ ނަމާދުގެ ސުއްނަތެއްވެސް ނޫނެވެ. އެހެންކަމުން ނަމާދުގެ ސަލާމް ދިނުމަށްފަހު ކިޔަން ނަބަވީ ސުއްނަތުގައި ވާރިދުވެފައިވާ ޛިކުރުތައް ނުކިޔައިފި ކަމުގައި ވިޔަސް ނަމާދު ޞައްޙަ ވާނެއެވެ. އެހެން ނަމަވެސް ވީ މިންވަރަކުން އެ ޛިކުރުތައް ކިޔުމަކީ ކުރުން އެދެވިގެންވާ ކަމެކެވެ.
والله أعلم
-ނޫރުލް އިސްލާމް އިން ނެގިފައި-






0 ޚިޔާލު:
Post a Comment