December 10, 2009

ރައީސުލްޖުމްހޫރިއްޔާ، މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު ހަވީރު މާރަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާރަންދުއަށް މިވަގުތު އޮތް އެންމެ މުހިންމު އެއްކަމަކީ، މާރަންދޫން ފުރައިގެން ކައިރި ރަށްރަށަށް އަދި އަތޮޅުގެ އެހެންރަށްރަށަށް ދަތުރުފަތުރުކުރެވޭނެ ގޮތެއް ހަމަޖެހުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަކުން އަތޮޅުގެ ރަށްތައް ގުޅާލެވޭނެކަން ހާމަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، މާރަންދޫ ތަރައްޤީވާނީ މާރަންދޫގެ ވިޔަފާރި ކުރިއަރައިގެން ކަމަށް ވިދާޅުވެ، މާރަންދޫއަކީ ރާއްޖޭގެ މަޝްހޫރު ރަށެއްކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ، ސަރުކާރަށް ލިބިވަޑައިގަންނަވާ އެއްޗަކުން ކަންތައްތައް ކުރައްވަމުން ގެންދެވުން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭނުންފުޅަކީ، މިދިޔަ އަހަރު ގަތް އެއްޗެއް ހަމަ އެއަގުގައި މިއަހަރުވެސް ލިބޭނެ ގޮތެއް ހަމަޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino