December 28, 2009

ހިލޭ އެހީ ރާއްޖެއަށް ދެއްވާނެކަން ޔޫރަޕިއަން ކޮމިޝަނުން ހާމަކޮށްފި


ހިލޭ އެހީ ރާއްޖެއަށް ދެއްވާނެކަން ޔޫރަޕިއަން ކޮމިޝަނުން ހާމަކޮށްފި
އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންއަށް ކުރެއްވި ދަތުރުފުޅުގައި މިމަހުގެ 15ވަނަ ދުވަހު ވާރލްޑް ބޭންކްގެ ރައީސް ޒޯލިކްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު 6.5 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 120މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދެއްވާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއެހީއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި އެކަމަށް އަހުލުވެރިވުމަށް ރާއްޖެއަށް އެހީތެރިވެދެއްވުމަށްޓަކައި ދިވެހި ސަރުކާރަށް ދެއްވާ އެހީއެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެހީވުމަށް އުފެދިފައިވާ މި ފަންޑު ހިނގާގޮތް ބަލަހައްޓާނީ ވާރލްޑް ބޭންކުންނެވެ. އަދި، ފަންޑުން މަސައްކަތްތައް ކުރިއަށް ގެންދަވާނީ ދިވެހި ސަރުކާރުންނެވެ.

މިފަންޑަށް ފައިސާ ދެއްވާނީ މައިގަނޑުގޮތެއްގައި ޔޫރަޕިއަން ކޮމިޝަންގެ "ގްލޯބަލް ކްލައިމެޓް ޗޭންޖް އެލައިއަންސް"ގެ ދަށުންނެވެ. މި އެހީގެ ޕްރޮގްރާމްގައި ރާއްޖެ ހިމެނުއްވުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހޮވާފައިވާ އެންމެ ފުރަތަމަ ފަސް ޤައުމުތެރޭގައި ރާއްޖެވަނީ ހިމެނިފައެވެ. އަދި މީގެ އިތުރަށް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މިހާރު ނުހިމެނޭ އެހެންނަމަވެސް މިފަންޑުން ހިލޭ އެހީ ދޫކުރާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ.

މިފަންޑް ބޭނުންކުރާމާ ބެހޭގޮތުން ދިވެހި ސަރުކާރާއި، ޔޫރަޕިއަން ކޮމިޝަނާއި ވާރލްޑް ބޭންކާ ދެމެދުގައި އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެއެވެ.

މިފަންޑު ބޮޑަށް އަމާޒުވެގެންދާނީ މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވާނެ ގޮތްތަކަށެވެ. ޙާއްސަކޮށް ތަރައްޤީގެ މަސައްކަތްތަކުގައި ކާބަން ވީހާވެސް މަދުން ބޭނުންކުރާނެ ގޮތްތަކަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަސަރުނުކުރާނެފަދަ އިޤްތިޞާދެއް އުފެއްދުންފަދަ ކަންކަމަށެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino