| ރޭ އައްޑުއަތޮޅު މީދޫ އަންހެނެއްގެ ގައިގާ އަލިފާން ރޯވެ ސީރިއަސް ގެއްލުންތަކެއް ލިބިއްޖެ ކަމަށް ފުލުހުން ބުނެފި |

|
ރޭ އައްޑުއަތޮޅު މީދޫ އަންހެނެއްގެ ގައިގާ އަލިފާން ރޯވެ ސީރިއަސް ގެއްލުންތަކެއް ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އޭނާގެ ގައިގެ ތިރީސް ފަހެއް އިންސައްތަ އަނދާފައިވާކަމަށާއި، މިހާރުވެސް އޭނާގެ ޙާލު ސީރިއަސް ކަމުން އައި ސީ ޔޫގައި ފަރުވާދެމުންދާ ކަމުގައެވެ. އައްޑުއަތޮޅު ޕޮލިސް ސްޓޭޝަނުން ވިދާޅުވީ މިޙާދިސާ ހިނގާފައިވާކަމަށް ބެލެވެނީ، ރޭ ދަންވަރު ދޭއްޖަހާ އެހާކަންހާއިރު އޭނާ ގެ ގޭގެ ބަދިގެ ތެރޭގައި ހުއްޓާކަމުގައެވެ. މިޙާދިސާ ތަޙުޤީކުރަމުންދާތީ މިކަމާގުޅޭއިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއްނުކުރެއެވެ. |
Enjoyed reading? Share this
0 ޚިޔާލު:
Post a Comment