January 25, 2010

ނ.މަނަދޫ ފޮލިސް ސްޓޭޝަނުގެ ފަރާތުން ' ސަޕްރައިޒް ވިޒިިޓް 'ގެ ނަމުގައި ނ.އަތޮޅުގެ 4 ރަށެއްގައި ޓްރެފިކް އޮޕަރޭޝަން ތަކެއް ހިންގައިފި

ނ.މަނަދޫ ފޮލިސް ސްޓޭޝަނުގެ ފަރާތުން ' ސަޕްރައިޒް ވިޒިިޓް 'ގެ ނަމުގައި ނ.އަތޮޅުގެ 4 ރަށެއްގައި ޓްރެފިކް އޮޕަރޭޝަން ތަކެއް ހިންގައިފި


ނ.މަނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ' ސަޕްރައިޒް ވިޒިޓް'ގެ ނަމުގައި ނ.އަތޮޅުގެ 4 ރަށެއްގައި ޓްރެފިކް އޮޕަރޭޝަންތަކެއް ހިންގައިފިއެވެ. މި ޖެނުއަރީ މަހުގެ 23 ވަނަދުވަހުގެ 17:00 ން 22:00 އަށް ހިންގުނު މިއޮޕަރޭޝަންތައް ހިންގާފައިވަނީ އެއަތޮޅު މާފަރު، ލަންދޫ، ކެނދިކުޅުދޫ އަދި ކުޑަފަރީގައެވެ. މި އޮޕަރޭޝަންތަކުގައި އަލަށް އެކުލަވާލެވިފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާ ކަންތައްތަކަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަށް އަހުލްވެރިވެފައިވާ މިންވަރު ބެލުމާއި، މިމަޢުލޫމާތުގެ ޢަލީގައި އެވެއަރނަސް ޕްރޮގުރާމްތައް ހިންގާނެ ގޮތްތަށް ކަނޑައެޅުމަށް ބެލުމާއި، އަތޮޅުގެ ރަަށްރަށުގައި ފުލުހުން ހޭދަކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ.

މިއޮޕަރޭޝަނުގެ މައިގަނޑު މަޤްސަދަކީ ރީޖަނަލް ޕޮލިސްގެ ބިޒްނަސް ޕްލޭންގައިވާ ކަންތައްތައް ހާޟިލްކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތް އަވަސްކަމާއިއެކު ރައްޔިތުންނަށް ދިނުމަށް މުވައްޒަފުން އަޙުލުވެރިކުވުމެވެ. އަދި މީގެއިތުރުން ނ.އަތޮޅަކީ ކުށްކުރުންމަދު އަތޮޅަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ނ.އަތޮޅުގެ ރަށްރަށުގެ މަގުތަކަކީ ޓްރެފިކްގެ މައްސަލަތަށް މަދު ، ހިނގާ ބިގާވާމީހުންނާއި އެއްގަމުގައި ދުއްވާއުޅަދު ފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމެވެ.

މި އޮޕަރޭޝަންތައް ހިންގުމަށް ނ.މާފަރާއި ލަންދޫ އަދިި ކެނދިކުޅުދޫ އާއި ކުޑަފަރީގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވެއެވެ. އަދި މިފަދަ އޮޕަރޭޝަންތައް ނ. އަތޮޅުގެ މީހުން އުޅޭ ރަށްރަށުގައި ހިންގުމަށް ކުރިއަށް ރޭވިފައިވާކަމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވައެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino