January 18, 2010

ނައިބު ރައީސް، އީ.ޔޫގެ ވަފްދަކާ މިއަދު ބައްދަލުކުރައްވައިފި

ނައިބު ރައީސް، އީ.ޔޫގެ ވަފްދަކާ މިއަދު ބައްދަލުކުރައްވައިފި
ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ޔޫރަޕިއަން ޔޫނިއަންގެ ވަފްދުގެ ބޭފުޅުންނާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މިވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި އެމްބެސެޑަރ ބަރނާޑް ސަވާޖް، ފައިނޭންސް އެންޑް ކޮންޓެކްސްޓްގެ އިސްވެރިޔާ އަދި ކައުންސެލަރ ގައި ޕްލެޓަން އަދި ޕްރޮގްރާމް މެނޭޖަރ ހަރްޝިނީ ހަލަންގޯޑާއެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުނައިޓަޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއާއި ޔޫރަޕިއަން ޔޫނިއަންއާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމަށް ނައިބު ރައީސް މަރްޙަބާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި، އީ.ޔޫ ވަފްދުގެ ބޭފުޅުން، ނައިބު ރައީސް އަރިހުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި މިކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޯޕަންހޭގަން ސަމިޓު، ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަރިހުގައި ސަމިޓަށް ވަޑައިގެންނެވި ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު، އީ.ޔޫ. ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino