ރ.އުނގޫފާރު ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިޡާއެއް ހިނގައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ
ރ.އުނގޫފާރު ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިޘާއެއް ގައި އުމުރުން 76 އަހަރުގެ ފިރިހެނަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ. ރޭ ފަތިހު 5:30 ހާއިރު ހިނގި މިހާދިޘާގެ މަޢުލޫމާތު ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ލިބުމާއި ގުޅިގެން ފުލުހުން އެގެއަށްގޮސް މިހާދިސާގައި ފިހިފައިވާ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އުނގޫފާރު ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގާފައިވަނީ ރ.އުނގޫފާރު ކަސްމީރުވިލާގޭގެ ބަދިގޭގައި ހުރި ގޭސް އުދުނުން ގޭސް ލީކުވެފައި ހުއްޓާ މިމީހާ ސިނގިރެޓް ބުއިމަށްޓަކައި ގޭސް އުނދުން ރޯކުރުމުންނެވެ. މިހާދިޡާގައި އެގޭ ބަދިގޭގެ ސީލިންގުން ބޮޑުބައެއް ވެއްޓި، ބަދިގެއާއި ބަދިގޭގައި ހިނފާގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މިމީހާގެ 100 ޕަސެންޓް ފިހިފައިވާ ކަމަށާއި ،އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ރ.އުނގޫފާރު ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މިމީހާއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި އުނގޫފާރު ހޮސްޕިޓަލުގެ ލޯންޗެއްގައި މާލެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
0 ޚިޔާލު:
Post a Comment