ޓެކްސީ ކާރެއްގައި ރޯވެ އެކާރު ވަރަށް ބޮޑަށް އަނދައިފި
އަމީނީ މަގު ހަޒާޝްމާރޓް ކައިރީގައި ބާއްވާފައި އޮތް ޓެކްސީ ކާރެއްގައި ކުއްލިއަކަށް ރޯވެ އެކާރު ވަރަށް ބޮޑަށް އަނދައިފިއެވެ. މިއަދު ހަވީރު 5 ޖަހާ އެހާކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގިއިރު ކާރުތެރޭގައި އެއްވެސް މީހަކު ނެތެވެ.
އެ ކާރުން ދުން އަރަމުން ދަނިކޮށް އެސަރަހައްދު ބަލަހައްޓަމުން ގެންދިޔަ ކެޕިޓަލް ޕޮލިސްގެ ފުލުހުންނަށް ފެނިގެން ކާރު ކައިރިއަށް ދިޔަ ވަގުތު ކުއްލިއަކަށް ކާރުތެރެއިން ހުޅުފަޅައިގެންގޮސް އެއްކޮށް ރޯވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުއާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައި ވީނަމަވެސް އެކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
0 ޚިޔާލު:
Post a Comment