September 8, 2009

އަންހެނުންނަށް ލޯބި:






. ކާވެނި ހޯދުމަށް އުޅޭނީ ފިރިހެން މީހާއެވެ. އެހެންކަމަށްވާނަމަ ލޯބި ހޯދުމަކީ އިސްލާމްދީނުގައި ހަމައެކަނި ފިރިހެނުންގެ ޙައްޤަކީތޯއެވެ؟ އެހެނެއްނޫނެވެ. ލޯބިހޯދުމުގެ ޙައްޤު އިސްލާމްދީން އަންހެނުންނަށްވެސް ހޯދައިދީފައިވެއެވެ. އެކަބަލުން ލޯބި ޙާޞިލުކުރާނެ ހަމަތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެހަމަތަކަށްބަލާއިރު އިސްވެ ފިރިހެނުންގެ ކައިރިއަށް ދިއުމަކީ އަންހެނަކަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެނަސް އެގޮތްވެސް ހުއްދައެވެ. އެކަމަކު އެގޮތަކީ އަންހެނުންގެ ޠަބީޢަތާއި ފުށުއަރާގޮތެކެވެ. އަންހެނުން އިސްވެ ފިރިހެނުންކައިރިޔަށް ދިޔުމަކީ ބޮއްކުރާކައިރިއަށް ދޯނި އައުންފަދަ ނޭކަށޭނެކަމެކެވެ. އިސްލާމީ ހަމަތަކުން ބަލާއިރު އަންހެނެއްގެ ކާވެނި ފިރިހެނަކަށް ލިބޭނީ އެކަނބުލޭގެ އެކަމަށް ރުހުމާލައިގެނެވެ. ނުރުހުންވެ، އެކަމާ ދެކޮޅުހަދައިފިނަމަ އެކަމުގެ މައްޗަށް އެކަބުލޭގެއަށް މަޖުބޫރުކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.

ކާވެންޏަށް ފަހު އެކަބުލޭގެއަށް ފިރިމީހާދެކެ ލޯބިނުވެވިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހޭ ޞިފައެއް ހުރިނަމަ ވަރިވެވޭނެ މަގުތަކެއްވެސް ތަނަވަސްވެފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ބާރު އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީންވަނީ ހޯދައިދީފައެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino